YouVersion Logo
Search Icon

ތިމޮތީއަށް ފުރަތަމަ ސިޓީ 2

2
އަޅުކަމުގެ އިރުޝާދު
1ފުރަތަމައިނުން ވެސް އަހަރެން ތިޔަބައިމީހުންނަށް ބާރުއަޅަނީ އެ އެންމެންނަށްޓަކައި ދުޢާ ދަންނަވައި އެކަމަށް އެދި އެމީހުންނަށްޓަކައި އާދޭސްދެންނެވުމުގައި މެދުވެރިވެދީ އެކަލާނގެއަށް ޝުކުރު ދަންނަވައި ދިނުމެވެ. 2މިގޮތުގެ މަތިން ރަސްރަސްކަލުންގެ މައްޗަށާއި އެކިކަންކަމުގައި ތިބި އެންމެހާ ވެރިންގެ މައްޗަށް ދުޢާ ކުރާށެވެ. އޭރުން އަހަރެމެންނަށް ސުލްޙަވެރިކަމާއި މަޑުމައިތިރި ކަމުގެ އިތުރުން ޤަދަރުވެރި ގޮތުގައި މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތު ކުރެވޭނެއެވެ. 3މިގޮތުގެ މަތިން ދެންނެވުމުން އަހަރެމެން ދިންނަވާ ފަރާތްކަމުގައިވާ މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިދޭނެއެވެ. 4އެކަލާނގެ އެންމެހާ އިންސީން ދިންނެވުމަށް އެދި ވޮޑިގެންވެއެވެ. އަދި އަލްމަސީޙާ ބެހޭ ތެދު ޙަޤީޤަތް އެންމެނަށް ވެސް އެނގިފާޅުވުމެވެ. 5އެހެނީ ހަމައެކަނި ވޮޑިގެންވާ ފަރާތަކީ އެކަލާނގެއެވެ. އަދި މާތްރަސްކަލާނގެ އާއި އެކަލާނގެ އިންސާނުންނާއި ދެމެދު ސުލްޙަ ކުރެއްވުމުގެ ބާރު ލިބިގެން ވަނީ އިންސާނުންގެ ތެރެއިން ހަމައެކަނި އެންމެ މެދުވެރި އަކަށެވެ. އެއީ ހަމައެކަނި އީސާ އަލްމަސީޙުއެވެ. 6އެކަލޭގެފާނުގެ ޤުރުބާނީން އެންމެހާ އިންސާނުންގެ ފާފައިގެ ބަދަލު ދެއްވާ ސަލާމަތް ކޮށް، އެކަން ސާބިތު ކޮށްދެއްވީ އެކަމަށްޓަކައި އެންމެ އެކަށީގެންވީ ވަގުތުގައެވެ. 7އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ދަރުސް ދޭމީހުންގެ ގޮތުގައި އަހަރެން ހޮއްވެވީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނޫން އެހެން މީހުންނަށް އެކަލޭގެފާނާއި ބެހޭ ގޮތުން ވީ މި އުފާވެރި ޚަބަރު ތެދުވެރިކަމާއި އީމާންތެރިކަމާއެކު އަންގައިދީ ހެދުމަށެވެ. މިއީ ތިބާ ކައިރީގައި އަހަރެން ބުނާ ތެދު ބުނުމެކެވެ. ދޮގު ވާހަކަތަކެއް ނޫނެވެ.
8އެހެންވީމާ، އަހަރެން އެދެނީ އެންމެހާ ފިރިހެނުން ދުޢާ ކުރާ ހިނދު މަޑުމައިތިރިވެ އަތްތައް މައްޗަށް އުފުލައިގެން ރުޅިވެރިކަމާއި އަރާރުން އެއްކިބާވެތިބެ، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމަށެވެ. 9އަދި އަންހެންތަކުން ބޮޑާކަމެއް ނެތި އެކަށީގެންވާ ރަނގަޅު ހެދުމެއްގައި ތިބޭށެވެ. އެބައިމީހުންގެ މައްޗަށް ކަޅިއަޅާފަދަ އަގުބޮޑެތި ހެދުންތަކާއި ރަނާއި މުތުގެ ހާރުތައް އެޅުމުގެ އިތުރުން އިސްތަށިގަނޑަށް ބަދަލުތައް ގެނައުމުން އެކަހެރިވެ ތިބޭށެވެ. 10މާތްރަސްކަލާނގެ އަށް އެދި ދުޢާ ދަންނަވާ ކަމުގައި ބުނާ އަންހެނުންގެ ރީތިކަން ވަނީ އެކަނބަލުންގެ ހެޔޮ އަމަލުތަކުގައެވެ.
11އެކަނބަލުން އަޑުއަހައި ދަސްކުރަންވީ މަޑުމައިތިރި ވުމަށާއި އަމިއްލަ އެދުންތަކުން އެއްކިބާވެ ތިބުމަށެވެ. 12އަދި ފިރިހެނުންގެ މައްޗަށް އަންގައިދީ ބާރު ފޯރުވުމަށް އެކަނބަލުންނަށް އަހަރެން ހުއްދައެއް ނުކުރާނަމެވެ. އެކަނބަލުން ތިބެންޖެހޭނީ ހީމާންކަމާއެކު އަޑުއެހުމަށެވެ. 13‏-14ސަބަބަކީ ޙައްވާގެފާނު އުފެއްދެވީ އާދަމްގެފާނަށް ވުރެން ފަހުން ކަމަށް ވެފައި ޝައިތާނާގެ މަކަރު ދަށުވެ މާތްރަސްކަލާނގެއަށް އުރެދުނީ އާދަމްގެފާނެއް ނޫނެވެ. އަންހެނާ އެވެ. މިކަމުގެ ނަތީޖާއަށް ފާފަވެރިކަންވެގެން ދިޔައެވެ. 15އެކަމަކު އެކަނބަލުން ދަރިމައިވުމުން ފާފައިން ސަލާމަތް ކޮށްދެއްވައެވެ.#2‏:15 ބައެއް ޢިލުމުވެރިން ދެކޭގޮތުގައި ދަރިމައިވުމުން މި ބަސް ބޭނުން ކުރައްވަނީ އީސާ އަލްމަސީޙު އުފަންވެ ވަޑައިގެންނެވުމާއި އަވަހާރަވެ ވަޑައިގަތުމާއި އަދި ފުރާނަ އަޅުއްވައި އަލުން ދިރިވަޑައިގެންނެވި ވަޑައިގަތުމުގެ އިތުރުން އެކަލޭގެފާނު އުޑަށް އުފުއްލެވުން ސިފަ ކުރެއްވުމަށެވެ. އެހެނަސް އެއީ އީމާންތެރިކަމާއި ލޯތްބާއި ސާލިޙުކަމާއެކު ބޮޑާކަމެއް ނެތި ދުނިޔެ ވޭތުކުރާނަމައެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ތިމޮތީއަށް ފުރަތަމަ ސިޓީ 2