ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:1-4
ގަލާތިޔާގެ މަސީޙީންނަށް ސިޓީ 2:1-4 ކމ
މިސިޓީ މިފޮނުވަނީ އަހަރެން ޕައުލްގެ ފަރާތުންނާއި އަދި އަހަރެންނާއި އެކުގައިވާ އީސާގެފާނަށް އީމާންވެތިބި އެންމެންގެ ފަރާތުންނެވެ. ގަލާތިޔާގެ އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ޖަމާޢަތަށް ވެދުން ސަލާމް ފޮނުވާ ލިޔަމެވެ. އަހަރެމެންގެ ބައްޕާފުޅު މަތިވެރި މާތްރަސްކަލާނގެއާއި މާތްސާހިބާ އީސާ އަލްމަސީޙު ކަލޭމެންނަށް ނިޢުމަތް ދެއްވައި ހިތްހަމަ ޖެހުން ދެއްވާށިއެވެ. އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ.