ހާމަކޮށްދެއްވުންތަކެއް 12:6-13
ހާމަކޮށްދެއްވުންތަކެއް 12:6-13 ކމ
އަދި އެ ޅަކަންބަޅި ހަވަނަ ސީލު ވެސް ކަނޑާލިތަން އަހަރެން ދުށީމެވެ. އެ ހިނދު ގަދަފަދަ ވެގެންވާ ބިންހެލުމެއް ކުރިމަތިވިއެވެ. އަދި ކަޅު ކުލައިގެ ސުތުލިގޯންޏެއް ފަދައިން އިރު އަނދިރިވެގެން ދިޔައެވެ. ހަމައެހެންމެ، ލޭ ފަދައިން ރަތްކުލައަށް ހަނދު މުޅީން ބަދަލުވެގެން ދިޔައެވެ. ތަރިތައް ބިމަށް ފައިބަމުން ދިޔައީ ގަދަފަދަ ކޮޅިގަނޑެއްގެ ވައިޖެހުމުން ދޮންނުވާ ވައްތީނިތަކެއް ގަސްދޮށަށް ފައިބަމުން ދާ ފަދައިންނެވެ.





