އިނބަރަސްކަލާނގެ މިއަޅާއާއި އިނބަރަސްކަލާނގެ މީހުންނާމެދު ރުހިވޮޑިގަންނަވާކަން މީހަކަށް އެނގޭނެ ގޮތަކީ ކޮބައިތޯ؟ އިނބަރަސްކަލާނގެ އަޅަމެންނާ އެކުގައި ވޮޑިގެން ނުވާނަމަ ބިންމަތީގައި އުޅޭ އެހެން މީހުންނާ އަޅުގަނޑުމެންނާ ދެމެދު ހުރި ތަފާތަކީ ކޮބައިތޯ؟“
މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭ އެދުނު ފަދައިން އަހަރެން ހަމަ ރަނގަޅަށް ވެސް ކަންތައް ކުރާނަން. އެހެނީ އަހަރެންނަށް ކަލޭ ރަނގަޅަށް އެނގޭ. އަދި ކަލެއާމެދު އަހަރެން ރުހިގެން ވަމު.“