ނެރުއްވުން 4
4
މާތްރަސްކަލާނގެ މޫސާގެފާނަށް މުޢުޖިޒާތްތައް ދެއްވި
1އެކަމަކު މޫސާގެފާނު އަނެއްކާވެސް ފަސްޖެހި ވަޑައިގަތެވެ. ”އަޅުގަނޑު ބުނާ އެއްޗަކަށް އެމީހުން ބީރުކަންފަތެއް ދީ އެވާހަކަތައް ގަބޫލު ނުކޮށްފިއްޔާޔޯ؟ އެމީހުން ބުނެފާނެ: ’މާތްރަސްކަލާނގެ ކަލޭގެ ކުރިމައްޗަށް ފާޅުވެވޮޑިއެއް ނުގަންނަވައޭ.‘“ 2ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތުގައި ތިއޮތީ ކޮން އެއްޗެއް؟“ މޫސާގެފާނު ވިދާޅުވިއެވެ. ”މިއީ އަޅުގަނޑު އަސާއެއްގެ ގޮތުގައި ގެންގުޅޭ ދަނޑިބުރިއެއް.“#4:2 މި ދަނޑިބުރިއަކީ އެކަލޭގެފާނު ހުއިހައްޕަން އުޅުއްވާއިރު ވެސް ގެންގުޅުއްވާ ދަނޑިބުރިއެވެ. 3އެކަލާނގެ ވަޙީކުރެއްވިއެވެ. ”ތިޔަ އަސާ ބިންމައްޗަށް އެއްލާލަބަލަ.“ މޫސާގެފާނު އެ ދަނޑިބުރި އެއްލާލުމާއެކު އޭތި ވިހަ ހަރުފައަކައް ބަދަލުވެއްޖެއެވެ. އެތަން ފެނި ވަޑައިގެން މޫސާގެފާނު ފުރަގަހަތަށް އެއްލިގެންދިޔައެވެ. 4އެ ހިނދު މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކައިރިއަށް ގޮސް އޭތީގެ ނަގުލުގައި ހިފައި ނަގާ ބަލަ.“ ދެން މޫސާގެފާނު އޭތީގެ ކައިރިއަށް ވަޑައިގެން އޭގައި ހިއްޕެވިއެވެ. ހަމަ އެ ހިނދު އެ އެތި އެއަސާއަށް ބަދަލުވިއެވެ. 5ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އެމީހުންގެ ކުރިމަތީގައި ތިޔަ މުޢުޖިޒާތް ދައްކާ. އޭރުން އެމީހުންގެ ކާބަފައިން އިބްރާހީމްއާއި އިސްޙާޤު އާއި ޔަޢުޤޫބުގެ އިލާހު، މާތްރަސްކަލާނގެ ކަލެއަށް ފާޅުވެވޮޑިގެންނެވިކަން އެމީހުންނަށް ގަބޫލުކުރެވޭނެ.“
6ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތް ކަލޭ ލައިގެން ތިހިރަ ހެދުމުގެ ތެރެއަށް ލާބަލަ.“ އެ ހިނދު މޫސާގެފާނު އެފަދައިން ކަންތައްކުރެއްވިއެވެ. މޫސާގެފާނު އަތްޕުޅު ނެންގެވިއިރު އެކަލޭގެފާނުގެ އަތްޕުޅަށް ވަނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ފަދަ ގޮތަކަށެވެ. މުޅި އަތްޕުޅުގައި ވަނީ ހުދު ލައްތަކެއް ޖަހާފައެވެ.#4:6 މިއީ ޖުޒާމް ބަލިކަމަށް ބައެއް މީހުން ސިފަކުރާ ވައްތަރެއްގެ ނުރައްކާތެރި ގައިންގައިން އަރާ ބައްޔެކެވެ. 7ދެން އެކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތް އަނެއްކާވެސް ހެދުމުގެ ތެރެއަށްލާ!“ މޫސާގެފާނު އެއަތްޕުޅު ހެދުމުގެ ތެރެއަށް ލައްވާފައި ނެންގެވި އިރު އެއަތްޕުޅު ވަނީ އެކަލޭގެފާނުގެ ހަށިކޮޅުގެ އެހެން ގުނަވަންތަކެކޭ އެއްފަދައިން ދުޅަހެއި ކޮށެވެ. 8އެކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އެމީހުންނަށް ފުރަތަމަ މުޢުޖިޒާތް ދެއްކުމުން ވެސް ގަބޫލުނުކޮއްފިނަމަ ދެވަނަ މުޢުޖިޒާތް ދައްކާ.
9އަދި އެމީހުން މި ދެ މުޢުޖިޒާތް ފެނި އެކަން ބަލައިނުގެން އަދި ކަލޭ ބުނި ބަސްތައް އަހައި ގަބޫލު ނުކޮށްފިނަމަ އެމީހުންގެ ކުރިމަތީގައި ނީލަކޯރުން ފެންފޮދެއް ނަގައި އެފެން ބިންމައްޗަށް އޮއްސާލާ. އެ ހިނދު އެފެން ލެޔަށް ބަދަލުވާނެ.“
10ނަމަވެސް މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭސް ދެންނެވިއެވެ. ”ސާހިބުވަންތަ ކަލާކޯ! މިއަޅާއަކީ ދޫ ނުފަރިތަ މީހެއް. ކުރިން ވެސް އަދި މިހާރު ވެސް މިއަޅާއަކީ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް ނޫން. މިއަޅާއަކީ ދޫކޮށި މީހެއް.“
11 މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟
12މިހާރު ދޭ! ކަލޭ ވާހަކަ ދައްކާއިރު އަހަރެން ކަލެއާ އެކުގައި ވާނަން. ކަލޭ ބުނަންވީ ބަސްތައް އަހަރެން ބުނެދޭނަން.“
13ނަމަވެސް މޫސާގެފާނު އަނެއްކާވެސް ދެންނެވިއެވެ. ”ސާހިބުވަންތަ ކަލާކޮ! އާދޭސްކޮށްފައި ދަންނަވަން. އެހެން މީހަކު ފޮނުއްވަވާ!“ 14މާތްރަސްކަލާނގެ މޫސާގެފާނުދެކެ ކޯފާވެވޮޑިގެންނެވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”ތިހެންވިއްޔާ ކަލޭގެ ބޭބެ ލާވީ ގަބީލާގެ ހާރޫނު އަކީ ކުޅަދާނަކަމާއެކު ވާހަކަ ދައްކާމީހެއްކަން އަހަރެން ދަންނަމު. ބަލާބަލަ! އޭނާ އެހެރަ އަންނަނީ ކަލޭގެ ގާތަށް. ކަލޭ ފެނުމުން އޭނާ ވަރަށް އުފާވާނެ. 15އޭނާ ގާތު ކަލޭ ހުރިހާ ވާހަކައެއް ކިޔައިދީ ދައްކަންވީ ވާހަކަ އޭނާގެ ގާތު ބުނޭ. ކަލޭމެން ދެމީހުން ވާހަކަ ދައްކާއިރު އަހަރެން ކަލޭމެންގެ ގާތުގައި ވާނަން. އަދި ކަންތައް ކުރަންވީ ގޮތް އަހަރެން ކަލޭމެންނަށް އަންގައިދޭނަން. 16ހާރޫނު އެމީހުންގެ ކުރިމަތީ ހުންނާނީ ކަލޭގެ ތަރުޖަމާނެއްގެ ގޮތުގައި. ކަލޭ ހުންނާނީ ތިމަންކަލާނގެ އޭނާ ގާތު ބުނަންވާ ވާހަކަތައް ބުނެދޭ އިލާހެއް ފަދައިން. 17ކަލޭ ދާއިރު އެމީހުންނަށް މުޢުޖިޒާތްތައް ދައްކަން ތިޔަ އަސާ ގެންދާތި.“
މޫސާގެފާނު އެނބުރި މިޞްރަށް ވަޑައިގަތުން
18ދެން މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ޔަޘްރޫ ގާތަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”މިޞްރުގައި ތިބި އަހަރެންގެ ތިމާގެމީހުންގެ ހާލު ބަލާލަން ގޮސްފައި އައުމުގެ ހުއްދަ ދެއްވާ. މިހާރު އެމީހުން ދުނިޔޭގައި ތިބި ނެތް ކަމެއް ވެސް ނޭނގެ.“
”ސަލާމަތް ކަމާއެކު ދޭ!“ ޔަޘްރޫ ބުންޏެވެ.
19މޫސާގެފާނު ވަޑައިގެން މިދްޔާނުގައި ހުންނަވަނިކޮށް މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރައްވާފައި ވެއެވެ. ”މިޞްރަށް އެނބުރި ދޭ. އެހެނީ އެރަށުގައި ކަލޭ މަރާލަން އުޅުނު އެންމެން މިހާރު މަރުވެއްޖެ.“ 20ދެން މޫސާގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންތައް ހިމާރެއްގެ މައްޗައް ލައްވައިގެން މިޞްރާ ދިމާއަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މާތްކަލާނގެ އަސާކޮޅު ގެންދެވިއެވެ.
21 މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ. 22ދެން ކަލޭ ފިރުޢައުނު ގާތު މިހެން ބުނޭ: ’މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ އިސްރާއީލަކީ އަހަރެން ދޮށީ ފިރިހެންދަރިކަލުންނޭ. 23އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!‘“
24އޭގެ ފަހުން މޫސާގެފާނު ދަތުރުކުރައްވަމުން ވަޑައިގަތް މަގުމަތީ ރޭގަނޑު ހޭދަ ކުރެއްވުމަށް ތަނެއްގައި މަޑުކުރައްވައިފި އެވެ. މާތްރަސްކަލާނގެ އެތަނުގައި މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އުޅުއްވިއެވެ. 25އެ ހިނދު މޫސާގެފާނުގެ އަނބިކަނބަލުން ސޮފޫރާ ތޫނު ހިލަގަނޑަކުން އޭނާގެ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި އެވެ. އަދި އެހަންކޮޅު މޫސާގެފާނުގެ ފައިންޕުޅުގައި ޖައްސާފައި ބުންޏެވެ. ”މިހާރު ކަލޭގެފާނަކީ ލޭގެ ގޮތުން އަހަރެންގެ ފިރިމީހާ!“ #4:25 ސޮފޫރާގެ ދަރިކަލުން ޚިތާނު ކުރެއްވީ އެކަންތައް އޭރު މޫސާގެފާނު ކުރައްވާފައި ނެތުމުގެ ސަބަބުން މާތްކަލާނގެ އެކަލޭގެފާނު އަވަހާރަ ކުރައްވަން އުޅުއްވީތީއެވެ. އަދި ޚިތާނު ކުރުމުގެ ލެއަކީ އޭނާގެ ކައިވެނި ސައްޙަ ކުރުމަށް އޭރުކޮށްއުޅޭ ކަމެއްކަމަށް ލަފާކުރެވެއެވެ. 26އޭނާ ލޭގެ ގޮތުން ފިރިމީހާއޭ އެ ބުނީ އެ ޚިތާނު ކުރެވުމަށް ނިސްބަތް ކޮށެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނު ދޫކޮށްލައްވައިފިއެވެ.
27 މާތްރަސްކަލާނގެ ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”ސަހަރާގެ ތެރެއަށް ގޮސް މޫސާގެފާނާ ބައްދަލު ކުރޭ!“ ދެން ހާރޫނުގެފާނު ވަޑައިގެން މާތްކަލާނގެ ފަރުބަދަ ޠޫރުސީނާގެ ކައިރިން މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނަށް ބޮސްދެއްވައި ސަލާން ކުރެއްވިއެވެ. 28ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީކުރެއްވި ހުރިހާ ވާހަކަތަކެއް ހާރޫނުގެފާނު ގާތު ވިދާޅުވެއްޖެއެވެ. އަދި ދައްކަން ޖެހޭ ހުރިހާ މުޢުޖިޒާތެއްގެ ވާހަކަ ވެސް ވިދާޅުވެއްޖެއެވެ.
29ދެން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރަށް ވަޑައިގެން ބަނީއިސްރާއީލުގެ ހުރިހާ ބޮޑުން އެއްކުރެއްވިއެވެ. 30އަދި ހާރޫނުގެފާނު މޫސާގެފާނަށް މާތްރަސްކަލާނގެ ވަޙީކުރެއްވި ހުރިހާ ވާހަކަތަކެއް އެމީހުންނަށް ވިދާޅުވެ ދެއްވައި އަދި ދެއްވި ހުރިހާ މުޢުޖިޒާތެއް ވެސް އެމީހުންގެ ކުރިމަތީގައި ދައްކަވައި ހައްދަވައިފިއެވެ. 31ދެން ބަނީއިސްރާއީލުގެ މީހުންނަށް މޫސާގެފާނާއި ހާރޫނުގެފާނު އެމީހުންގެ ގާތަށް ފޮނުއްވީ މާތްރަސްކަލާނގެ ކަން ޔަޤީންވެއްޖެއެވެ. އަދި އެމީހުންގެ ހިތްދަތި ހާލު މާތްރަސްކަލާނގެ ބައްލަވާ ވޮޑިގަންނަވައި އެކަމާމެދު އަޅާލައްވައިފި ކަން އެނގުމުން އެމީހުން ސަޖިދައަށް ތިރިވެ އެކަލާނގެއަށް އަޅުކަން ކޮށްފިއެވެ.
Currently Selected:
ނެރުއްވުން 4: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: