ފެށުން 48
48
މަނައްސާ އާއި އަފްރާއިމްއަށް ބަރަކާތް ލެއްވުމަށް ދެންނެވުން
1-2މީގެ ދުވަސްތަކެއްގެ ފަހުން ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު ވަރަށް ބޮޑަށް އާލާސްކަންފުޅުގައި އޮންނެވި ޚަބަރު ލިބިވަޑައިގަތެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ މަނައްސާ އާއި އަފްރާއީމް ގޮވައިގެން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެންނެވި ޙަބަރުފުޅު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތުމުން ހަށިކޮޅަށް ލެވުނުހާ ބާރެއްލައްވައި ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެން އެދުމަތީގައި އިށީނދެ ވަޑައިގަތެވެ.
3-4އެއަށް ފަހު ޔަޢުޤޫބުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ކަންޢާނުގެ ލޫޒްގައި ވަނިކޮށް ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވުމަށް ފަހު، އެތަނުގައި އަހަރެންނަށް ބަރަކާތްލައްވައި އެކަލާނގެ އަހަރެންނަށް މިފަދައިން ވަޙީ ކުރެއްވި. ’ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވައި ބޮޑު ޤައުމެއްގެ ގޮތުގައި ލައްވާނަމޭ. އަދި ކަންޢާނުގެ މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅުގެ މީސްތަކުންނަށް އަބަދަށްޓަކައި މިލްކުވެގެންވާ ތަނެއްގެ ގޮތުގައި ދެއްވާނަމޭ.‘ 5އަހަރެން އައުމުގެ ކުރިން މިޞްރުގައި އުފަންވެފައިވާ ތިބާގެ ދެ ފިރިހެން ދަރިންނަކީ އަހަރެންގެ އަމިއްލަ ދެ ދަރިން ކަމުގައި އަހަރެން ހަދައިފީމު. މަނައްސާ އާއި އަފްރާއީމް އާއި ދެ ކުދިންނަކީ ރައޫބައިން އާއި ޝިމްޢޫން ފަދައިން އަހަރެންގެ ތަރިކަ މުދަލުން ލިބޭނޭ ދެ ދަރިންމެ.
6ނަމަވެސް މީގެ ފަހުގައި ތިބާއަށް ލިބޭ ދަރިންނަކީ ތިބާގެ އަމިއްލަ ދަރިން. އަދި އެބައިމީހުންނަށް ލިބިދޭ ތަރިކަ ލިބިދޭނީ މަނައްސާ އާއި އަފްރާއީމްއަށް ލިބިފައިވާ ބިންތައް މެދުވެރިކޮށް. 7އަހަރެން މި ހުރިހާ ކަމެއް މިފަދައިން މިކުރަނީ ތިބާގެ މައިކަނބަލުން ރާޙީލްއަށްޓަކައި. އަހަރެން ހުޅަނގު އުތުރު މެސޮޕޮޓޭމިއާއިން ދަތުރުކޮށް އައި މަގުމަތީގައި އަފްރާތާ އާއި މާ ދުރުނޫން ހިސާބެއްގައި ކަންޢާނުގައި ރާޙީލް ނިޔާވި. އޭރު އަހަރެމެން ދަތުރު ކުރަމުން ގެންދިޔައީ އަފްރާތާ އާއި ދިމާލަށް. މިކަންތަކުން އަހަރެންނަށް ވަރަށް ހިތްދަތިކަން ލިބުނު. އަދި އަފްރާތާއަށް ދާ މަގުގެ އެއްފަރާތުގައި އަހަރެން އޭނާ ވަޅުލިން.“ (މިހާރު އަފްރާތާގެ ނަމަކީ ބައިތުލަޙަމެވެ.)
8އިސްރާއީލުގެފާނަށް (ޔަޢުޤޫބުގެފާނަށް) ޔޫސުފުގެފާނުގެ ދެ ފިރިހެން ދަރިކަލުން ފެނިވަޑައިގެން މިފަދައިން އެއްސެވިއެވެ. ”މިއީ ކޮން ކުދިންނެއް؟“
9ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނަށް މިފަދައިން ދެންނެވިއެވެ. ”މިއީ މިޞްރުގައި މާތްކަލާނގެ އަހަރެންނަށް ދެއްވި ދެ ފިރިހެން ދަރިން.“
އިސްރާއީލުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ތިބާގެ އެ ފިރިހެން ދަރިން އަހަރެންގެ ކައިރިއަށް ގެނޭ. އޭރުން އެ ދަރިންގެ ބަރަކާތަށް އެދި އަހަރެން ދަންނަވާނަން.“
10މި ހިނދު އިސްރާއީލުގެފާނު ދުވަސްވެ ޢަޖޫޒު ވެފައި ވުމުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށް ފެނިވަޑައެއް ނުގަންނަވައެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެ ދަރިން އިސްރާއީލުގެފާނުގެ އަރިހަށް ކައިރިއަށް ގެންދެވިއެވެ. އަދި އިސްރާއީލުގެފާނު އެ ދެކުދިންގެ ގައިކޮޅުގައި ބޮސްދެއްވުމަށް ފަހު އެ ކުދިންގެ ގައިގައި ބައްދަވާ ލެއްވިއެވެ. 11އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިން ވެސް މާތްކަލާނގެ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.“
12އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ. 13އަދި ޔޫސުފުގެފާނުގެ ކަނާތްޕުޅު ފަރާތުގައި އަފްރާއީމް ބަހައްޓަވައި އަދި މަނައްސާ އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ބެހެއްޓެވިއެވެ. އެއީ، އަފްރާއިމް އިސްރާއީލުގެފާނުގެ ވައަތްޕުޅު ފަރާތާއި ކައިރިވާ ގޮތަށާއި އަދި މަނައްސާ އިސްރާއީލުގެފާނުގެ ކަނާއަތްޕުޅު ފަރާތަށް ކައިރި ވާގޮތަށް ވެސްމެއެވެ. 14ނަމަވެސް ޔަޢުޤޫބުގެފާނު ދުޢާފުޅު ކުރެއްވުމަށް އެކަލޭގެފާނުގެ އަތްޕުޅު ހުރަސްކުރައްވައި އެ ދެބެއިންގެ ތެރެއިން ހަގު ކުއްޖާ ކަމުގައިވާ އަފްރާއީމްގެ ބޯމަތީގައި އެކަލޭގެފާނުގެ ކަނާތްޕުޅު ބޭއްވިއެވެ. އަދި ފުރަތަމަ އުފަންވި ފިރިހެން ދަރިފުޅު ކަމުގައިވާ މަނައްސާގެ ބޯމަތީގައި އެކަލޭގެފާނުގެ ވައަތްޕުޅު ބޭއްވިއެވެ.
15އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ.
”އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި.
16އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި.
މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު.
މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.“
17ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ކަނާއަތްޕުޅު އަފްރާއިމްގެ ބޯމަތީގައި ބާއްވަވާފައިވީ ތަން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނު އެކަމާއި ހިތްޕުޅު ހަމަޖެހިގެންނެއް ނުވިއެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅުގައި ހިއްޕަވައި އަފްރާއީމްގެ ބޮލުގައި ބާއްވާފައިވާ އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅު ނަންގަވައި މަނައްސާގެ ބޯމަތީގައި ބާއްވަން އުޅުއްވިއެވެ. 18އަދި މިފަދައިން ވިދާޅުވިއެވެ. ”ބައްޕާ، ބައްޕަ ތިޔަ ހައްދަވަނީ ރަނގަޅަކަށް ނޫން. މަނައްސާ އަކީ ފުރަތަމަ އުފަންވި ދަރިފުޅު. ބައްޕަގެ ކަނާއަތްޕުޅު އޭނާގެ ބޯމަތީގައި ބާއްވަވާ.“
19އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.“
20އެ ކުދިންނަށް ބަރަކާތް ލެއްވުމަށް އެދި އެދުވަހު ޔަޢުޤޫބުގެފާނު އެފަދައިން ދެންނެވިއެވެ:
”ބަނީއިސްރާއީލު މީހުންގެ މައްޗަށް ބަރަކާތް ލެއްވުމަށް އެދި ދަންނަވާ ހިނދު އެބައިމީހުން މިފަދައިން ބުނެއޭ:
’އަފްރާއީމްއާއި މަނައްސާ ފަދައިން މާތްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބަރަކާތް ލައްވާނދޭވެ!‘“
މިގޮތުން ޔަޢުޤޫބުގެފާނު މަނައްސާއަށް ވުރެން އަފްރާއިމް މަތިވެރި ކުރެއްވިއެވެ.
21އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނާއި ދިމާލަށް ނިކަން ބަލާލަބަލަ. އަހަރެން މިހާރު މިވަނީ މަރުވާން ތައްޔާރުވެފަ. ނަމަވެސް މާތްކަލާނގެ ވަނީ ދަރިފުޅާއި އެކުގައި. އަދި ދަރިފުޅުގެ ކާބަފައިންގެ ރަށްކަމުގައިވާ ކަންޢާނުއަށް ދަރިފުޅު އެނބުރި ގެންދަވާނެމެ. 22ދަރިފުޅުގެ އަޚުންނަށް އަހަރެން ނުދޭ އެއްޗެއް ދަރިފުޅަށް އަހަރެން ދެމު. އެއީ އަހަރެންގެ ކަނޑި އާއި ތީރު ބޭނުން ކޮށްގެން އަމޫރީންގެ އަތުން އަހަރެން އަތުލާފައިވާ ޝަކީމްގެ ބިން.“
Currently Selected:
ފެށުން 48: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: