ޢިބްރާނީންނަށް ސިޓީ 8
8
އުއްތަމަ އިމާމަކީ އީސާގެފާނު
1ބުނަން މި އުޅޭ ވާހަކައަކީ އަހަރެމެންގެ އުއްތަމަ އިމާމަކު ހުރި ވާހަކައެވެ. އެ އިމާމަކީ އުޑުގައިވާ އަރުޝިކޮޅުގައި ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅުގައި އިންނެވި އިމާމެވެ. 2އެކަލޭގެފާނަކީ އުޑުގައިވާ އަސްލު ފޭލިގެކޮޅުގައި ޚިދުމަތް ކުރައްވާ އިމާމެވެ. މި އަޅުކަމުގެ މުޤައްދަސް ފޭލިގެކޮޅު ޖައްސަވާފައި ވަނީ މާތްރަސްކަލާނގެއެވެ. އިންސާނަކު ނޫނެވެ.
3ކޮންމެ އުއްތަމަ އިމާމަކު ވެސް ޤުރުބާނީއާއި ވެދުންތައް ހުށަހަޅަން ޖެހެއެވެ. މިގޮތުން އަހަރެމެންގެ އުއްތަމަ އިމާމު ވެސް ކޮންމެވެސް އެއްޗެއް ވެދުން ކުރަން ޖެހިވަޑައިގަތެވެ. 4އެކަލޭގެފާނު ބިންމަތީގައި ހުންނެވިނަމަ އެކަލޭގެފާނަކަށް މި އިމާމުކަމެއް ލިބިވަޑައެއް ނުގެންނެވީހެވެ. އެހެނީ ޤުރުބާނީ ހުށަހަޅަން މޫސާގެފާނުގެ ޤާނޫނުގެ ދަށުން އޭރު އިމާމުން އައްޔަން ކުރެވިފައިވާތީއެވެ. 5އެކަމަކު އެމީހުން އެ ޚިދުމަތް ކުރަނީ އުޑުގައިވާ އަސްލު ގެކޮޅުގެ ނަމޫނާއާ އެއްގޮތަށް ހަދާފައި ހުރި ފޭލިގެކޮޅެއްގައެވެ. މޫސާގެފާނު ފޭލިގެކޮޅު ހެއްދެވުމަށް ތައްޔާރުވީ ހިނދު އެކަލޭގެފާނަށް އެންގެވިފައި ވަނީ ”ފަރުބަދަމަތީގައި ކަލޭގެފާނަށް ދެއްކެވުނު ނަމޫނާއާ މުޅީން އެއްގޮތަށް އެ ހުރިހާ އެއްޗެއް ހައްދަވާށެވެ.“#ނެރުއްވުން 25:40 6އެކަމަކު މިހާރު އީސާގެފާނު ވަނީ މާމަތީ މަގާމަކަށް އުފުއްލެވި ފައެވެ. އެކަލޭގެފާނު މިހާރު މެދުވެރިވެ ވަޑައިގެން ގެނެސް ދެއްވަނީ މާ ފުރިހަމަ ޢަހުދުނާމާއެކެވެ. އެއީ މާ މަތިވެރި ވަޢުދުފުޅުތަކެއްގެ މަތީގައި ބިނާވެގެންވާ އަހުދުނާމާއެއް ވެސްމެއެވެ.
7ފުރަތަމަ ކުރެވުނު ޢަހުދުނާމާގައި މަސްއަލައެއް ނެތްނަމަ ދެވަނަ ޢަހުދުނާމާއެއް ކުރެއްވުމުގެ ބޭނުމެއް ނެތީހެވެ. 8އެކަމަކު އެޢަހުދުނާމާގައި ހިމެނޭ މީހުންގެ އުނިކަން ދައްކަވަމުން އެކަލާނގެ ވަޙީ ކުރެއްވިއެވެ.
”ތިމަންކަލާނގެ އިސްރާއީލުންނާއި ޔަހޫޛާއިންނާމެދު#8:8 އިސްރާއީލުންނާއި ޔަހޫޛާއިންނާމެދު އިހުޒަމާނުގައި ބަނީ އިސްރާއީލީންގެ ތެރޭގައި ހިމެނެނީ ޔަހޫޛާއިންނާއި އިސްރާއީލުގެ މީހުންނެވެ. އާ ޢަހުދުނާމާއެއް ކުރައްވާނެ ދުވަސް އެބަ އާދެއެވެ.
9އެ ޢަހުދުނާމާއަކީ އެމީހުންގެ ކާބަފައިންގެ އަތުގައި ހިއްޕަވައިގެން ތިމަންކަލާނގެ އެމީހުން މިޞްރުން ބޭރުކުރެއްވި ދުވަހު ކުރެވުނުފަދަ ޢަހުދުނާމާއެއް ނޫނެވެ.
އެ ޢަހުދުނާމާއަށް އެމީހުން ވަފާތެރިކަން މަތީ ދެމިއެއް ނުތިއްބެވެ.
އެހެންކަމުން ތިމަންކަލާނގެ އެމީހުންނަށް ފުރަގަސްދެއްވީއެވެ.
10އެކަމަކު ތިމަންކަލާނގެ އިސްރާއީލުންނަށް މި އާ ޢަހުދުނާމާ ގާއިމު ކުރައްވައި،
ތިމަންކަލާނގެ މީސްތަކުންގެ ސިކުނޑިއަށް އެއަމުރުފުޅުތައް ވައްދަވައި،
އެއަމުރުފުޅުތައް އެމީހުންގެ ހިތްތަކުގައި ލިޔުއްވާނެ ދުވަސް އެބަ އާދެއެވެ.
ތިމަންކަލާނގެ ވާހުށީ އެމީހުންގެ ކަލާނގެ ކަމުގައެވެ.
އަދި އެމީހުން ވާހުށީ ތިމަންކަލާނގެ މީހުން ކަމުގައެވެ.
11އެމީހުންގެ ތެރޭން އެކަކު ވެސް އަނެކާގެ ގާތް ތިމާގެ ރައްޓެހިންގެ ގާތުގައި ތިމަންކަލާނގެ އިތުރު ތަޢާރަފެއް ބުނެދޭކަށް ނުޖެހޭނެ އެވެ.
އެ މީހުންގެ ކުދިބޮޑު އެންމެންނަށް ތިމަންކަލާނގެއަކީ ކޮބައިކަން އެނގިގެން ވާނެ އެވެ.
12އެމީހުން ކިތަންމެ ގޯހަކަސް ތިމަންކަލާނގެ އެމީހުންގެ ފާފަތައް އަފޫކުރައްވައި އޯގާވެރިވެ ވޮޑިގަންނަވާނަމެވެ.
އަދި އެމީހުންގެ ފާފަތައް ތިމަންކަލާނގެ ހަނދުމަފުޅު ނައްތަވާލައްވާނަމެވެ.“#އިރުމިޔާ 31:31-34
13މާތްރަސްކަލާނގެ އެހެން ޢަހުދުނާމާއެއް ކުރައްވާނެކަމަށް އެންގެވުމުން އޭގެ މާނައަކީ ކުރީގެ ޢަހުދުނާމާ ބާތިލުވީ ކަމުގައެވެ. ބާވެ ބޭނުންކެނޑިފައި ހުންނަ އެއްޗެހި ދާދި އަވަހަށް ލޯމަތިން ގެއްލިދާނެއެވެ.
Currently Selected:
ޢިބްރާނީންނަށް ސިޓީ 8: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: