YouVersion Logo
Search Icon

2 ޞަމޫއީލް 6

6
މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ޖެރޫސަލަމަށް ގެނައުން
1ދާއޫދުގެފާނު އިސްރާއީލުގެ އެންމެ ވަރުގަދަ ސިފައިން އެއްކުރައްވައިފިއެވެ. އެއީ ތިރީސްހާސް ހަނގުރާމަވެރިންނެވެ. 2ދެން އެމީހުން ގޮވައިގެން ޔަހޫޛާގެ ބައަލާއަށް#6‏:2 ޔަހޫޛާގެ ބައަލާއަށް މިތަނަށް ކިރުއަތު ޔަރްއީމްއޭ ވެސް ކިޔައެވެ. ވަޑައިގެންފިއެވެ. އެމީހުން މި ދިޔައީ ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅަށް ނިސްބަތްވާ ޢަހުދުނާމާ ފޮށިކޮޅު ބަލައެވެ. އެ ފޮށިކޮޅަކީ އޭގެ މަތިގަނޑުގައި ތިއްބަވާ ކުޑަތާމަލާއިކަތުންގެ#6‏:2 ކަރޫބީމު މަލާއިކަތުންނަށް ދިވެހި ބަހުން ކިޔަނީ ކުޑަތާ މަލާއިކަތުން. ފިޔަފުޅު ދަށުގައި ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ތަޚުތުފުޅު ވާކަމަށް ބުނެވޭ ފޮށިކޮޅެވެ. 3ދާއޫދުގެފާނުގެ މީހުން އެ ފޮށިކޮޅު ނެރެން ފަރުބަދަ މަތީގައިވާ އަބީނާދާބްގެ ގެޔަށް ވަދެއްޖެއެވެ. ދެން އެމީހުން އެ ފޮށިކޮޅު އާ ގެރި ގާޑިޔަލަކަށް ލައިފިއެވެ.#6‏:3 މި މީހުން މިކަންތައް މި ކުރީ މޫސާގެފާނު ކަންތައް ކުރެއްވި ގޮތާ ޚިލާފަށެވެ. މި ފޮށިކޮޅު އުފުލާ އުޅުނީ ލީވާގެ ގަބީލާގެ މީހުންގެ ކޮނޑުމަތީގައެވެ. އަބީނަދާބުގެ ދެ ދަރިން ކަމަށްވާ ޢުއްޒާ އާއި އަޚީޔޫ ގާޑިލަށް މަގުދައްކަމުން އައެވެ.
4ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީގައި ހުރެގެން ހިނގަމުން އައީ އަޚީޔޫއެވެ. 5ދާއޫދުގެފާނާއި އިސްރާއީލުގެ މީހުން ފޮށިކޮޅުގެ ކުރިމަތީގައި ނަށަމުން އައެވެ. އަދި އެމީހުން މިއުޒިކްގެ އާލާތްތައް ވެސް ކުޅެމުން ދެއެވެ. އޭގެ ތެރޭގައި، އޫދު، ތާރަ، ގިގުނި، ކުޑައޫދު ސިމްބަލް ހިމެނެއެވެ. 6މިއެންމެން ނާކުންގެ ގޮދަންތޮށިއަޅާ ބިމަށް އަރައިގެން އަންނަނިކޮށް ގާޑިޔާދަމާ ގެރިތަކުގެ ފައިކައްސާލައި ގާޑިޔާ އަރިވެ ފޮށިކޮޅު ވެއްޓެން ދާން ފަށައިފިއެވެ. އެވަގުތު ޢުއްޒާ އެފޮށިކޮޅުގައި އަތްލައިފިއެވެ. 7އެކަމަކު ޢުއްޒާ ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގެންނެވި ބޮޑުކަމުން އޭނާ މަރުވެގެން އެ މާތްކަލާނގެ ފޮށިކޮޅު ދޮށަށް ވެއްޓިއްޖެއެވެ. އެހެނީ އުއްޒާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު ބަހައްޓަންވާ ޤަދަރުވެރިކަމެއް ނެތެވެ. އަދި އެ ފޮށިކޮޅަށް ދޭންވާ ސަމާލުކަން އޭނާ ދީފައެއް ވެސް ނުވެއެވެ.
