YouVersion Logo
Search Icon

ނެރުއްވުން 11:2-12

ނެރުއްވުން 11:2-12 ކމ

އޭގެ އެތައް އަހަރެއްގެ ފަހުން މޫސާގެފާނު ބޮޑުފުޅުވެ އެކަލޭގެފާނުގެ މީހުން ކަމަށްވާ ޢިބްރާނީންނަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވިއެވެ. އޭރު އެމީހުން ލައްވާ މިޞްރު މީހުން ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން ގެންދާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި މިޞްރު މީހަކު އެކަލޭގެފާނު ބާގައިގެ ޢިބްރާނީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ފެނިވަޑައިގަތެވެ. މޫސާގެފާނު ދެކޮޅު ހޯދާ ބައްލަވާފައި މީހަކު ފެންނަން ނެތްކަން އެނގިވަޑައިގަތުމުން އެ މިޞްރު މީހާއަށް ހަމަލާދީ މަރާލައްވައިފިއެވެ. ދެން އެކަލޭގެފާނު އޭނާ ވެލިގަނޑުގައި ވަޅުލައްވައިފިއެވެ.