ހަރުބަސްތައް 1
1
1މިއީ ދާއޫދުގެފާނުގެ ދަރިކަލުން އިސްރާއީލުގެ ރަސްގެފާނު ސުލައިމާނުގެފާނުގެ ހަރުބަސްފުޅުތަކެވެ.
2ހަރުބަސްތަކަކީ މީހާގެ ބުއްދި ތަނަވަސްކޮށްދީ ނަފްސުގެ ކޮންޓްރޯލް ހިފެހެއްޓުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. އަދި މީގައިވާ ފުން މާނަތަކުގައި ގިނަގުނަ ނަސޭހަތްތަކެއް އެކުލެވިފައި ވެއެވެ. 3މި ހަރުބަސްތަކުން ދުރުވިސްނި ހެވާއި ނުބަޔާއި ތެދުވެރިކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމުގެ ތަރުބިއްޔަތު ލިބިގެންދާނެއެވެ. 4މިބަސްފުޅުތަކުން ތަންދޮރު ނުދަންނަ މީހަކު ވެސް އިލްމުހުރި މީހަކަށް ވެދެއެވެ. އަދި ޒުވާނުންނަށް ދިރިއުޅުމުގައި ކަންތައް ގެންދާނެ ހުޝިޔާރު ގޮތްތައް ދަސްވެދެއެވެ.
5ވިސްނުންތެރީން އަދި އެއަށް ވުރެން ވެސް ވިސްނުންތެރިވެދެއެވެ. ތިމާއަކީ ހުޝިޔާރު މީހެއް ނަމަ ކަންކަން އިތުރަށް ދަސްވެދެއެވެ. 6ހަރުބަހުން މީހުން ބުނެއުޅޭ މާނަ ފުން ބަސްތައް ދެނެގަނެވެއެވެ. އަދި އޮޅުންނުފިލާ އަރަތެއް ފަދަ ބަސްތައް ފަހުމުވެދެއެވެ.
7އިލްމު އުނގެނިގަތުމަށް ފުރަތަމަ ބިރުވެތިވާންވީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ބުއްދިވެރި ބަސްތަކާއި ހެޔޮ ނަސޭހަތާ ދެކޮޅުހަދާނީ މޮޔައެކެވެ.
ނުބައި ރަޙުމަތްތެރިންނާ ގުޅުމުގެ ނަތީޖާ
8ދަރިފުޅާއެވެ! ބަފާ ބުނާ ބަސް އަހާށެވެ. އަމާ ދައްކާމަގުން ހިނގާށެވެ. 9އެހެނީ އެމީހުން ދޭ ފިލާވަޅުތައް ބޮލުގައި އަޅާ ޒީނަތުގެ ތާކިހަލެއް ފަދައެވެ. އަދި ކަރުގައި އަޅާ ބަރަކާތްތެރި ގިލަފައްޗެއް ފަދައެވެ.
10ފާފަވެރިން ބުނާ ބަސްތައް އަހައި އެމީހުންގެ ވަސްވާސްތަކަށް ނުހެއްލޭށެވެ. 11އެމީހުން ބުނެފާނެއެވެ. ”އެންމެން ވެގެން މަޖަލަކަށް މަޢުސޫމު މީހަކު މަރާލަން ދަމާ ހިނގާށެވެ! 12އެމީހުން މިއަދު އެތިބީ ގަދަވެ ހެޔޮ ހާލުގައެވެ. އެކަމަކު އަހަރެމެން ކުރާކަންތައް ކޮށްނިމޭއިރު އެމީހުން ތިބޭނީ ކަށްވަޅުގައެވެ. 13އެމީހުންގެ އަގުބޮޑުތަކެތި ފޭރިގަނެ އަހަރެމެން ގެޔަށް ގެންދާނީއެވެ. 14ކަލޭ އަހަރެމެންނާ ބައިވެރިވެއްޖެނަމަ ކަލެއަށް ވެސް ބައި އަޅާދޭނަމެވެ.“
15ދަރިފުޅާއެވެ! އެކަހަލަ މީހުން ހިނގާ މަގުން ނުހިނގާށެވެ. އެމީހުންނާ ދުރުހެލިވާށެވެ. 16އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ. އަދި އެމީހުން ބޭނުންވާނީ އަވަސްގޮތަކުން މީހަކު މަރާލުމަށެވެ. 17ދޫނިތައް ބަލަންތިއްބާ މަޅިޖެހުމަކީ ކިހާ މޮޔަކަމެއް ހެއްޔެވެ؟ 18އެމީހުން އެއްބައިވެގެން ގޮސް މީހަކު މަރާލައެވެ. އެކަމަކު އެންމެފަހުން އެމަޅީގައި ޖެހޭނީ ވެސް އެމީހުންނެވެ. 19ވަގު މުދަލުގެ ފަހަތުން އުޅޭ މީހުންނަށް އެންމެ ފަހުން ޖެހޭނީ އެމީހުންގެ ދިރިއުޅުމުން އަތްދޮވެލާށެވެ.
