YouVersion Logo
Search Icon

ތިމޮތީއަށް ދެވަނަ ސިޓީ 1:3-5

ތިމޮތީއަށް ދެވަނަ ސިޓީ 1:3-5 ކމ

ތިމޮތީއެވެ. މިކަންތައް ތިބާއަށް ވެސް އެނގެންޖެހެއެވެ. އެންމެ ފަހު ދުވަސްތައް ގުނެމުން ދާއިރު އެއީ އުނދަގޫ ވަގުތުތަކެއް ކަމުގައިވާނެއެވެ. އިންސާނުން ހަމައެކަނި ލޯބި ކުރާނީ އެބައިމީހުންގެ އަމިއްލަ ނަފުސާއި އެމީހުންގެ މުއްސަނދި ކަމަށެވެ. އެމީހުންނަކީ ފޮނި ކަނޑައި ބޮޑާކަން މަތީގައި ތިބެ މާތްކަލާނގެއަށް މަލާމާތްކޮށް ހަދައެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެއެވެ. އެމީހުންނަކީ ޝުކުރު ކުރުމެއް އަދި ދީނެއް ވެސް ނެތް ބައެކެވެ. އަދި ހިތުގައި ލޯތްބާއި މަޢާފު ދިނިމެއް ނުވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމެއް ނެތި މީހުންގެ އަނބުރާ ބެހުމުގައެވެ. އަނިޔާވެރިވެ ހެޔޮ ކަންތަކަށް ނަފްރަތު ކުރުމުގައެވެ. ރަޙުމަތްތެރިންނަށް ޚިޔާނާތްތެރިވެ، ކަންކަމަށް ފަރުވާކުޑަކޮށް، ފަޚުރުވެރިކަން އިންތިހާގައެވެ. މާތްރަސްކަލާނގެދެކެ ލޯބި ވުމުގެ ބަދަލުގައި މަޖަލަށް ލޯބި ކުރާނެއެވެ. މީގެ އިތުރުން ދީންވެރިން ކަމުގައި ހެދިގެން އުޅޭނެއެވެ. އެހެނަސް މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެމީހުންގެ ކިބައިގައި ނެތިގެންވެއެވެ. މިފަދަ މީހުންނާއި ތިބާ އެކަހެރިވެގެން ހުންނާށެވެ.