މީގެ އިތުރުން އެންމެހާ ވަގުތުތަކުގައި އީމާންތެރިކަން އައްޑަނައިގެ ގޮތުގައި އުފުލާށެވެ. ޝައިތާނާ ދެމުންގެންދާ އަލިފާން ތީރުގެ ކޮންމެ ޙަމަލާއެއް ދިފާޢުކުރުމުގެ ކުޅަދާނަކަން އެ އައްޑަނައިން ލިބިދޭނެއެވެ. އަދި ދިންނެވުމަކީ ތިޔަބައިމީހުންގެ ބޮލުގައި ހެލްމެޓެއް ފަދައިން އަޅާށެވެ. މާތްރަސްކަލާނގެ ބަސްފުޅުގެ ބޭނުންކުރާށެވެ. އެބަސްފުޅަކީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅުން ލިބިދެއްވާ ކަނޑިއެއް ފަދައެވެ.