ތިޔަބައިމީހުން ކުރީގައި އުޅެމުން ގެންދިޔަ ދިރިއުޅުމާއި އެ ނަފްސު ދޫކޮށްލާށެވެ. މާޒީގައި ތިޔަބައިމީހުންގެ ޙަޔާތުގައި އުޅެމުންގެންދިޔަ މަކަރުވެރި އެދުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އުޅެގެންނުވާނެއެވެ. އެއީ ބަރުބާދުވުމުގެ ގޮތްތަކެވެ. އަދި ތިޔަބައިމީހުންނަށް އުނގަންނައިދީފައި ވާނީ ތިޔަބައިމީހުންގެ ހިތްތައް އާ ހިތްތަކެއްގެ ގޮތުގައި ވުމަށެވެ. އޭރުން ތިޔަބައިމީހުންނީ އާ ބައެއްގެ ގޮތުގައި ލައްވަވައެވެ. އެ އާ އިންސާނާ ވެގެން ވަނީ މާތްރަސްކަލާނގެ އާއި އެއްފަދައިންނެވެ. އެހެންވީމާ، އެކަލާނގެ ފަދައިން ތިޔަބައިމީހުންގެ އަމަލުތަކުގައި ސާލިޙުވަންތަކަމާއި އަދި މާތްކަން ހުންނާންވާނެއެވެ.