ތީތުސްއަށް ސިޓީ 7:1-8
ތީތުސްއަށް ސިޓީ 7:1-8 ކމ
މަސީޙީ ޖަމާޢަތުގެ ބޮޑުންނަކީ މާތްރަސްކަލާނގެ މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންވީމާ އެމީހުންނަކީ ޤަދަރު ލިބިގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ބޮޑާކަމާއެކު ދިރިއުޅުމާއި، ކުއްލި ރުޅިއައުމާއި، މަސްތުވެގެންވުމާއި، އަނިޔާވެރިވުމުގެ އިތުރުން ކަންކަމުގައި ޚިޔާނާތްތެރި ވުމުން އެއްކިބާވެ ތިބޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ. ހަމަ މިއާއެކު އެބައިމީހުން ވާންޖެހޭނީ ބީރައްޓެހިންނަށް އުފަލާއެކު މަރުހަބާ ކިޔާ ބައެއް ކަމުގައެވެ. ހަމަ އެފަދައިން އެމީހުން ވާންޖެހޭނީ ހެޔޮ ވިސްނޭ، އިންސާފުވެރި، މާތް އަދި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވާ ބަޔަކަށެވެ.