8 މާތްރަސްކަލާނގެ ކޯފާއިން ޢުއްޒާ މަރުގެންނެވުމުން ދާއޫދުގެފާނު އެކަމާ ނުރުހުންވެ ވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު އެ ބިމަށް ”⁠ފާރަޞް ޢުއްޒާ⁠“#6‏:8 ފާރަޞް ޢުއްޒާ ޢިބްރާނީ ބަހުން ފާރަޞް ޢުއްޒާ މި ނަމުގެ މާނައަކީ ޢުއްޒާއަށް ލިބިދޭ ޢުޤޫބާތެއެ. އެތަނަށް ފާރަޞް ޢުއްޒާ ކިއުނީ މާތްރަސްކަލާނގެ އުއްޒާއާމެދު ކޯފާ ފަޅައިގެންދިޔައީ އެތަނުގައި ކަމަށް ވާތީއެވެ. އޭ ވިދާޅުވެ ނަންދެއްވިއެވެ.
9ދާއޫދުގެފާނު އެދުވަހު މާތްރަސްކަލާނގެ ދެކެ ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ފޮށިކޮޅު އަހަރެންގެ ކައިރިއަށް ގެންނާނީ ކިހިނެއް؟⁠“ 10އެހެންކަމުން މާތްރަސްކަލާނގެ ފޮށިކޮޅު އެކަލޭގެފާނުގެ އަވަށަށް ނުގެންދެވިއެވެ. އެކަލޭގެފާނު އެ ފޮށި ކޮޅު ގެންދެވީ ޖައްތުން އައިސް ހުރި ޢޫބީދު އަދޫމްގެ ގެޔަށެވެ. 11މާތްރަސްކަލާނގެ ފޮށިކޮޅު ޢޫބީދު އަދޫމްގެ ގޭގައި ތިން މަސްދުވަހު ހުއްޓެވެ. އޫބީދު އަދޫމްގެ އާއިލާއަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވިއެވެ.
12މިވާހަކަ މީހުން އައިސް ދާއޫދުގެފާނަށް ދަންނަވައިފިއެވެ. ”⁠ޢޫބީދުގެ އަދޫމްގެ އާއިލާއަށާއީ އޭނާގެ މިލްކުގައިވާ ހުރިހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ފަޟުލުވަންތަކަން ލިބެމުން އެބަދޭ. އެއީ މާތްކަލާނގެ ފޮށިކޮޅު އެގޭގައި ހުންނާތީ.⁠“
އެހެންވެ ދާއޫދުގެފާނު އުބައިދު އަދޫމުގެއަށް ވަޑައިގެން އެފޮށިކޮޅު އެގެއިން ނެރުއްވައިގެން ދާއޫދުގެ ސަހަރަށް ގެންދަވައިފިއެވެ. އެކަލޭގެފާނު ހުންނެވީ ވަރަށް އުފާފުޅުންނެވެ.
13އެމީހުން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ހިފައިގެން އައިސް ހަ ފިޔަވަޅު އަޅާފައި މަޑުކޮށްލައިފިއެވެ. އެތަނުގައި ދާއޫދުގެފާނު ފިރިހެން ގެރިއަކާއި މަސްފަލަ ޅަގެރިއެއް ކަތިލައްވައި ޤުރުބާނީ ވެދުން ކުރައްވައިފިއެވެ. 14ދާއޫދުގެފާނު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ނެއްޓެވުނު އެންމެ ގަދަޔަކަށް ނައްޓަވަމުން ގެންދެވިއެވެ. އެކަލޭގެފާނު ހުންނެވީ ލިނެން ފޮތި އަފޫދުހެދުންކޮޅެއް ތުރުކުރައްވައިގެންނެވެ.
15ދާއޫދުގެފާނާއި އިސްރާއީލުގެ އެންމެން އުފަލުން އަޑުގަދަކުރަމުން ތާޅަފިލިތައް ފުމެމުން މާތްރަސްކަލާނގެ ފޮށިކޮޅު ރަށަށް ގެނަސްފިއެވެ. 16މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.
17ދާއޫދުގެފާނު އެ ފޮށިކޮޅު ބަހައްޓަން ހައްދަވާފައިވާ ފޭލިގެކޮޅުގައި އިސްރާއީލީން އައިސް އެ ފޮށިކޮޅު ބަހައްޓައިފިއެވެ. އެތަނުގައި ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އެންދުމުގެ ޤުރުބާނީއާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރެއްވިއެވެ.
18ދާއޫދުގެފާނު ޤުރުބާނީގެ ކަންތައް ނިންމަވާލައްވައިފައި ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅުގައި މީސްތަކުންނަށް ބަރަކާތް ލައްވަމުން ވަޑައިގެންނެވިއެވެ.
19ދާއޫދުގެފާނު އެތަނަށް އައިސްތިބި އިސްރާއީލުގެ ކޮންމެ މީހަކަށް ބޯ ރޮއްޓަކާއި މޭބިސްކަދުރު ކޭކަކާއި ކަދުރު ކޭކެއް ދެއްވުމުން އެއެންމެން ގެއަށް ހިނގައްޖެއެވެ.
މީކާލް ދާއޫދުގެފާނަށް އެއްޗެހި ގޮވުން
20އެއަށް ފަހު ދާއޫދުގެފާނުގެ އާއިލާއަށް ހެޔޮ ދުޢާ ދެންނެވުމަށް ގެއަށް ވަޑައިގެންފިއެވެ. އެވަގުތު އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ނުކުމެއްޖެއެވެ. މީކާލް ފޫހިކަމާއެކު ދެންނެވިއެވެ. ”⁠އިސްރާއީލީންގެ ރަސްގެފާނު މިއަދު ހާދަ ހުތުރު ވައްތަރުތަކެއް ޖައްސައިފިޔޭ. ކަލޭގެ އަރިސް މީހުންގެ އަޅު އަންހެނުންތަކުގެ ކުރިމަތީގައި އޮރިޔާންވެ އެއުޅުނީ އެންމެ ވިޔާ ނުދާ ލަދުކުޑަ ސޮހޮލެއްހެން؟⁠“
21ދާއޫދުގެފާނު މީކާލްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިކަމަށް ގެންނެވި މީހަކީ އަހަރެން. ކަލޭގެ އާއިލާގެ މީހަކަށް ނޫން ވެރިކަން ދެއްވީއަކީ. އެހެންވީ އިރު އެކަލާނގެ ކުރިފުޅުމަތީ އަހަރެން ނަށައި އެކަލާނގެއަށް މަރުހަބާ އަދާ ކޮށް އުފާ ފާޅު ކުރުމަކީ މަސްއަލައެއްތަ؟ 22އެހެނަސް އެއަށް ވުރެން ބޮޑަށް އަހަރެންގެ އަމިއްލަ ނަފްސުގެ ކުރިމަތީގައި އަހަރެން މާބޮޑަށް ލަދު ގަނެފާނަމޭ. އޭރުން މާބޮޑަށް އަހަރެންގެ އަގު ވެއްޓޭނެ. ކަލޭ އަހަރެންނަށް ޤަދަރު ނުކުރަންޏާ ނުކުރޭ! އެކަމަކު ކަލޭ އަޅު އަންހެނުންނޭ ތި ކިޔާ މީހުން އަހަންނަށް މާ ޤަދަރު ކުރާނެ.⁠“
23ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް އަވަހާރަވެ ދިޔައީ ދަރިއަކު ނުލިބިއެވެ.

Currently Selected:

2 ޞަމޫއީލް 6: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in