މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަވަސް ކުރޭ! ފަރުބަދައިގެ ތިރިއަށް ދޭ! ކަލޭ މިޞްރުން ނެރެގެން ގެނައިމީހުން އަމިއްލައަށް ހަލާކު ވެގެންފި. އެމީހުން އަހަރެން އެންގި އެންގުމަށް ފުރަގަސް އެދިނީ ކިހާ އަވަހަކަށް! އެމީހުން ރަން ވިރުވައިގެން ގެރިއެއް ހަދައިގެން އެބައުޅޭ. އެމީހުން އޭގެ ކުރިމައްޗަށް ސަޖިދަކޮށް ޖަނަވާރުތައް ޤުރުބާން ކުރަމުން އެބަދޭ. އެމީހުން އެބަ ބުނޭ ’އޭ ބަނީ އިސްރާއީލީންނޭ، ކަލޭމެން މިޞްރުން ނެރުނު އިލާހަކީ މިއޮތީ އޭ.‘“