އެފޭސުސްގެ މަސީޙީންނަށް ސިޓީ 4
4
އަލްމަސީޙުގެ ޖިސްމާއި އެއްފަދައިން އެކަލޭގެފާނުގެ ޖަމާޢަތުގައި އެއްބައިވަންތަވުން
1މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ. 2އަބަދުވެސް ހިތްތިރިކަމާ، މަޑުމައިތިރިކަމާ އަދި ކެތްތެރިކަމުގައި، އަނެކުންނަށް ރުހެވިގެންވާ ބައެއްގެ ގޮތުގައިވެ، އެކަކު އަނެކަކާ މެދު ލޮބުވެތިކަމާއެކުގައި ވާށެވެ. 3މާތްރަސްކަލާނގެ މާތްރޫޙުފުޅުން އެންމެ އެދެވޭގޮތުގައި ތިޔަބައިމީހުންގެ ހިތްތަކުގައި އެއްބައިވަންތަކަން ބިނާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ސުލްޙަވެރި ގޮތުގައި ތިބެ މިކަންތައް ކުރާށެވެ. 4ތިޔަ ހުރިހާ އެންމެންނަކީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. މާތްރަސްކަލާނގެ ރޫޙުފުޅަކީ ހަމައެކަނި އެންމެ ރޫޙު ފުޅެކެވެ. މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންގެ ގޮތުގައި ތިޔަބައިމީހުން ޚިޔާރު ކުރެއްވި ހިނދު ތިޔަބައިމީހުންނަށް ލިބިދިނީ ހަމައެކަނި އެންމެ އުންމީދެކެވެ. 5އަހަރެމެންނަށްޓަކައި ވަނީ އެންމެ ސާހިބެކެވެ. ހަމައެކަނި އެއް އީމާންތެރިކަމެކެވެ. އަދި ތައުބާގެ އެންމެ ހިނެވުމެއް ވެސް މެއެވެ. 6އެންމެހާ ޚަލްޤުތަކުންގެ ވަނީ އެންމެ ކަލާނގެއެކެވެ. އަދި ބައްޕާފުޅެވެ. އެކަލާނގެ ބާރުފުޅު އަހަރެމެން ހުރިހާ އެންމެންގެ މައްޗަށް ހިންގަވަނީ ހުރިހާ އެންމެން މެދުވެރި ކުރައްވައެވެ. އަހަރެމެންގެ ހުރިހާ އެންމެންގެ މެދުގައި އެކަލާނގެ ވޮޑިގެންވެއެވެ.
7ނަމަވެސް އަލްމަސީޙުގެ ދީލަތިކަމާއެކުގައި އެކަލާނގެ ނިޢުމަތްތައް އަހަރެމެންނަށްޓަކައި ބައިބައި ކުރައްވާ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ބައެއް ދެއްވިއެވެ. 8މުޤައްދަސް ފަތްފުށްތަކުގައި ބަޔާން ކުރައްވާފައިވާ ފަދައިންނެވެ.
”އެކަލޭގެފާނު އެންމެ އުސް ތަނުގެ މައްޗަށް އެރުއްވި ހިނދު،
އެތަކެއް ގައިދީންނެއް ސަފުތަކުގައި ހިންގާފައިގެން ދިޔައޭ.
އަދި މީސްތަކުންނަށް އެކަލޭގެފާނު ގިނަގުނަ ނިޢުމަތްތައް ދެއްވިއޭ.“
9”އެކަލޭގެފާނު މައްޗަށް އެރުއްވި ހިނދު“ މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މި ޢިބާރާތް މާނަ ކޮށްދެނީ އަލްމަސީޙު މި ދުނިޔޭގެ އެންމެ ފުނަށް ވެސް ފީނެއްވިއެވެ. 10އަދި މި ޢިބާރާތުގެ މާނަ މިފަދައިން ވެސް ބުނެދެއްވައެވެ. މި ދުނިޔޭގެ އެންމެ ފުންމިނަށް ފީނެއްވި ކަލޭގެފާނާއި އަދި އެންމެ އުހަށް އެރުއްވި ކަލޭގެފާނު ތަފާތެއް ނެތްކަމެވެ. އެހެނީ، މުޅި މި ކާއިނާތު ފުރާފުރިހަމަ ކޮށްދެއްވާނީ އެކަލޭގެފާނެވެ.
11އަހަރެމެންގެ ތެރެއިން މަންދޫބުންގެ ގޮތުގައާއި، ނަބީންގެ ގޮތުގައާއި، ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅުކުރާ މީހުންގެ ގޮތުގައާއި، ދީނީ އިރުޝާދުވެރިންނާއި އަދި އެދުރުންގެ ގޮތުގައި އަލްމަސީޙު ބައެއް ފަރާތްތައް ޚިޔާރު ކުރެއްވިއެވެ. 12އެހެންވީމާ، މުޤައްދަސް ކުރެވިގެންވާ ފަރާތްތަކުން ދަސްކޮށްދޭންވީ މާތްރަސްކަލާނގެ ކިބަފުޅަށް ޚިދުމަތް ކުރުމަށެވެ. އަދި އެކަލޭގެފާނުގެ ހަށިގަނޑު ކަމުގައިވާ މަސީޙީ ޖަމާޢަތް ވަރުގަދައަށް ހެދި ބޮޑުވާނޭ ގޮތުންނެވެ. 13އަހަރެމެން އެންމެން އީމާންތެރިކަމުގެ ތެރޭގައި އެއްބައިވަންތަވެ، މާތްރަސްކަލާނގެ ދަރިކަލުންނާއި މެދު އަހަރެމެންނަށް ދޭހަވުމަށް ދާންދެން މިކަންތައްތައް ކުރިއަށް ދާނެއެވެ. އޭރުން އަހަރެމެން ތަސައްރަފު ފުދިގެންވާނީ އަލްމަސީޙާއި އެއްފަދައިންނެވެ. އޭރުން އަހަރެމެން އެކަލޭގެފާނު ފަދައިން ފުރިހަމަ ވެގެންވާނެ ވެސް މެއެވެ.
14އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ. 15-16އޭގެބަދަލުގައި ތެދުބަހުން ވާހަކަ ދައްކައި އެކަކު އަނެކަކާ މެދު ލޮބުވެތި ގޮތުގައިވާނެއެވެ. އޭރުން އަހަރެމެން ހެދި ބޮޑެތިވަމުން ދާނީ އަލްމަސީޙާއި އެއްފަދައިންނެވެ. އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެއީ އެކަލޭގެފާނުގެ ބޮލާއި ހަށިގަނޑު ފަދައިންނެވެ. މި ހަށިގަނޑު އެކަލޭގެފާނު ގުޅުވައި ހިފެހެއްޓެވީ ފުރިހަމަ ގޮތުގައެވެ. އެއިން ކޮންމެ ގުނަވަނެއް އެ ގުނަވަނަކަށް ޚާއްސަ ކުރެވިފައިވާ މަސައްކަތެއް ކުރުމުން އެހެނިހެން ގުނަވަންތައް ހެދި ބޮޑެތިވުމަށް އެހީތެރި ވެދެއެވެ. އެހެންވީމާ، މުޅިހަށިގަނޑު ދުޅަހެޔޮ ކަމާއެކު ހެދިބޮޑުވެގެން ދަނީ ފުރިހަމަ ލޯތްބާއި އެކުގައެވެ.
އަލިކަމުގެ ދަރިންގެ ގޮތުގައި އުޅުން
17މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ ފަރާތްތަކެކޭ އެއްފަދައިން މޮޔަ ޙަޔާތެއްގައި އުޅުން ހުއްޓާލުމަށް މާތްސާހިބާއަށް އީމާންވާ މީހެއްގެ ޙައިޘިއްޔަތުން ތިޔަބައިމީހުންނަށް އަހަރެން އަމުރު ކުރަމެވެ. އެބައިމީހުން ވަނީ އުންމީދެއް ނެތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. 18އެބައިމީހުންގެ ވިސްނުން ވަނީ މުޅިން އަނދިރިވެފައެވެ. އެހެނީ އެބައިމީހުންގެ ގޮތްދޫނުކުރުމާއި ޖާހިލުކަމުގެ ސަބަބުން މާތްރަސްކަލާނގެ އެބައިމީހުންނަށް ދެއްވާ ޙަޔާތު އެބައިމީހުންނަށް ވަނީ ގެއްލެނި ވެގެންނެވެ. 19ހަމައެހެންމެ ހެޔޮ ގޮތަކީ ކޮބައިކަން އެބައިމީހުންގެ އިޙުސާސްތަކުގައި ނުވޭމެއެވެ. އަދި އެބައިމީހުން ވަނީ އިންތިހާއަށް ދަހިވެތިވެގެންނެވެ. ހަމައެހެންމެ، އެބައިމީހުންގެ ވަގުތުތައް ހޭދަކުރަނީ އެބައިމީހުންގެ ޖިސްމުތަކުން އެންމެހާ މުޑުދާރު އަމަލުތައް ކުރުމުގައެވެ.
20ހަމަ ޔަޤީނުން ވެސް އަލްމަސީޙާއި މެދު ތިޔަބައިމީހުންނަށް އުނގެނިގެންވީ އެފަދަ ކަންތައްތަކެއް ނޫނެވެ. 21އެކަލޭގެފާނީ ޙައްޤު ތެދުމެއެވެ. އަދި އެކަލޭގެފާނާއިމެދު ތިޔަބައިމީހުން އަޑުއަހާ އުނގެނިގަތީމުއެވެ. 22ތިޔަބައިމީހުން ކުރީގައި އުޅެމުން ގެންދިޔަ ދިރިއުޅުމާއި އެ ނަފްސު ދޫކޮށްލާށެވެ. މާޒީގައި ތިޔަބައިމީހުންގެ ޙަޔާތުގައި އުޅެމުންގެންދިޔަ މަކަރުވެރި އެދުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އުޅެގެންނުވާނެއެވެ. އެއީ ބަރުބާދުވުމުގެ ގޮތްތަކެވެ. 23އަދި ތިޔަބައިމީހުންނަށް އުނގަންނައިދީފައި ވާނީ ތިޔަބައިމީހުންގެ ހިތްތައް އާ ހިތްތަކެއްގެ ގޮތުގައި ވުމަށެވެ. 24އޭރުން ތިޔަބައިމީހުންނީ އާ ބައެއްގެ ގޮތުގައި ލައްވަވައެވެ. އެ އާ އިންސާނާ ވެގެން ވަނީ މާތްރަސްކަލާނގެ އާއި އެއްފަދައިންނެވެ. އެހެންވީމާ، އެކަލާނގެ ފަދައިން ތިޔަބައިމީހުންގެ އަމަލުތަކުގައި ސާލިޙުވަންތަކަމާއި އަދި މާތްކަން ހުންނާންވާނެއެވެ.
25އަހަރެމެން ހުރިހާ އެންމެންނަކީ އެއްހަށިގަނޑެއްގެ ވެރި ބައެކެވެ. އެހެންވެ ތިޔަބައިމީހުން ދޮގުހެދުން ހުއްޓާލައި އެކަކު އަނެކަކަށް ތެދުބުނާށެވެ. 26ފާފަވެރި ވެދާފަދަ މިންވަރަށް ތިޔަބައިމީހުން ރުޅި ނާންނާށެވެ. އަދި ރުޅިވެރިކަމުގައި ތިއްބާމެ އިރު އޮއްސުނަ ނުދޭށެވެ. 27ވީމާ، ރުޅިވެރިކަމުގައިވެ ޝައިތާނާއަށް އެއްގޮތަކަށް ވެސް ފުރުސަތު ނުދޭށެވެ.
28ތިޔަބައިމީހުންގެ ތެރޭގައި ވައްކަންކުރާ ބަޔަކުވާނަމަ، ވައްކަންކުރުން ހުއްޓައިލާށެވެ. އޭގެބަދަލުގައި ތެދުވެރި ގޮތުގައި މަސައްކަތް ކުރާށެވެ. އޭރުން ބޭނުމެއް ޖެހިފައިވާ ފަރާތްތަކާ މެދު ދީލަތި ވެވޭނެއެވެ. 29ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ.
30އަދި ތިޔަބައިމީހުންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ހިތްދަތިކަން ލިބުނަ ނުދޭށެވެ. އެ ރޫޙުފުޅަކީ ތިޔަބައިމީހުން ޤިޔާމަތް ދުވަހުން ފާފަތަކުން މިނިވަން ކޮށް ދެއްވާނެކަމުގެ ޔަޤީންކަން ލިއްބައިދޭ ފާހަގައެވެ.
31ކުށަށް މަޢާފު ނުކުރުމާއި، ޤަދަރުޅިއައުމުންނާއި، ރުޅިވެރި ބަސްތަކުން ހަޅޭ ލެވުމާއި، އަނެކުން ހިތުގައި ޖެހޭފަދަ ބަހުރުވައިން މުޚާތަބު ކުރުމާއި، ގަސްދުގައި އަނެކުންނަށް އަނިޔާވެރިވުމުން އެއްކިބާވާށެވެ. 32އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.
Currently Selected:
އެފޭސުސްގެ މަސީޙީންނަށް ސިޓީ 4: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: