ނެރުއްވުން 5:32-6
ނެރުއްވުން 5:32-6 ކމ
ހާރޫނުގެފާނަށް އެމީހުން އުފާވިވަރު ފެނި ވަޑައިގެން އެ ގެރި ކުރިމަތީ ޤުރުބާނީ އައްޓެއް ތައްޔާރު ކުރެއްވިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”މާދަމައަކީ މާތްރަސްކަލާނގެއައްޓަކާ ޢީދެއް ފާހަގަ ކުރަންވާ ދުވަސް!“ އޭގެ އަނެއް ދުވަހު ފަތިހާ މީހުން ތެދުވެގެން މި ގެރިއަށް އަންދައި ކުރާ ޤުރުބާނީއާއި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ހުށަހަޅަން އަތުވެއްޖެއެވެ. އެމީހުން އައިސް ޢީދު ފާހަގަކޮށް ޖާފަތް ހަދައި ބުއިންތައް ބޮއެ ހުރިހާ ބާވަތެއްގެ ހަޑިހުތުރު ފާހިޝް ކަންތަކެއް ކުރަން ފަށައިފިއެވެ.





