ނެރުއްވުން 5:11-6
ނެރުއްވުން 5:11-6 ކމ
އަދި މިޞްރުގެ ކޮންމެ އާއިލާއެއްގައި ހުރި އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ފުރާނަ ގެންދަވާނަމޭ. ރަސްގެފާނުގެ ވާރިސަކަށް ވާނެ ދަރިފުޅާއި ގޮދަން މުގުރާ އަޅު އަންހެނާގެ ދަރިޔާ ދެމެދުގެ ހުރިހާ ދަރިން މީގެ ތެރޭގައި ހިމެނޭނެޔޭ. ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތި ވެސް މަރުވާނެޔޭ. މުޅި މިޞްރުގައި އެއް އަޑަކަށް އިވިގެންދާނީ މީސްމީހުން އަޑުން އަޑުނަގާ ރޯ އަޑޭ. މިފަދަ ރުއިމެއްގެ އަޑު މީގެ ކުރީގައި ދުވަހަކު ވެސް އިވިފައެއް ނުވާނެޔޭ. އަދި ނުވެސް އިވޭނެޔޭ.





