YouVersion Logo
Search Icon

މައްތާ 16:6-18

މައްތާ 16:6-18 ކމ

”⁠ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން. އޭގެ ބަދަލުގައި ތިޔަބައިމީހުންގެ މޫނު ދޮވެ ތާޒާކޮށްގެން ތިބޭ. އޭރުން ތިޔަބައިމީހުން ތިބީ ރޯދައަށް ކަން އަނެކުންނަށް ނޭނގޭނެ. ނަމަވެސް ވަންހަނާގައި ތިޔަބައިމީހުން ކުރި އަމަލުތައް ވެސް އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ދެނެވޮޑިގެންވާނެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަމުގެ ޘަވާބު ދެއްވާނެ.⁠“

Free Reading Plans and Devotionals related to މައްތާ 16:6-18