އަހަރެމެންނަށް ފުރިހަމަ ގޮތުގައި އީސާގެފާނު އެނގިގެންވުމުން އެކަލޭގެފާނުގެ އިލާހީ ކުޅަދުންވަންތަކަމުން މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތުކުރުމާއި އެކަލާނގެއަށް ޚިދުމަތް ކުރުމުގައި ބޭނުންވާނޭ އެންމެހާ ތަކެއްޗެއް އަހަރެމެންނަށް ދެއްވިއެވެ. އެކަލޭގެފާނު އަހަރެމެންނަށް ދަޢުވަތު ދެއްވީ އެކަލޭގެފާނުގެ ޢަޖާއިބެއްފަދަ ޖަލާލަތުކަމާއި ހެޔޮކަމުގައި އަހަރެމެން ވެސް ޙިއްސާ ވުމަށެވެ. މިގޮތުގެ މަތީން އެކަލާނގެ އަހަރެމެންނަށް ވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވިފަދައިން އަގުހުރި ހަދިޔާތަކެއް ދެއްވާފައެވެ. އެއީ މިހަދިޔާތަކުގެ އެހީގައި ދުނިޔޭގައިވާ ފާހިޝް ފަނާކުރަނިވި އެދުންތަކުން ތިޔަބައިމީހުން ސަލާމަތްވާނެ ފަދައިން ވުމަށެވެ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އިލާހީ ފިތުރަތުގައި ޙިއްސާވާނެ ހެން ވުމަށް ވެސް މެއެވެ.