ހާމަކޮށްދެއްވުންތަކެއް 3:9-4
ހާމަކޮށްދެއްވުންތަކެއް 3:9-4 ކމ
އެ ދުންތަކުން ގޮއްފުޅަނގިތައް ބޭރުވެ ދުނިޔެއަށް ފޭބިއެވެ. ނަގުލަންދާށިތައް ފަދައިން ކަށިޖެހުމުގެ ބާރު އެތަކެއްޗަށް ވެސް ލިބިދީފައި ވިއެވެ. ދުނިޔޭގެ ބިމުގައިވާ ވިނަތަކަށް ގެއްލުން ނުދިނުމަށް ގޮއްފުޅަނގިތަކަށް ވަނީ އެންގިފައެވެ. އަދި ބޮޑެތި ގަސްތަކާއި އެހެނިހެން ވެސް ކުދި ގަސްތަކަށް ވެސް މެއެވެ. ގެއްލުން ދިނުމަށް އެތަކެއްޗަށް އެންގިފައި ވަނީ މީސްތަކުންގެ ތެރެއިން މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ޖެހިގެންނުވާ މީސްތަކުންނަށް އެކަންޏެވެ.





