ހާމަކޮށްދެއްވުންތަކެއް 20
20
ޝައިތާނާ ބަނދެވިގެންވީ އެއްހާސް އަހަރު
1އެއަށް ފަހު، މަލާއިކަތަކު ފޫނެތް ފުން ވަޅުގަނޑުގެ ތަޅުދަނޑިއާއި އަދި ބުރަދަން ހުރި ހިލިހިލާ ފައްޗެއް ހިފައިގެން އުޑުން ތިރިއަށް ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. 2އެ މަލާއިކަތާ އެ ޑްރޭގަން އަތުލައިގަނެ އެއްހާސް އަހަރުވަންދެން ހިލިހިލާ ޖެހިއެވެ. އެ ޑްރޭގަނަކީ އެންމެ ގަދީމީ ހަރުފަވެސްމެއެވެ. އެއީ އިބިލީސް އަދި ޝައިތާނާގެ ނަމުން މުޚާތަބު ކުރެވޭ ފަރާތް ވެސްމެއެވެ. 3އެ މަލާއިކަތާ ފޫނެތް ފުން ވަޅުގަނޑުގެ ތެރެއަށް ޑްރޭގަން އެއްލައިލިއެވެ. އަދި ތަޅުލައި ސީލު ޖެއްސިއެވެ. ވީމާ، އެއްހާސް އަހަރު ނިމުމަށް ދާންދެން އެ ޑްރޭގަނަށް ދެން އިތުރަށް ޤައުމުތައް މޮޔައެއް ނުހެއްދޭނެއެވެ. ނަމަވެސް އެއަށް ފަހު، ކުޑަ ދުވަސްކޮޅަކަށް އޭތި މިނިވަން ވާން ޖެހެއެވެ.
4އެއަށް ފަހު، ތަޚުތުތަކެއް އަހަރެން ދުށީމެވެ. އަދި އެ ތަޚުތުތަކުގައި އިށީނދެވަޑައިގެން ތިއްބެވި ފަރާތްތަކަށް އިންސާފު ކުރެއްވުމުގެ ބާރު ލިބިދެއްވާފައި ވެއެވެ. އީސާގެފާނާއި މެދު އަންގައިދީ މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވުމުގެ ސަބަބުން ބޯ ކަނޑާލެވިފައިވާ މީސްތަކުންގެ ފުރާނަތައް ވެސް އަހަރެން ދުށީމެވެ. އަދި އެބައިމީހުންނީ ކަނޑު ދާއްބަ އާއި އޭތީގެ ސޫރައަށް އަޅުކަން ނުކުރި މީހުންނެވެ. އަދި އެބައިމީހުންނީ އޭނާގެ ނިޝާން އެބައިމީހުންގެ ނިތްކުރީގައި ނޫނީ އެބައިމީހުންގެ އަތުގައި ޖެހުމަށް އިންކާރުކުރި މީހުންނެވެ. އެބައިމީހުންނަށް ދިރުން ލިބިދޭނެއެވެ. އަދި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވަންދެން ވެރިކަންކުރާނެއެވެ. 5-6މިބައިމީހުންނީ މަރުވުމަށް ފަހު ފުރަތަމައަށް އަލުން ދިރިގެން އަންނަ މީސްތަކުންނެވެ. އަދި އެބައިމީހުންނީ ޚާއްސަ ގޮތެއްގައި ބަރަކާތްތެރި ކުރެވިގެންވާ ބައެކެވެ. އެބައިމީހުންގެ މައްޗަށް ދެވަނަ ފަހަރަށް މަރަކަށް ބާރެއް ނުފޯރުވޭނެއެވެ. އެބައިމީހުންނީ މާތްރަސްކަލާނގެ އާއި އަލްމަސީޙުގެ އިމާމުންނެވެ. އަދި އެބައިމީހުން މާތްރަސްކަލާނގެ އާއި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވެރިކަން ކުރައްވާނެއެވެ. ދެން މަރުވެފައި ތިބި އެހެން މީހުން އެ އެއްހާސް އަހަރު ނިމުމުގެ ކުރިޔަކުން އަލުން ދިރިގެންނެއް ނާންނާނެއެވެ.
ޝައިތާނާ މިނިވަންވެ، ހަލާކުގެ ތެރެއަށް ވެއްޓުން
7އެއްހާސް އަހަރު ނިމުމަށް ފަހު، ޝައިތާނާ ހުރަގެއިން މިނިވަން ކުރެވިގެންވާނެއެވެ. 8އަދި މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ ޤައުމުތައް އޭނާގެ ކެހިވެރި ކަމުގައި ޖައްސުވަމުން އޭނާ ގެންދާނެއެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ އަހުލުވެރިން ވެސް މެއެވެ. ޝައިތާނާ އެ ހުރިހާ އެންމެން ހަނގުރާމައަށް ގެންނާނެއެވެ. އެބައިމީހުންގެ އަދަދު ގޮނޑުދޮށުގައި ހުރި ވެލިފަދައިން ގިނަވެގެންވާނެއެވެ. 9އެބައިމީހުން މުޅި ދުނިޔޭގެ ތެރެއަށް ފެތުރިގެން ދާނެއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ވަށައިގެންނާއި އެކަލާނގެ ލޯބިވެ ވޮޑިގެންވާ ސަހަރުގެ ވަށައިގެން މިބައިމީހުން ތިބޭނެއެވެ. ނަމަވެސް އުޑުން އަލިފާން ބިމަށް ފޮނުއްވައި އެބައިމީހުންގެ ލަޝްކަރު ނެތިކުރައްވާނެއެވެ. 10އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.
ދުނިޔޭގެ މީސްތަކުންގެ މައްޗަށް އިންސާފު ކުރެވުން
11އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ. 12އަދި މަރުވެދިޔަ ހުރިހާ އެންމެންގެ ތެރެއިން މަތިވެރި މީހުންނާއި ނިކަމެތިން ތަޚުތުގެ ކުރިމަތީގައި ކޮޅަށް ތިބިތަން ވެސް އަހަރެން ދުށީމެވެ. ފޮތްތައް ވަނީ ހުޅުވާލެވިފައެވެ. އަދި އެހެން ފޮތެއް ވެސް ހުޅުވުނެވެ. އެއީ ޙަޔާތުގެ ފޮތެވެ.#20:12 ޙަޔާތުގެ ފޮތެވެ ޙަޔާތުގެ ފޮތަކީ ތެދު ނިޔަތުގައި މާތްރަސްކަލާނގެ އަށް އީމާންވެ މުޅި ޙަޔާތް އެގޮތުގައި ވޭތުކުރާ ފަރާތްތައް ރެކޯޑުކޮށް ލިޔެވިގެންވާ އެކަލާނގެ ފޮތްކޮޅެވެ. އަދި އެފޮތްތަކުގައި ބަޔާންވެގެންވާ ފަދައިން މަރުވެ ދިޔަ މީސްތަކުން ކުރި އަމަލުތަކަށް ފައިސަލާ ކުރެވި ދިޔައެވެ. 13އަދި ކަނޑު އޭގެ އަޑީގައި މަރުވެފައިވާ ހުރިހާ އެންމެންގެ ހަށިގަނޑުތައް ގެނެސްދިނެވެ. އަދި އެމީހުންނާއިމެދު ފައިސަލާ ކުރުމުގެ ވަގުތު ޖެހުނެވެ. އަދި މަރާއި މަރުގެ މަންޒިލް އޭގައި ތިބި މީސްތަކުން ގެނެސްދިނެވެ. އަދި އެއިން ކޮންމެ މީހަކަށްމެ އެމީހަކު ކުރި ޢަމަލަކަށް ޖަޒާ ލިބުނެވެ. 14އެއަށް ފަހު މަރާއި އަދި މަރުގެ މަންޒިލް އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ. (މި އަލިފާނުގެ ބޮޑު ފުންކުޅިއަކީ ދެވަނަ މަރެވެ.) 15ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެންނުވާ ހުރިހާ އެންމެން އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ.
Currently Selected:
ހާމަކޮށްދެއްވުންތަކެއް 20: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: