ގަލާތިޔާގެ މަސީޙީންނަށް ސިޓީ 3
3
ރަޙުމަތް ލެއްވެނީ އީސާގެފާނަށް އީމާންވުމުން
1އޭ މޮޔަ ހޭނުޖެހޭ ގަލާތިޔާގެ މީހުންނެވެ! ކަލޭމެން ތިޔަވަނީ ކާކުގެ ކޮންފަދަ އަވައެއްގަ ޖެހިފައި ހެއްޔެވެ؟ ކުރިން ކަލޭމެންނަށް އީސާގެފާނު ސަލީބުގައި އަވަހާރަވެދިޔަ ސަބަބު ފުރިހަމައަށް ސާބިތުވެ އެނގުނެވެ. 2އަހަރެން ކަލޭމެން ކުރެން ހަމައެކަނި އެންމެ ސުވާލެއް ކޮށްލަން ބޭނުމެވެ. އެއީ ކަލޭމެންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުނީ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކުރުމުން ނުވަތަ ކަލޭމެންނަށް ދަސްކޮށްދެވުނު ބަސްތައް އަހައި ގަބޫލު ކުރުމުން ހެއްޔެވެ؟ ޝައްކެއް ނެތި ހަމަ ޔަޤީނުން ވެސް ކަލޭމެންނަށް އެމާތްރޫޙުފުޅު ދެއްވީ އީސާގެފާނު ދެއްވި ދިންނެވުމާ ބެހޭ ހެޔޮޚަބަރުފުޅު ކަލޭމެން އަހައި ގަބޫލު ކުރުމުންނެވެ. 3އަޅެފަހެ ކަލޭމެން މޮޔަވީހެއްޔެވެ؟ މާތްރޫޙުފުޅުގެ ބާރުގައި ކަންކުރަން ފަށާފައި މިހާރު ކަލޭމެން ތިޔައުޅެނީ އަމިއްލަ ބާރުން ހުރިހާކަމެއް ފުރިހަމަޔަށް ކުރެވޭނެ ކަމަށް ހެއްޔެވެ؟ ތިޔައީ ވަރަށް ބޮޑު މޮޔަކަމެކެވެ. 4މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރުމުގެ ސަބަބުން ކަލޭމެންނަށް އެތައް އަނިޔާއަކާއި އުނދަގުލެއް ލިބިއްޖެއެވެ. އެ ލިބުނު ހުރިހާ އަނިޔާ އަކާއި އުނދަގުލެއް އެއްވެސް މާނައެއް ނެތް ބޭކާރު ކަމަކަށް ހަދަންވީ ހެއްޔެވެ؟
5މާތްރަސްކަލާނގެ ކަލޭމެންނަށް މާތްރޫޙުފުޅު ދެއްވާ ކަލޭމެންގެ މެދުގައި މުޢުޖިޒާތްތައް ދައްކަވަނީ ކަލޭމެން މޫސާގެފާނު އެންގެވި ގަވާއިދުތަކަށް ކިޔަމަންވާތީ ހެއްޔެވެ؟ ނުވަތަ އެއީ ކަލޭމެންނަށް އަލްމަސީޙާ ބެހޭގޮތުން ބުނެދެވުނު ޚަބަރުތައް އަހައި އެކަން ގަބޫލުކުރުމުގެ ސަބަބުންހެއްޔެވެ؟
6އިބްރާހީމްގެފާނާއި މެދު ވެސް ކަންތައްވީ ހަމަ މިފަދައިން ކަމުގައި ލިޔެވިގެންވެއެވެ. ”އިބްރާހީމްގެފާނު މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރެއްވިއެވެ. ދެން މާތްރަސްކަލާނގެ އިބްރާހީމްގެފާނުގެ އީމާންކަމުގެ ސަބަބުން އެކަލޭގެފާނު ޞާލިޙެއް ކަމުގައި ކަނޑައެޅުއްވިއެވެ.“ 7އެހެން ކަމުން ކަލޭމެންނަށް ވެސް އެނގެންޖެހޭނެއެވެ. އިބްރާހީމްގެފާނުގެ އަސްލު ދަރިންނަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ މީހުންނެވެ. 8އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.“ 9މީގެ މާނައަކީ އިބްރާހީމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވުމުން ދެއްވި ފަދަ ރަޙުމަތެއް އަލްމަސީޙަށް އީމާންވި ކޮންމެ މީހަކަށް ވެސް ހަމަ ލިބޭނެ ކަމެވެ.
10ނަމަވެސް ރަނގަޅު މީހަކަށްވެ، އަދި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހޯދުމަށްޓަކައި އަމުރުފުޅުތަކާއި ގަވާއިދުތަކެއްގެ މައްޗަށް ކަންތައްކުރާ މީހަކަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އެއީ ލިޔެވިގެން ވަނީ މިފަދައިންނެވެ. ”ލިޔެވިގެންވަންޏާ ވާހައި ގަވާއިދަކަށް ކިޔަމަންނުވެވޭ ކޮންމެ މީހަކަށް މާތްރަސްކަލާނގެ ވަނީ ލަޢުނަތް ލައްވާފައެވެ.“ 11މިހެންކަމުން އެނގި ހާމަވަނީ އެއްވެސް މީހަކަށް އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކޮށްގެން މާތްރަސްކަލާނގެ ކުރިފުޅުމަތީ ރަނގަޅު މީހަކަށް ނުވެވޭނެކަމެވެ. އެއީ ލިޔެވިގެން ވެއެވެ. ”ދިރިތިބޭނީ ހަމައެކަނި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާން ވުމުގެ ސަބަބުން އެކަލާނގެ ރުއްސެވުން ލިބޭ މީހުންނެވެ.“ 12ނަމަވެސް އަމުރުފުޅުތަކާއި ގަވާއިދު ބިނާވެފައި ވަނީ އިތުބާރާއި އީމާނުގެ މައްޗަކަށް ނޫނެވެ. އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން ރުއްސެވުން ލިބި ދިރިހުންނާނެ މީހަކަށް އެކަން ލިބޭނީ އެ އަމުރުފުޅުތަކާއި ގަވާއިދުތަކުގައިވާ ހުރިހާ ކަމަކަށް ފުރިހަމައަށް ކިޔަމަން ވެގެންނެވެ.
13އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.“ 14މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުކުރެއްވި ރަޙުމަތްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ލިބޭނެ މަގު އީސާގެފާނު އެކުރެއްވި ކަންތަކުގެ ސަބަބުން ފަހިވެއްޖެއެވެ. އަދި އީސާގެފާނަށް އީމާންވުމުން އެންމެންނަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުފުޅުކުރެއްވި އެކަލާނގެ މާތްރޫޙުފުޅު ވެސް އަހަރެމެންނަށް ލިބޭނެއެވެ.
އަމުރުފުޅާއި ވަޢުދުފުޅު
15މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެން މިބުނި އެއްޗެއްގެ މާނަ ދެނެގަތުމަށް މިފަދަ އާދައިގެ މިސާލަކާ މެދު ވިސްނާ ބަލާށެވެ. މިސާލަކަށް ދެމީހެއްގެ ދެމެދުގައި އެއްބަސްވުމުގެ ގޮތުން ލިޔެވިފައިވާ ޢަހުދުނާމާއެއް އެހެން އެކަކަށް ވެސް އެއަށް ބަދަލު ގެނެސް ބާތިލު ކޮށް ހެދިދާނެ ހެއްޔެވެ؟ 16މާތްރަސްކަލާނގެ އެ ވަޢުދުފުޅު ކުރެއްވީ އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ”ދަރިކޮޅުގެ މީހާ“ އަށެވެ. ”ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހުންނެކޭ“ އެކަލާނގެ އިބްރާހީމްގެފާނަކަށް ވަޙީއެއް ނުކުރައްވައެވެ. އެހެން ވަޙީކުރެއްވިނަމަ އޭގެ މާނައަކީ އެތައް ބަޔެކޭ އެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީ ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހާއޭ، މިފަދައިންނެވެ. އޭގެ މާނައަކީ އެއީ ހަމަ އެންމެ މީހެކޭ އެވެ. އެމީހާއަކީ އީސާ އަލްމަސީޙު އެވެ.#3:16 ފެށުން ފޮތުގެ 22 ބާބުގެ 18 ވަނަ އާޔަތް. 17އަހަރެން މިބުނާ އެއްޗަކީ މޫސާގެފާނު ވަޑައިގެންނެވުމުގެ ހަތަރުސަތޭކަ ތިރީސް އަހަރު ކުރިން އިބްރާހީމްގެފާނާއި މާތްރަސްކަލާނގެ އާދެމެދު ކުރެއްވި ޢަހުދުނާމާއެއް، މޫސާގެފާނު ގެންނެވި އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން ބަދަލުކޮށް އުވައެއް ނުލެވޭނެއޭ، މިހެންނެވެ. 18މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ދެއްވުމަށް ވަޢުދުފުޅު ކުރެއްވި މަތިވެރި ރަޙުމަތްފުޅު، އަމުރުފުޅުތަކާއި ގަވާއިދުތައް މެދުވެރިކޮށް އަހަރެމެންނަށް ލިބޭނެ ނަމަ، ދެން ކޮންމެހެން އެވަޢުދުފުޅު ކުރެއްވުމުގެ ބޭނުމެއް ނުވޭ ނޫންތޯއެވެ؟ ނަމަވެސް މާތްރަސްކަލާނގެ އެރަޙުމަތްފުޅު އިބްރާހީމްގެފާނަށް ދެއްވީ އެކަލާނގެ އެކުރެއްވި ވަޢުދުފުޅުންނެވެ.
19ދެން އެހެންވީއިރު އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ދެއްވީ މީސްތަކުން ކުރާ ނުބައިކަންތައްތަކަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަށް ކުރެވޭ ކަންތަކެއްކަން ދައްކަވައި ދެއްވުމަށެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދު އޮތީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހާ ފޮނުއްވަން ދެނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުން ލައްވައި އަމުރުފުޅުތަކާއި ގަވާއިދުތައް މޫސާގެފާނަށް އެންގެވިއެވެ. އެ އެއެންގެވުންތައް މީސްތަކުންނަށް ފޯރުކޮށް ދެއްވީ މޫސާގެފާނު މެދުވެރިކުރައްވައެވެ. 20މެދުވެރިއަކު ބޭނުންވަނީ ދެމީހެއްގެ ދެމެދުގައި އެއްބަސް ވުމެއް ވެވޭ ނަމައެވެ. ނަމަވެސް އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު ކުރެއްވީ ސީދާ މާތްރަސްކަލާނގެއެވެ.
އަމުރުފުޅުގެ މަގުސަދު
21މީގެ މާނައަކީ މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކާއި ގަވާއިދުތައް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅާއި ފުށުއަރައޭ ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް ދިރުންލިބޭނޭ ގަވާއިދެއް ވާނަމަ އެ ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބުނީހެވެ. 22ނަމަވެސް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން ވަނީ ހުރިހާ އެންމެން ވެސް ވަނީ ފާފައިގެ ބާރުގެ ދަށުވެފައި ކަމުގައެވެ. އެހެން ކަމުން މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ރަޙުމަތްފުޅު ލިބޭނީ ހަމައެކަނި އީސާ އަލްމަސީޙަށް އީމާންވާ މީހުންނަށް ކަމަށެވެ. 23އީސާގެފާނު މެދުވެރިކުރައްވައި މާތްރަސްކަލާނގެ ރުއްސެވުން ލިބޭނެ މަގު ހާމަވުމުގެ ކުރިން އަހަރެމެން ތިބީ އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ދަށުގައި ހައްޔަރުވެ މިނިވަންކަމެއް ނެތިއެވެ. 24އެހެންގޮތަކަށް ބުނާނަމަ އެ އަމުރުފުޅުތަކަކީ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވަންދެން އަހަރެމެންގެ ބަލަދުވެރިއެއްގެ ގޮތުގައި ވީ ފަރާތެވެ. އެއީ އީސާގެފާނަށް އީމާންވުމުގެ ސަބަބުން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބި މިނިވަން ވާނެ ގޮތް ފަހި ކުރެއްވުމަށެވެ. 25ނަމަވެސް މިހާރު އީސާގެފާނަށް އީމާންވުމުން އަހަރެމެން އެއަމުރުފުޅުތަކުގެ ބަލަދުވެރިކަމުގެ ދަށުގައި ތިބުމުގެ ބޭނުމެއް ނެތެވެ.
26އީސާގެފާނަށް އީމާންވުމުގެ ސަބަބުން މިހާރު ކަލޭމެން އެންމެންނަކީ ވެސް މާތްރަސްކަލާނގެ ދަރިންނެވެ. 27ކަލޭމެން ތައުބާގެ ހިނެވުމުން ހިނައިގަތް ހިނދު، ގައިގައި ލީ ހެދުމެއް ފަދައިން، ކަލޭމެންގެ ގައިގައި ވެސް އީސާގެފާނު ހެދުމެއް ފަދައިން ލެވިގެން ދިޔައެވެ. 28ކަލޭމެންނަކީ ބަނީއިސްރާއީލުންގެ މީހަކަސް ނުވަތަ ބަނީއިސްރާއީލު ނޫން މީހަކަސް، ނޫނީ މީހެއްގެ އަޅަކަސް ނުވަތަ މިނިވަނަކަސް، ނުވަތަ އަންހެނަކަސް ފިރިހެނަކަސް، ކަލޭމެން އެންމެންނަކީ ވެސް ހަމަހަމަ އެއްވަރު ބަޔަކަށްވެ އެކައްޗަކަށް ވެފައި ތިޔަވަނީ އީސާގެފާނަށް އީމާންވެ ތިބީމައެވެ. 29ވީމާ ކަލޭމެންނަކީ އީސާގެފާނުގެ ބަޔަކަށް ވާނަމަ ކަލޭމެން ތިޔައީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ކަލޭމެންނަކީ އެކަލޭގެފާނުގެ ތަރިކައިގެ މިލްކުވެރިންނެވެ. ވީމާ މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅަކީ ކަލޭމެންނަށް ވެސް ކުރެއްވި ވަޢުދުފުޅެކެވެ.
Currently Selected:
ގަލާތިޔާގެ މަސީޙީންނަށް ސިޓީ 3: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: