ހަރުބަސްތައް 19
19
ކެތްތެރިވުމަކީ ބުއްދިވެރިކަމެކެވެ.
1ފަގީރުކަން މަތީގައި ހެޔޮގޮތުގައި ދިރިއުޅުން، ދޮގުވެރި މޮޔައެއްގެ ގޮތުގައި އުޅުމަށް ވުރެން މާ ހެވެވެ.
2އިލްމާ ނުލައި ފޯރިހިއްޕުމަކުން ވާނެ މޮޅެއް ނޯވެއެވެ. އަވަސް އަރައިގެން އުޅުމުން ހެދޭނީ ހައްތާ ގޯހެވެ.
3މީހުންގެ މޮޔަކަމުން ތިމާގެ ދިރިއުޅުން ހަލާކުކޮށްލާފައި މާތްރަސްކަލާނގެ ކިބަފުޅަށް އެކަންތައް ފޫޅުކަނޑައެވެ.
4ފައިސާ ރައްޓެހިން ގިނަ ކުރެއެވެ. ފަގީރުކަން ރައްޓެހިން ފައްސާލައެވެ.
5ދޮގު ހެކިދޭ މީހާއަށް އަދަބު ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާއަކަށް ވެސް ސަލާމަތެއް ނެތެވެ.
6ވެރިމީހާގެ ރުހުން ހޯދަން އެންމެން ބޭނުންވެއެވެ. ހަދިޔާދޭ މީހެއްގެ ރައްޓެއްސަކަށް ވާން ވެސް ބޭނުންވެއެވެ.
7ފަގީރުމީހާގެ ގާތްތިމާގެމީހުން ވެސް އޭނާ ދެކެ ނަފްރަތުކުރެއެވެ. ވީއިރު ރައްޓެހިން ވަކި ގާތްކަމެއް ބަހައްޓާނެހެއްޔެވެ؟ ފަގީރުމީހާ އާދޭސްކޮށްކޮށް ހުއްޓާ އޭނާގެ ރައްޓެހިން ގެއްލި ދެއެވެ.
8އަމިއްލަ ނަފްސު ދެކެ ލޯބިވާނަމަ ބުއްދިވެރިކަން ހޯދާށެވެ. ކަންކަން ފަހުމުކޮށް ދަސްކުރާ މީހާގެ ތަނަވަސްކަން އިތުރުވާނެއެވެ.
9ދޮގުހެކި ދޭ މީހާއަށް އެކަމުގެ ސަޒާ ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާ ހަލާކުވެދާނެއެވެ.
10މޮޔައަކު އިއްޒަތުގައި އުޅުމާއި އަޅަކު އަމީރުންގެ މައްޗަށް އަމުރު ހިންގުން އެއީ މުނާސަބު ކަންތަކެއް ނޫނެވެ.
11ބޯހަމަޖެހޭ މީހުންގެ ރުޅި ކޮންޓްރޯލް ކުރާނެއެވެ. މީހުންގެ ފަރާތުން ލިބޭ އުނދަގޫތަކަށް ކެތްކޮށް އެކަމާ އަޅާނުލާ މީހުންނަށް އިޙްތިރާމް ލިބިގެންވެއެވެ.
12ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.
13މޮޔަދަރިން މައިންބަފައިން ބަރުބާދު ކުރެއެވެ. ޝަކުވާ ކުރާ އަނބިމީހާއެކޭ ހުއްޓާނުލާ ބޮލަށް ޖަހާ ފެންތިކިތަކެކޭ އެއްގޮތެވެ.
14މައިންބަފައިންނަށް ދަރިންނަށް ގެދޮރާއި މުދާ ދެވިދާނެއެވެ. ހެޔޮ އަނތްބަކު ދެއްވަނީ މާތްރަސްކަލާނގެއެވެ.
15ކަންނެތް މީހުންނަށް ގުގުރިދަމައި ނިދާލެވިދާނެއެވެ. އެކަމަކު ކަންނެތްކަމުން ލިބޭނީ ބަނޑުހައިކަމެވެ.
16އަމުރުފުޅާ އެއްގޮތަށް އުޅޭނަމަ ދިރިހުރުން ލިބޭނެއެވެ. ދެކޮޅުވެރިވެ ގަންނަ މީހާއަށް ދެވޭނީ މަރާ ދިމާއަށެވެ.
17ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.
18ދަރިން ކުޑައިރު ތަރުބިއްޔަތު ކުރާށެވެ. ނޫނީ އެ ދަރިންނަށް އަދަބު ނުދޭނަމަ އެ ދަރިންގެ ދިރިއުޅުން ހަލާކު ކޮށްލެވިދާނެއެވެ.
19ރުޅިގަދަ މީހާ އެކަމުގެ އަގު ދައްކަން ޖެހޭނެއެވެ. އެއްފަހަރު ކަލޭ އެކަމުން އޭނާ ސަލާމަތް ކޮށްދިނަސް އެހާހިސާބުން އެކަމެއް ނުނިމޭނެއެވެ. އެކަންތައް ދާނީ ތަކުރާރު ވަމުންނެވެ.
20ލިބެން އޮތްހާ ހެޔޮ ނަސޭހަތަކާއި އިލްމެއް ލިބިގަންނާށެވެ. އޭރުން ތިމާ މުޅި އުމުރުގައި ޙިކުމަތްތެރި ވާނެއެވެ.
21އިންސާނާއަށް ކުރެވޭނީ ތަދުބީރެވެ. ތަގުދީރު ކުރައްވާނީ މާތްރަސްކަލާނގެއެވެ.
22ވަފާތެރިކަން އިންސާނާއާ ދިމާއަށް މީހުންގެ ހިތްތައް ލަންބުވާލައެވެ. ދޮގުވެރިކަމަށް ވުރެން ފަގީރުކަން ވެސް މާހެވެވެ.
23 މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ދިގު އުމުރެއް ލިބެއެވެ. ނުރައްކަލުން ސަލާމަތްވެ ހިތްހަމަޖެހުން ލިބެއެވެ.
24ކަންނެތް މީހާ ކާނާ އަތަށް ނަގައެވެ. އެކަމަކު އޭނާ އެކާނާ އަނގަޔާ ހަމަޔަކަށް ނުގެންދެއެވެ.
25ނުވިސްނޭ މީހުންނަށް ތަންދޮރު އެނގެނީ ފުރައްސާކުރާ މީހާއަށް އަދަބުލިބޭތަން ފެނުމުންނެވެ. ވިސްނޭ މީހާ އިސްލާހުކޮށްލުމުން އޭނާ އެކަން ވިސްނައިގަނެއެވެ. އަދި ކުރިޔަށް ވުރެން ވެސް ބޮޑަށް އޭނާއަށް ތަންދޮރު އެނގިދެއެވެ.
26ބަފާޔަށް އިހާނާތްތެރިވެ މައިމީހާ ފައްސާލާ މީހާއަކީ މީހުންގެ ތެރޭގައި އަގުވެއްޓިފައި ހުރި މީހެކެވެ.
27މަގޭ ދަރިޔާއެވެ! އިރުޝާދުތަކަށް ފުރަގަސް ދޭ މީހާއަކީ އިލްމަށް ފުރަގަސް ދޭމީހެކެވެ.
28ދޮގުހެކިދޭ މީހާ އެކުރަނީ އަދުލު އިންސާފަށް މަލާމާތެވެ. އެ ނުބައިނުލަފާ މީހުން ހީކުރަނީ ޖަރީމާއަކީ މީރު ކާނާއެއް ކަމަށެވެ.
29ޢުޤޫބާތް ވަނީ ޖެއްސުން ކުރާ މީހުންނަށެވެ. މޮޔައިންގެ ބުރަކަށި ވަނީ އަދަބު ދެވުމަށެވެ.
Currently Selected:
ހަރުބަސްތައް 19: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: