ހާމަކޮށްދެއްވުންތަކެއް 5:6-6
ހާމަކޮށްދެއްވުންތަކެއް 5:6-6 ކމ
އެއަށް ފަހު، ޅަކަންބަޅި ތިންވަނަ ސީލު ކަނޑާލިއެވެ. ދިރިހުރި ހަތަރު މަޚުލޫގުންގެ ތެރެއިން ތިންވަނަ މަޚުލޫގު މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ. ”އާދޭ!“ އަހަރެން ބަލާލީމެވެ. އަދި އެތަނުގައި ކަޅު ކުލައިގެ އަހެއް އޮތެވެ. އެ އަސްމަތީގައި އިން އަސްވާރުގެ އަތުގައި ތިލަފަތެއް އޮތެވެ. އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުންގެ މެދުން ކަހަލަ ގޮތަކަށް މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”މުޅި ދުވާލުގެ އުޖޫރައިން ގަނެވެނީ އެއް ލާހި ގޮދަން. އަދި ދުވާލެއްގެ އުޖޫރައިން ގަނެވެނީ ތިން ލާހި ހިމަގޮދަން ވެސްމެ. ނަމަވެސް ޒައިތޫނި ގަސްތަކާއި މޭބިސްކަދުރު ވެޔޮތައް ވީރާނާ ކޮށްގެން ނުވާނެ!“





