YouVersion Logo
Search Icon

ޢިބްރާނީންނަށް ސިޓީ 6

6
އީމާންކަމުން ބޭރުވުމުގެ ނުރައްކާ
1އަހަރެމެން އީސާއަލްމަސީޙާ ބެހޭގޮތުން ދަސްކުރި އަސާސީ ފިލާވަޅުތަކާއިގެން އަބަދު ނޫޅެ މިކަންތަކާ މެދު ތަންކޮޅެއްބޮޑަށް މިހާރު ތަސައްރަފު ފުދެން ވެއްޖެއެވެ. އެއީ މަރާދިމާއަށް މީހާ ގެންދަވާ ޝައިތާނީ ކަންކަމާ ދުރުވެ މާތްރަސްކަލާނގެއަށް އީމާން ވުމާ ބެހޭ ވާހަކައެވެ. އެވާހަކަ ދެން ނުދައްކަމާ ހެއްޔެވެ؟ 2އަދި ތައުބާގެ ހިނައިގަތުމާއި ގައިގައި އަތް ޖެއްސުމާއި#6‏:2 ގައިގައި އަތް ޖެއްސުމާއި ގައިގައި އަތްޖެއްސުމަކީ ދުޢާ ކުރާއިރު ކޮށް އުޅޭ ކަންތަކެއް. އަލުން ދިރި މަހުޝަރަށް ގެންދެވުމާއި، ހިސާބުބެއްލެވޭނެ ކަމުގެ ވާހަކަ އަލުން ނުދައްކަމާހެއްޔެވެ؟ 3އޭރުން އިރާދަ ކުރެއްވިއްޔާ އަހަރެމެންނަށް މިގޮތުގައި ކުރިޔަށް ދެވި އިތުރު ކަންތައް ދަސްވެގެންދާނެއެވެ.
4އެމީހެއްގެ އީމާންކަން ދޫކޮށްލި މީހަކު އަލުން އަނބުރާ އީމާންކަމުގެ ތެރެއަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ހިތްތަކަށް ވަނީ މާތްރަސްކަލާނގެ ނޫރުފުޅުގެ އަލިކަން މީގެ ކުރީގައި ލިބިފައެވެ. އެމީހުންނަށް ވަނީ ސުވަރުގޭގެ ހަދިޔާގެ ރަހަފެނި މާތްރޫޙުފުޅު ޙިއްސާ ކުރެވިފައެވެ. 5އަދި މާތްރަސްކަލާނގެ ބަސްފުޅަކީ ހެޔޮ ބަސްފުޅެއް ކަމާއި އަދި ފަހުޒަމާނުގައި ބާރުތައް ހިނގާނެ ގޮތް ވެސް އެމީހުންނަށް ތަޖުރިބާ ކުރެވިފައި ވޭމެއެވެ. 6މިހެން ކަންތައް ވެފައި ހުރެމެ އެމީހުން އީމާންކަން ދޫކޮށްލައިފިނަމަ އަލުން އެމީހުން ތައުބާ ކުރުވައިގެން އީމާންކަމުގެ ތެރެއަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަންތައް ކުރުމުން އެމީހުން ދެވަނަ ފަހަރަށް މާތްރަސްކަލާނގެ ދަރިކަލުން ސަލީބަށް އަރުވައި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނު ލަދުގަންނަވާލަނީއެވެ.
7ބިމަށް ވާރޭ ވެހި ދަނޑުތައް ތެމި ދަނޑުވެރިޔާއަށް އެބިމުން ރަނގަޅު ގޮވާން ލިބުމަކީ އެބިމުގައި މާތްކަލާނގެ ލައްވާ ބަރަކާތެކެވެ. 8އެކަމަކު އެބިމުން ކަށިގަސްތައް ހެދޭނަމަ އެ ދަނޑުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެތަކެތި ވުން ގާތީ މާތްރަސްކަލާނގެ ލަޢުނަތްލެއްވި ތަކެއްޗަށެވެ. މިހެން ވުމުން ދަނޑުވެރިޔާ އެންމެފަހުން އެ ދަނޑު އަންދާލާނީއެވެ.
9ލޮބުވެތި އެކުވެރިންނޭވެ! އަހަރެމެން މިހެން ބުނިކަމުގައި ވިޔަސް ކަލޭމެންނާ މެދު ޔަޤީންކަން އެބައޮތެވެ. ކަލޭމެން ކަންތައް ކުރަނީ ދިންނެވުމުގެ ހެޔޮ ދަރުމަ ލިބިފައިވާ މީހުން ފަދައިންނެވެ. 10މާތްރަސްކަލާނގެ ދުވަހަކު ވެސް ބޭއިންސާފުވެރިވެ ވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެއަށްޓަކައި ކަލޭމެން ކުޅަ ކަންތަކާއި ދެއްކި ލޯތްބާއި މަސީޙީންނަށް ވީ އެހީއާއި މިހާރު ވެސް ވަމުންގެންދާ އެހީތަކުގެ މަތިން އެކަލާނގެ ހަނދުމަފުޅު ނައްތަވާ ނުލައްވާނެއެވެ. 11އަހަރެމެންގެ އެދުމަކީ ކަލޭމެން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އެގޮތުގައި އަޒުމާއެކު އުޅެމުން ދިއުމެވެ. އޭރުން ކަލޭމެން ތިޔަ އުންމީދު ކުރާކަންތައް ޔަޤީނުންވެސް ޙަޤީޤަތަކަށްވެ ފުރިހަމަވެގެން ދާނެއެވެ. 12އޭރުން ކަލޭމެންނަކީ ރޫހާނީ ގޮތުން ކަންނެތް ބަޔަކަށް ނުވާނެއެވެ. އެއާ ޚިލާފަށް ކަލޭމެންގެ މިސާލު ޖެހޭނީ އެބައެއްގެ އީމާންތެރިކަމާއި އެކު ދެގޮތެއްނުވެ ދެމިތިބުމުގެ ސަބަބުން މާތްރަސްކަލާނގެ ވަޢުދުކުރެއްވި ތަރިކަ ލިބޭ މީހުންގެ މިސާލުންވެ.
މާތްރަސްކަލާނގެ ދެގޮތެއްނުވާ ވަޢުދުފުޅު
13މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ޢަހުދު ކަށަވަރު ކުރެއްވި ހިނދު މި ގޮތަށް ކަންތައް ކުރައްވާނެ ކަމަށް ވަޢުދުވެ ވޮޑިގެންނެވިއެވެ. އެކަލާނގެ މި ވަޢުދުފުޅު ކުރެއްވީ ޚުދު އެކަލާނގެ ނަންފުޅު ގަންދެއްވައެވެ. އެހެނީ އެކަލާނގެއަށް ވުރެ މަތިވެރި އެހެން އެއްވެސް ފަރާތެއް ނުވެއެވެ. 14އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެފާނަށް ޔަޤީނުން ވެސް ބަރަކާތްލައްވައި ދަރިފަސްކޮޅު ގިނަ ކޮށް ދެއްވާނަން!⁠“#ފެށުން 22‏:17 15އިބްރާހީމްގެފާނު ކެތްތެރިކަމާއެކު ހުންނަވައި މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތައް ލިބިވަޑައިގަތެވެ. 16އަރާރުމެއްވެ ކަމެއް ހައްލު ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ހުވައެއް ކުރެވޭ ހިނދު މީހުން ހުވާކޮށް އުޅެނީ އެމީހަކަށް ވުރެން މަތީ ފަރާތެއްގެ ނަންމަތީގައެވެ. އެކުރާ ހުވައިން އެމައްސަލަ ހައްލުވެދެއެވެ.
17އެކަލާނގެ މިފަދައިން ހުވާ ވަޙީކުރެއްވީ އެކަލާނގެ މީސްތަކުންނަށް ކުރެއްވި ވަޢުދުފުޅު އުވާނުލައްވާނެކަން އަދި އެކަލާނގެ އިރާދަފުޅު ބަދަލު ނުކުރައްވާނެކަން ވާރިސުންނަށް ޔަޤީންކޮށް ދެއްވުމަށެވެ.
18އެހެންވީއިރު އެކަލާނގެ ކުރެއްވި ވަޢުދާއި ހުވަޔަކީ ބަދަލުވުމެއް ނުވާ ދެ ކަންތަކެވެ. އެ އިތުބާރާއެކު އަހަރެމެން މިތިބީ މާތްކަލާނގެ ކިބަފުޅުން ސަލާމަތް ކަމަށް އެދި ދުވެފައި އައިއެވެ. މިހިނދު އެކަލާނގެ ކުރެއްވި ވަޢުދުފުޅު ކުރެއްވީ އެ އުންމީދުގައި އަހަރެމެން ބާރަށް ހިފަހައްޓައިގެން ތިބުމަށް ހިތްވަރު ދެއްވުމަށެވެ. އެކަންތައް މިވަނީ އަހަރެމެންގެ ދިމާ ކުރިމަތީގަ ފެންނާށެވެ. 19މި އުންމީދަކީ އަހަރެމެންގެ ޙަޔާތުގައި ލާފައިވާ ގުޑުވާނުލެވޭނެ ނަގިއްޔެއް ފަދަ އިތުބާރު ހުރި އެއްޗެކެވެ. މި އުންމީދު އަހަރެމެން ގޮވައިގެން މާތްވެގެންވާ ގެކޮޅުގެ ފަރުދާގެ އެތެރޭބަޔަށް ގެންގޮސް ދޭނެއެވެ.#ލާވީން 16‏:15 20އަހަރެމެންނަށް ވުރެ ކުރީން އީސާގެފާނު ވަނީ އެތަނަށް ވަޑައިގަންނަވާފައެވެ. އެއީ އަހަރެމެންނަށްޓަކައެވެ. އެކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ވަޑައިގެންނެވި އަހަރެމެންގެ އަބަދީ އުއްތަމަ އިމާމެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in