1
ތިމޮތީއަށް ދެވަނަ ސިޓީ 15:2
ކިތާބުލް މުޤައްދަސާ
ކމ
މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބޭނެ ފަދައިން ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ލަދުވެތިކަމެއް ނެތި މާތްރަސްކަލާނގެ ތެދު ބަސްފުޅު ފުރިހަމައަށް އަންގައިދޭށެވެ.
Compare
Explore ތިމޮތީއަށް ދެވަނަ ސިޓީ 2:15
2
ތިމޮތީއަށް ދެވަނަ ސިޓީ 22:2
ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.
Explore ތިމޮތީއަށް ދެވަނަ ސިޓީ 2:22
3
ތިމޮތީއަށް ދެވަނަ ސިޓީ 24:2
މާތްސާހިބާގެ ޚާދިމުންނަކީ މައްސަލަތައް އުފައްދާ ބައެއް ނޫނެވެ. އެމީހުންނަކީ މީސްތަކުންނަށް އޯގާތެރި އަދި ކެތްތެރިކަމާއެކު އުނގަންނައި ދެވޭ ފަދަ ބަޔަކަށް ވާންޖެހޭނެއެވެ.
Explore ތިމޮތީއަށް ދެވަނަ ސިޓީ 2:24
4
ތިމޮތީއަށް ދެވަނަ ސިޓީ 13:2
އަހަރެމެން އެކަލޭގެފާނާއިމެދު ވަފާތެރި ނުވިކަމުގައި ވިޔަސް، އެކަލޭގެފާނު ވަފާތެރިވެ ވަޑައިގަންނަވާނެއެވެ. އެހެނީ ބޭވަފާތެރިވުމަކީ އެކަލޭގެފާނަށް ކުރެއްވޭނެ ކަމެއް ނޫނެވެ.
Explore ތިމޮތީއަށް ދެވަނަ ސިޓީ 2:13
5
ތިމޮތީއަށް ދެވަނަ ސިޓީ 25:2
ދެކޮޅުވެރިން އިސްލާޙު ކުރުމަށް މަޑުމައިތިރި ކަމާއެކު އުނގަންނައިދޭށެވެ. އެއީ މާތްރަސްކަލާނގެ އެފަދަ މީހުންނަށް ތެދު ޙަޤީޤަތް ފެންނާނެ ފަދައިން ވުމަށް އެމީހުންނަށް ތައުބާވުމުގެ ފުރުސަތު ދެއްވާފާނެ ކަމުގެ އުންމީދުގައެވެ.
Explore ތިމޮތީއަށް ދެވަނަ ސިޓީ 2:25
6
ތިމޮތީއަށް ދެވަނަ ސިޓީ 16:2
ތާކުންތާކުނުޖެހޭ ވާހަކަތަކުން ދުރުހެލިވާށެވެ. އެފަދަ ވާހަކަތައް މީސްތަކުން މާތްކަލާނގެއާ ދުރުހެލި އިތުރު ކުރުވައެވެ.
Explore ތިމޮތީއަށް ދެވަނަ ސިޓީ 2:16
Home
Bible
Plans
Videos