ބުއްދީގެ ގޮވެލިފަތި
20މީހުން އެއްވާ ކޮންމެ ތަނެއްގައި ބުއްދީގެ ކަމަނާ ހަޅޭއްލަވަމުން ހިނގާނެއެވެ. 21އެކަމަނާގެ އަޑު ބާޒާރު މަތީގައިއާއި ރަށްރަށުގެ ބޮޑުދޮރާށި ދޮށުންނާއި މައިދާންތަކުން އިވޭނެއެވެ. 22”އޭ މޮޔައިންނޭވެ! ކަލޭމެން ތިޔަ މޮޔަކަން މަތީ ތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އިލްމަށް ކަލޭމެން ފުރަގަސްދީ މަލާމާތްކުރުން ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟ 23ކަލޭމެން އިސްލާހު ކުރުމަށް އަހަރެން މިދޭ ހެޔޮ ނަސޭހަތުގެ އަޑު އަހާށެވެ. އޭރުން އަހަރެންގެ ވިސްނުންތައް ކަލޭމެންގެ މައްޗަށް އޮއްސާލާނަމެވެ. އަހަރެންގެ ބަސްތައް ކަލޭމެންނަށް އޮޅުންފިލުވައި ދޭނަމެވެ.
24އެހެނަސް ކަލޭމެން ތިޔަވަނީ އަހަރެންގެ ނަސޭހަތްތަކަށް ފުރަގަސްދީ އެ އަޑަށް ސަމާލުކަމެއް ނުދީއެވެ. 25އަހަރެން މިދޭ އިންޒާރުތަކަށް ކަލޭމެން އަޅައެއް ނުލައެވެ. އަހަރެން ދޭ ނަސޭހަތުގެ އަޑެއް ނޭހިއެވެ. 26-27ކަލޭމެންނަށް ބޮޑު މުސީބާތެއް ކުރިމަތިވާ ދުވަހަކުން، ނުވަތަ ތޫފާނެއް ކަހަލަ ކާރިސާއެއް ދިމާވާ ދުވަހަކުން އަހަރެން ހޭނަމެވެ.
28ކަލޭމެން އައިސް އަހަރެންގެ އެހީއަށް އެދޭނެއެވެ. އެދުވަހަކުން އަހަރެން ކަލޭމެންގެ އަޑެއް ނާހާނަމެވެ. ކަލޭމެން އަހަރެން ފެނޭތޯ ހޯދާނެއެވެ. އެކަމަކު ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެއެވެ. 29ކަލޭމެންނަކަށް އެކައްޗެއް ވެސް ނުވިސްނެއެވެ. އެހެނީ ކަލޭމެން ތިޔަ ތިބެނީ މާތްރަސްކަލާނގެ ކިބަފުޅަށް ކުޑަވެސް ބިރެއް ނެތިއެވެ. 30އަހަރެން ދޭ އިންޒާރުތަކުގެ އަޑު ނާހައި ކަލޭމެން ދިނީ ބީރު ކަންފަތެކެވެ. 31އެދުވަހަކުން ކަލޭމެން ރޭވި ރޭވުމާއި ކުރިކަންތަކުގެ ހިތި ކަލޭމެން ލިބިގަންނާނެވެ. 32ޙިކުމަތަށް ފުރަގަސްދީ ގަމާރުވުމުން ގެނެސްދެނީ މަރެވެ. ފަރުވާލެއް ނެތި ހިތުހުރިގޮތަކަށް ކުރާ މޮޔަކަންތަކުން އެމީހުންނަށް ގެނެސް ދެނީ ގެއްލުމާއި ހަލާކެވެ. 33އެއާ ޚިލާފަށް ކަލޭމެން އަހަރެންގެ ބަސް އަހާނަމަ ކަލޭމެންނަށް ރައްކާތެރިކަން ލިބިގަނެވޭނެއެވެ. ކަލޭމެންނަކަށް ކުއްލި މުސީބާތަކަށް ބިރެއް ގަންނާކަށެއް ނުޖެހޭނެއެވެ.“
Currently Selected:
ހަރުބަސްތައް 1: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: