YouVersion Logo
Search Icon

ހާމަކޮށްދެއްވުންތަކެއް 10

10
މަލާއިކަތާ އާއި ކުޑަ ފޮތް
1ބާރުގަދަ އެހެން މަލާއިކަތަކު އުޑުން ތިރިއަށް ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އެ މަލާއިކަތާ ވަނީ ވިލާގަނޑަކުން އޮޅާލެވިފައެވެ. އަދި އެ މަލާއިކަތާގެ އިސްތަށިފުޅުގެ ވަށައިގެން ވިއްސާރަދުންޏެއް ވިއެވެ. އެ މަލާއިކަތާގެ މޫނުފުޅު އިރުފަދައިން ވިއެވެ. އަދި އެ މަލާއިކަތާގެ ފައިތިލަފުޅު އަލިފާނުގެ ތަނބުތަކެއް ފަދައިންވިއެވެ. 2ހުޅުވާލެވިފައިވާ ކުޑަ ފޮތެއް އެ މަލާއިކަތާގެ އަތްޕުޅުގައި ވިއެވެ. އެ މަލާއިކަތާގެ ކަނާތު ފައިންޕުޅު ކަނޑުގައި ބަހައްޓަވައި އަދި ވައަތު ފައިންޕުޅު އެއްގަމުގައި ބެހެއްޓެވިއެވެ. 3އަދި ސިންގާއެއްގެ އަޑުފަދައިން ހަރުއަޑުފުޅަކުން ގޮވާލެއްވިއެވެ. އެއާއެކު ބަރު އަޑަކުން ހަތް ގުގުރި ރައްދު ދިނެވެ. 4އެ ތަކެތި ވާހަކަ ދައްކަން ފެށި ހިނދު އެތަކެތި ދައްކާ ވާހަކަ ލިޔުމަށް އަހަރެން ތައްޔާރުވީމެވެ. ނަމަވެސް އުޑުން މިފަދައިން ބުނިއަޑު އަހަރެން އެހީމެވެ. ”⁠ހަތް ގުގުރި ދައްކާ ވާހަކަ ސިއްރުކޮށްފައި ބަހައްޓާ. އެތަކެތި ލިޔެގެން ނުވާނެ!⁠“
5އެއަށް ފަހު އެ މަލާއިކަތާގެ ކަނާތްޕުޅު އުޑާއި ދިމާލަށް އުފުއްލަވައިގެން ކަނޑުގައްޔާއި އަދި އެއްގަމުގައި ކޮއްޅަށް ހުންނެވިތަން އަހަރެން ދުށީމެވެ. 6ދާއިމަށް ދިރިދެމި ވޮޑިގެންވާ ފަރާތުގެ ނަންފުޅުގައި އެ މަލާއިކަތާ ހުވައި ކުރެއްވިއެވެ. އެ ފަރާތަކީ އުޑުތަކާއި އަދި އެ އުޑުތަކުގައިވާހާ ތަކެއްޗާއި އަދި ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކާއި އަދި ކަނޑާއި ކަނޑުގައިވާހާ ތަކެއްޗެއް ޚަލްޤު ކުރެއްވި ފަރާތެވެ. އަދި އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠އިތުރު އިންތިޒާރެއް ނުމެނެތްމެ! 7ހަތްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލައްވާ ހިނދު މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުން ކަމުގައިވާ ނަބީބޭކަލުންނަށް އިޢުލާން ކުރެއްވި ފަދައިން އެކަލާނގެ ވަންހަނާ ކުރެއްވި ރޭއްވެވުން ފުރިހަމަ ވެގެންދާނެ.⁠“
8އެއަށް ފަހު އަހަރެންނަށް އަޑު އިވިގެން ދިޔައީ ކުރީ ފަހަރު އުޑުން ވާހަކަ ދެއްކެވި އަޑު އަނެއްކާވެސް އަހަރެންނަށް ވިދާޅުވަނިކޮށެވެ. އެ އަޑު ވިދާޅުވިއެވެ. ”⁠ކަނޑުގައްޔާއި އަދި އެއްގަމުގައި ކޮއްޅަށް ހުންނެވި މަލާއިކަތާގެ އަތްޕުޅުގައިވި ހުޅުވާލެވިފައިވާ ފޮތް ގޮސް ނަގާ.⁠“
9ވީމާ، އެ މަލާއިކަތާގެ އަރިހަށް އަހަރެން ދިޔައީމެވެ. އަދި އެ ކުޑަ ފޮތް ދެއްވުމަށް ވެސް އެ މަލާއިކަތާގެ އަރިހުގައި އަހަރެން އެދުނީމެވެ. އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މިފޮތް ނަގާ. އަދި މި ކާލާ. ތިބާގެ އަނގައިގެ ތެރެ މާމުޔަށް ވުރެން ފޮނިވާނެ. ނަމަވެސް ތިބާގެ ބަނޑުގެ ތެރެ ހިތި ވާނެވެސްމެ.⁠“
10އަހަރެން އެމަލާއިކަތާގެ އަތްޕުޅުން އެކުޑަ ފޮތް ނަގައި އެ ކާލީމެވެ. އަދި އަހަރެންގެ އަނގަޔަށް މާމުޔަށް ވުރެން ފޮނިރަހަ ލިބިދިނެވެ. ނަމަވެސް އަހަރެން އެ ދިރުވައިލުމަށް ފަހު، އަހަރެންގެ ބަނޑު ތެރެ ހިތި ވެގެން ދިޔައެވެ. 11އެއަށް ފަހު، އަހަރެންނަށް އެންގެވިއެވެ. ”⁠އަދި އިތުރަށް ގިނަ ޤައުމުތަކަށާއި، ނަސްލުތަކަށާއި ބަހުރުވަތަކާއި ރަސްރަސްކަލުންނާއި މެދު މާތްރަސްކަލާނގެ ދެއްވި ޣައިބުގެ ޚަބަރުފުޅު އިޢުލާންކުރޭ.⁠“

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in