ހަރުބަސްތައް 26
26
މޮޔައަކަށް ނުވާށެވެ.
1މޮޔައިންނާ ޝަރަފުވެރިކަމާ ދެމެދު އޮންނަ ގުޅުމެކޭ ޚަރީފު މޫސުމުގައި ފައިބާ ސުނޯ އެކޭ ހޫނު މޫސުމުގައި ވެހޭ ވާރެއެކޭ ތަފާތެއްނެތެވެ.
2ފިޔަޖަހަމުން އަންނަ ފެންފޯއް ދޫންޏެކޭ ބާރަށް އަންނަ އަބާބީލު ދޫންޏެކޭ އެއްފަދައިން ޙައްޤަކާނުލައި މީހަކަށް ލަޢުނަތެއް ނާންނާނެއެވެ.
3އަހާއި ހިމާރުގެ ލަގަން އަޅައި ބުރަކަށީގައި ހަންމުށިން ތަޅާހެން މޮޔައިންގެ ގައިގައި ވެސް އެއްތެލުން ތަޅަން ޖެހެއެވެ.
4މޮޔައިންގެ މޮޔަ އަރައިރުމުގެ ތެރެއަށް ނުވަންނާށެވެ. އޭރުން ކަލެއަކީ ވެސް އެފަދަ މޮޔައަކަށް ވެދާނެއެވެ.
5މޮޔައެއްގެ ސުވާލުތަކަށް ދޭންވާނީ ވެސް މޮޔަ ޖަވާބެކެވެ. އޭރުން އެ ސުވާލު ކުރި މީހާއަކީ އޭނާ ހީކުރިވަރުގެ ކުޅަދާނަ މީހެއް ނޫންކަން ވިސްނިދާނެއެވެ.
6މޮޔައަކަށް އިތުބާރުކޮށް އޭނާގެ އަތުގައި ސިޓީއެއް ފޮނުވުމަކީ އަމިއްލަ ފައި ކަނޑާލުން ނުވަތަ ޒަހަރެއް ބުއިން ފަދަ ކަމެކެވެ.
7މޮޔައެއްގެ ދުލުން ބޭރުވާ ހަރުބަހެކޭ ވާގިނެތިފައިވާ ފަޔެކޭ އެއްފަދައެވެ.
8މޮޔައަކު ޝަރަފުވެރި ކުރުމެކޭ ސާޅަނގައެއްގައި ގާބުރިއެއް ބަނދެފައި އެއްލަން އުޅުމެކޭ އެއްފަދަ އެވެ.
9މޮޔައެއްގެ ދުލުން ހަރުބަހެއް ބުނުމެކޭ މަސްތުވެފައިވާ މީހާގެ އަތުގައި އޮންނަ ކަށިކުނބުރު ގޮފިގަނޑެއް ހޫރުމެކޭ އެއްގޮތެވެ.
10މޮޔައަކަށް ވަޒީފާ ދީގެން ގެންގުޅޭ މީހެކޭ ހިތަށް އެރި ދިމާއަކަށް ދުނި އުކާ މީހެކޭ ތަފާތެއް ނެތެވެ.
11ކުއްތާ ހޮޑުލުމަށް ފަހު އެ ހޮޑު ކާން އެނބުރި އަންނަހެން މޮޔަމީހާ މޮޔަކަންތައް ކުރުމަށް އެނބުރި އާދެއެވެ.
12ތިމާ އަމިއްލައަށް ތިމާއަކީ މާ ވިސްނޭ މީހެއްކަމަށް ހީކޮށް ހުންނަ މީހާއަށް ވުރެން އެންމެ ގަމާރު މީހާ ވެސް މާ ބުއްދިވެރިއެވެ.
13ކަންނެތް މީހާ ބުނެއެވެ. ”ބޭރުގައި ސިންގާއެއް އެބައޮތެވެ!“
14ހުޅުމަތީ ހުޅުވި ލެއްޕޭ ދޮރުފަތެއް ފަދައިން ކަންނެތް މީހާ އެނދުމަތީ ހޫރެއެވެ.
15ކަންނެތް މީހާ އަތަށް ކާތަކެތި ނަގާފައި ވެސް އަނގަޔާ ހަމަޔަކަށް ނުގެންދެއެވެ.
16ކަންނެތް މީހާ ހީކުރާނީ ތިމާއަކީ ޙިކުމަތްތެރި ހަތްމީހުންނަށް ވުރެން ވިސްނުންތޫނު މީހެއްކަމަށެވެ.
17ބަޔަކު މީހުން ކުރާ ޒުވާބުގަނޑެއްގެ ތެރެއަށް ވަނުމެކޭ ކުއްތާއެއްގެ ކަންފަތުގައި ހިފައި ދަމައިގަތުމެކޭ އެއްފަދައެވެ.
18-19މީހަކަށް މަކަރެއް ހަދާފައި އެއީ ސަމާސާއެކޭ ބުނުމެކޭ މޮޔައަކު ތޫނު އަލިފާން ތީރު އުކުމެކޭ އެއްފަދައެވެ.
20ދަރު ނެތް އުނދުނުގައި އަލިފާނެއް ރޮލެއް ނުވެއެވެ. ދޭތެރެޖެއްސުމެއް ނެތް ނަމަ އަރައިރުން ވުން ހުއްޓިދެއެވެ.
21އަލިފާން ކަންޏަކުން އަނގުރުގައި ރޯވާހާ ފަސޭހައިން އަރައިރުންވާ މީހާ ތަޅާފޮޅުމެއް ފަށައެވެ.
22ދެބައޮޑުވާ މީހާގެ ބަސްތަކަށް ވުރެން މީރު ކާއެއްޗެއް ނުހުރެއެވެ. އެބަސްތައް އަނގަޔަށް ވިރި ހިތުގެ ފުންމިނަށް ވަދެގެންދެއެވެ.
23މުށި ގުޅިއެއްގެ ބޭރުގައި ލާފައި ހުންނަ އޮފެއް ފަދައިން އޮމާން ބަސްތައް މަކަރުވެރި ނިޔަތް ފޮރުވައެވެ.
24ބައެއް މީހުން އެމީހުންގެ ހިތުގައިވާ ނަފްރަތުކަން އެމީހުން ބުނެލާ އޮމާން ބަސްތަކަކުން ފޮރުވާލައެވެ. އަސްލުގައި އެމީހުން ކަލެއަށް އޮޅުވާލަނީއެވެ. 25އެމީހުން މާ އޯގާވެރިކަމަށް ހެދިގެން އުޅެނީއެވެ. އެކަމަކު އެމީހުންގެ ހިތްތަކުގައި ވަނީ ނަފްރަތު ކަމެވެ. 26އެމީހުންގެ ނަފްރަތުކަން މަކަރަކުން ފޮރުވައިގެން އުޅުނަކަސް އެމީހުން ކުރާކަންތަކުން ހުރިހާ އެންމެންނަށް އެކަން ފަޅާ އަރާނެއެވެ.
27މީހަކު ވައްޓަން އަނދަވަޅެއް ކޮނެފި މީހާ އެ އަނދަވަޅަށް ވެއްޓޭނެއެވެ. މީހެއްގެ ބޮލަށް ވައްޓާލަން ގަލެއް އުފުލައިފި މީހާ އެ ގާދަށު ވާނެއެވެ.
28ދޮގުވެރިޔާގެ ދޮގު ބަސްތަކުން އޭނާ ނަފްރަތުކުރާ މީހާ ޗިސްޗިސް ކުރެއެވެ. ޚުޝާމަދު ކުރާ އަނގައިން ފަނާ ކުރެއެވެ.
Currently Selected:
ހަރުބަސްތައް 26: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: