ހާމަކޮށްދެއްވުންތަކެއް 14:13-15
ހާމަކޮށްދެއްވުންތަކެއް 14:13-15 ކމ
ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ. ކަނޑު ދާއްބައިގެ ސޫރައަށް ދިރުން ދިނުމުގެ ބާރު ބިމު ދާއްބައަށް ލިބިދީފައި ވިއެވެ. އެއީ އެކަނޑު ދާއްބައިގެ ސޫރައަށް ވެސް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ދިނުމަށެވެ. އަދި އެ ސޫރަ އެއަށް އަޅުކަން ނުކުރި ހުރިހާ އެންމެން ގަތުލުކުރުން މެދުވެރި ކުރުމަށެވެ.





