އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙާއި މެދު މަތިވެރި ސާހިބާ ފަދައިން އިޙުތިރާމުކޮށް ޤަދަރު ކުރާށެވެ. އަދި ތިޔަބައިމީހުންގެ ވަނީ ކޮން އުންމީދެއްތޯ މީހަކު ތިޔަބައިމީހުންގެ ކައިރިން އަހައިފިނަމަ ކޮންމެ ވަގުތެއްގައި ވެސް ޖަވާބުދާރީވުމަށް ތައްޔާރުވެ ހުންނާށެވެ. ނަމަވެސް ތިޔަބައިމީހުން މިކަމުގައި އަމަލު ކުރަންވާނީ މަޑުމައިތިރި އަދި އެހާމެ ޤަދަރުވެރި ގޮތުގައެވެ. އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ.