ރާޢޫތު 1
1
ރާޢޫތު ނުޢުމީއަށް ވަފާތެރިވި
1އިސްރާއީލުގައި ރަސްކަލުން ނެތި ފަނޑިޔާރުންގެ އަތްމަތީގައި ހުރިހާ ބާރެއް އޮތް ދުވަސްވަރު އެރަށަށް ވަރަށް ބޮޑު ތަދަކާ ކުރިމަތިލާން ޖެހުނެވެ. އަދި ހަމަ އެދުވަސްވަރު އިސްރާއީލުގެ ބޮޑު ސަހަރެއްކަމުގައިވާ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު މީހަކު މިތަދުގެ ސަބަބުން އޭނާގެ އަންހެނުންނާއި ދެފިރިހެން ދަރިން ގޮވައިގެން މުއާބުއޭ ކިޔުނު ރަށަށް ބަދަލު ވިއެވެ. 2އޭނާގެ ނަމަކީ އަލީމާލިކު އެވެ. އަންހެނުންނަކީ ނުޢުމީއެވެ. އޭނާގެ ދެ ދަރިންނަކީ މަޙުލޫންއާއި ކިލްޔޫން އެވެ. އެމީހުންނަކީ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު އަފްރާތީންގެ އައުލާދުގެ ބަޔެކެވެ. އެމީހުން މުއާބަށް އައިސް ވަޒަންވެރިވިއެވެ. 3އެމީހުން މިރަށުގައި އުޅެމުން ގެންދިޔަ ދުވަސްވަރު ނުޢުމީގެ ފިރިމީހާ އަލީމާލިކު ނިޔާވެ އޭނާއާއި ދެފިރިހެން ދަރިން އެކަނިވެރި ވެއްޖެއެވެ.
4އެއަށް ފަހު ނުޢުމީގެ ދެފިރިހެން ދަރިން މުއާބީންގެ ދެއަންހެން ދަރިންނާއި ކައިވެނި ކޮށްފިއެވެ. އެތަނުން އެއް ކުއްޖެއްގެ ނަމަކީ ޢުރުފާއެވެ. އަނެއް ކުއްޖާގެ ނަމަކީ ރާޢޫތު އެވެ. އެމީހުން އެރަށުގައި ދިހަ ވަރަކަށް އަހަރު ވަންދެން ދިރިއުޅުނެވެ. 5އޭގެފަހުން ނުޢުމީގެ ދެފިރިހެން ދަރިން ކަމަށްވާ މަޙުލޫންއާއި ކިލްޔޫން ވެސް މަރުވެއްޖެއެވެ. ފިރިމީހާއާ ދަރިންކޮޅު މަރުވެ ދިއުމުން ނުޢުމީ ވަނީ ބިކަވެފައެވެ.
ބައިތުލަޙަމަށް އެނބުރި ދިއުން
6މިދުވަސްވަރު މީހުންގެ ފަރާތުން ނުޢުމީއަށް އިވުނު ގޮތުގައި މާތްރަސްކަލާނގެ އިސްރާއީލުގެ މީހުންނަށް ތަނަވަސްކަން ދެއްވައި ދަނޑު ގޮވާމުގައި ބަރަކާތް ލައްވައިފިއެވެ. އެހެން ކަމުން ނުޢުމީއާއި އޭނާގެ ދެ ދަނބިދަރިން މުއާބުން އެނބުރި އޭނާގެ އަމިއްލަ ވަޒަނަށް، ދިއުމަށް ދަތުރު ހަދަން ފެށިއެވެ. 7އެމީހުން އުޅުނުތަން ދޫކޮށް ޔަހޫޛާއަށް ދަތުރު ކުރުމުގެ މަގުމައްޗަށް ނުކުމެއްޖެއެވެ. 8ދެން ނުޢުމީ އޭނާގެ ދެ ދަނބި ދަރިންނަށް ބުންޏެވެ. ”ދަރިފުޅުމެން އެނބުރި ދަރިފުޅުމެންގެ މައިންބަފައިންގެ ގާތަށް ދާންވީނު. ތިޔައިގެ ދެކުދިން އަހަރެންނަށާއި އަހަރެންގެ ފިރިމީހާއާއި ދަރިންނަށް ދިންފަދަ އޯގާވެރިކަމުގެ އިނާމެއް މާތްރަސްކަލާނގެ ތިޔަ ދެކުދިންނަށް ވެސް ދެއްވާށި! 9އަދި އެކަލާނގެ ތިޔަދެކުދިންނަށް ކަމޭ ހިތައި ބަލަހައްޓާނެ ފިރީން ވެސް ދެއްވާށި!“ ދެން ނުޢުމީ އެ ދެކުދިންނަށް ބޮސް ދީ އަލްވަދާޢު ކިޔެވެ. އެވަގުތު އެދެކުދިން ހަރުއަޑުން ރޮއި ގެންފައި ބުންޏެވެ. 10”އަހަރެމެން ބޭނުމީ މަންމަ އާއި އެކު މަންމަގެ ރަށަށް ގޮސް އެރަށުގެ މީހުންނާއެކު ދިރިއުޅުމަށް.“
11އެކަމަކު ނުޢުމީ ބުންޏެވެ. ”އަހަންނާ އެކު ދިއުމުން ދަރިފުޅުމެންނަށް ހުރީ ކޮން ފައިދާއެއް؟ އަހަރެންގެ ބަނޑުން އެހެން ފިރިހެން ދަރިން ތިޔަކުދިން ކައިވެނި ކުރުމަށްޓަކައި އުފަން ވާނޭ ކަމަށް ތިޔަކުދިން ދެކެނީތަ؟#1:11 އޭރު އެބައިމީހުން ތެރޭގައިވާ އާދައަކީ ކައިވެނި ވެފައިވާ ފިރިހެނަކު މަރުވެއްޖެ ނަމަ އަދި އޭނާއަށް ދަރިޔަކު ނުވާ ނަމަ މަރުވި މީހާގެ އަންހެނުން އޭނާގެ ފިރިމީހާގެ އެއްބަނޑު އެއްބަފާ އަޚާ އާއި ކައިވެނި ކުރަން ޖެހެއެވެ. އަދި އެދެމީހުންނަށް ލިބޭ ދޮށީފިރިހެންދަރި ބެލެވޭނީ މަރުވި މީހާގެ ދަރިއެއް ކަމުގައެވެ. މިގޮތުން މަރުވި މީހާގެ ދޮށީދަރިކަމުގައި އޭނާ ވެދެވެއެވެ. އެއީ އާއިލާ ދެމެހެއްޓުމަށްޓަކައެވެ. 12-13ދަރިފުޅުމެންނޭ. ތިޔަ ދެކުދިން އެނބުރި ރަށަށް ދޭ. އަހަރެން އަލުން ކައިވެންޏެއް ކުރާވަރަށް ވުރެން މާ މުސްކުޅިވެއްޖެ. އަދި ކިއެއްތަ، އަހަރެން މިރޭ ކައިވެންޏެއް ކޮށް ފިރިހެން ދަރިންތަކެއް ލިބުނަސް، އެކުދިން ކައިވެންޏެއް ކުރެވޭވަރަށް ބޮޑެތިވާ ދުވަހެއްގެ އިންތިޒާރުގައި ތިޔަކުދިންނަށް ތިބެވިދާނެތަ؟ ނޫން، މަންމަގެ ދަރިންނޭ. ދަރިފުޅުމެންގެ ޙަޔާތަށް ވުރެ މަންމަގެ ޙަޔާތް މިވަނީ މާ ދަތިކޮށް. އެހެނީ މާތްރަސްކަލާނގެ މަންމައަށް ފުރަގަސް ދެއްވައިފި.“
14ދެން ޢުރުފާ އާއި ރާޢޫތު އަޑުންއަޑުނަގާ ރޮއިގެންފިއެވެ. އަދި ޢުރުފާ ނުޢުމީއަށް ބޮސްދީ އަލްވަދާއު ކިޔައިފިއެވެ. ނަމަވެސް ރާޢޫތު އޭނާގެ މައިދައިތަ ގައިގައި އެލިގަތެވެ. 15ނުޢުމީ ރާޢޫތު އަށް ބުންޏެވެ. ”ކަލޭގެ ފަހަރިކޮއި ވެސް އޭނާގެ ރަށަށާއި އޭނާގެ ކަލުން ގާތަށް އެދަނީ. ކަލޭ ވެސް އޭނާޔާއި އެކު ދާންވީނު؟“
16ރާޢޫތު މީގެ ޖަވާބުގައި ބުންޏެވެ. ”އާދޭސް ކޮށްފައި ބުނަން. މަންމާ! މަންމަ ދޫކޮށް އެނބުރި އަޅުގަނޑުގެ އަމިއްލަ ރަށަށް ދިއުމަށް އަޅުގަނޑުގެ ކިބައިން ނޭދޭ. އަޅުގަނޑު ދާނީ މަންމަ ދާ ތާކަށް. އަދި ދިރި އުޅޭނީ ވެސް މަންމައާ އެކުގައި. މަންމަގެ މީހުންނަކީ އަޅުގަނޑުގެ ވެސް މީހުން. އަދި މަންމަގެ ކަލާނގެ އަކީ އަޅުގަނޑުގެ ވެސް ކަލާނގެ. 17އަޅުގަނޑު މަރުވާން ވެސް ދާނީ މަންމަ ވެސް މަރުވާން ދާ ތާކަށް. އަދި މަރުވުމަށް ފަހު ވަޅުލެވޭނީ ވެސް މަންމަގެ ގާތުގައި. މިނޫން ގޮތަކަށް އަޅުގަނޑު މަންމައާ ވަކިވެ ހިނގައްޖެނަމަ މާތްރަސްކަލާނގެ އަޅުގަނޑަށް ލަޢުނަތް ލައްވާ ހުށި!“
18ރާޢޫތުގެ މިބަސްތަކުން ނުޢުމީއަށް ޔަޤީންވީ ގޮތުގައި އޭނާ ނުޢުމީ ދޫކޮށް ނުދިއުމަށް އަޒުމް ކަނޑައަޅައިފިއެވެ. ވީމާ އެއަށް ފަހު ނުޢުމީ ވެސް އޭނާ އަނބުރާ ފޮނުވާލުމަކަށް ބާރެއް ނޭޅިއެވެ.
19ނުޢުމީ އާއި ރާޢޫތުއަށް ބައިތުލަޙަމްއަށް އާދެވުނުއިރު އެއަވަށުގެ އެންމެން ވެސް އެދެމީހުން ފެނި އަޖައިބު ވިއެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ހަމަ އެ ނުޢުމީ ތަ؟“ 20ނަމަވެސް ނުޢުމީ އެ މީހުންނަށް ބުންޏެވެ. ”އަހަރެންނަށް ނުޢުމީ އޭ ނުކިޔާ. އަހަރެންނަށް މުއްރަތު އޭ ކިޔާ. އެހެނީ ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ދިރިއުޅުން ހިތި އެއްޗަކަށް ބަދަލު ކޮށްލައްވައިފި. #1:20 ޢިބްރާނީ ބަހުން ނުޢުމީގެ މާނައަކީ ހެޔޮ، ރަނގަޅު، އެވެ. އަދި މުއްރަތު ގެ މާނައަކީ ހިތި ކަމެވެ. 21އަހަރެން މިރަށުން ދިޔައިރު އަހަރެންގެ އަތުގައި ހުރިހާ އެއްޗެއް ހުރި. ނަމަވެސް މާތްރަސްކަލާނގެ އަހަރެން އެނބުރި ގެންނެވީ އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނުވާ ހާލުގަ. ކުޅަދުންވަންތަ ކަލާނގެ އަހަރެންނާ ދެކޮޅުވެރިވެވޮޑިގެން އަހަރެންގެ ދިރިއުޅުން ބަރުބާދު ކޮށްލެއްވުމުން ތިޔަބައިމީހުން އަހަންނަށް ނުޢުމީއޭ ކިޔައި ގޮވޭނެތަ؟“
22ނުޢުމީއާއި މުއާބީންގެ ދަނބިދަރި ރާޢޫތު މުއާބު ދޫކޮށް ބައިތުލަޙަމް އަށް އައިއިރު ގޮދަންކަނޑާ މޫސުން ހަމަ ކިރިޔާ ފެށުނީއެވެ.
Currently Selected:
ރާޢޫތު 1: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: