1 ޞަމޫއީލް 31
31
ޝާއުލްގެފާނު އަވަހާރަވުން
1ފިލިސްޠީނުންނާއި އިސްރާއީލީންގެ ދެމެދު ހަނގުރާމަ ހިނގަމުން ދަނީއެވެ. އޭރު އިސްރާއީލީން ފިލަން ދުވަމުން ދެއެވެ. ފިލިސްޠީނުން ޖިލްބޫއަ ފަރުބަދައިގެ މަތީގައި އެމީހުން ފަހައި މަރައި ވައްޓަމުން ދެއެވެ. 2އެމީހުން ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންގެ ފަހަތުން ގޮސް ގަދަޔަށް ހަނގުރާމަކޮށް އެކަލޭގެފާނުގެ ތިން ދަރިން ކަމަށްވާ ޔޫނަތައިންއާއި އަބީނާދާބު އާއި މަލްކިޝޫޢު މަރާލައިފިއެވެ. 3ހަނގުރާމަ އެންމެ ހޫނު ވެފައި ވަނީ ޝާއުލްގެފާނުގެ ވަށައިގެންނެވެ. ދުނިދަނޑި ޖަހާ މީހުން ޝާއުލްގެފާނަށް އަމާޒުކޮށް ދުނިޖަހައި އެކަލޭގެފާނު ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.
4ޝާއުލްގެފާނުގެ ހަތިޔާރު އުފުލާ މީހާއަށް ވިދާޅުވިއެވެ. ”ކަލޭގެ ކަނޑިން ޖަހައި އަހަރެން މަރާލާށެވެ. އެހެންނޫނީ މިތިބަ ޚިތާނު ނުކުރާ މީހުން އައިސް އަހަރެންނަށް އަހުވަދައްކައި އަނިޔާކޮށް މަރާލާނެ.“
އެކަމަކު ހަތިޔާރު އުފުލާ މީހާ ބިރުން އެހެން ހަދާކަށް ނުކެރުނެވެ. އެހެންވެ ޝާއުލްގެފާނުގެ އަމިއްލަ ކަނޑިކޮޅު ބަނޑުފުޅުގައި ވިއްދައި އޭގެ މައްޗަށް ވެއްޓިގެންފިއެވެ. 5އެކަލޭގެފާނު އަވަހާރަވީތަން ފެނުމުން ހަތިޔާރު އުފުލާމީހާ ވެސް އެގޮތުގެ މަތިން ކަންތައް ކޮށް އޭނާ ވެސް އެކަލޭގެފާނާއެކު މަރުވެއްޖެއެވެ. 6އެހެންކަމުން ޝާއުލްގެފާނާއި އެކަލޭގެފާނުގެ ތިން ދަރިންނާއި އެކަލޭގެފާނުގެ ހަތިޔާރު އުފުލާ މީހާއާއި އަދި އެކަލޭގެފާނާއި އެކުގައި ތިބި އެންމެން އެކަށް އެދުވަހު މަރުވެ ދިޔައެވެ.
7އުރުދުން ކޯރުގެ އަނެއްފަރާތުގައި އާއި ވާދީގެ ތެރޭގައި ތިބި މީހުންނަށް ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންތައް މަރުވެ އިސްރާއީލީންގެ ލަޝްކަރު ފިލަންދާތަން ފެނުމުން އެމީހުންގެ އަވަށްތައް ދޫކޮށް ގޮސް ފިލައިފިއެވެ. ދެން ފިލިސްޠީނުން އައިސް އިސްރާއީލީންގެ އަވަށްތަކަށް ވެރިވެގެންފިއެވެ.
8އަނެއް ދުވަހު ފިލިސްޠީނުން ހަނގުރާމައިގެ މައިދާނުގައި ހުރި ބޭނުން ހިފޭތަކެތި ބަލާ ދިޔައިރު އެމީހުންނަށް ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންގެ މަރުވެފައިވާ މަސްގަނޑު ފެނުނެވެ. 9އެމީހުން ޝާއުލްގެފާނުގެ ބޯ ކަނޑައި އެކަލޭގެފާނުގެ ދަހަނާކޮޅު ބާލުވައިފިއެވެ. އެމީހުންނަށް މި ލިބުނު ކާމިޔާބީގެ އުފާވެރި ޚަބަރާއިގެން ފިލިސްޠީނުންގެ ބުދުފައްޅިތަކަށާއި އަވަށްތަކުގެ މީހުންގެ ގާތަށް ފޮނުވިއެވެ. 10އެމީހުން ޝާއުލްގެފާނުގެ ދަހަނާ ކޮޅު ޢަޝްތާރޫތު ފައްޅީގެ ތެރޭ އެލުވައިފިއެވެ. އަދި ޝާއުލްގެފާނުގެ ހަށިކޮޅު ބައިތު ޝާންގެ ފާރުގައި އަޅުވައިފިއެވެ.
11ޖިލްޢާދުގެ ޔާބީޝްގެ މީހުންނަށް ފިލިސްޠީނުން މި ކުރި ކަންތަކުގެ ޚަބަރު އިވުމުން، 12އެމީހުންގެ ހިތްވަރުގަދަ މީހުން މުޅި ރޭ ހިނގާފައި ބައިތު ޝާން އަށް ގޮސް ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންގެ މުޅަމަސްތައް ބައިތު ޝާންގެ ފާރުތަކުން ނަގައިގެން ޔާބީޝްއަށް ގެންގޮސް އެތަނުގައި އެ ހަށިތައް އަންދައިފިއެވެ. 13އެމީހުން އެ ކަށިތައް ނަގައި ޔާބީޝްގެ ތަމަރިސްކު ގަހުގެ ބުޑުގައި ވަޅުލައިފިއެވެ.#31:13 ބަނީއިސްރާއީލުން މަރުވާ މީހުން ވަޅުލަނީއެވެ. އެކަމަކު ސިއްހީ ސަބަބުތަކަށް މި މަސްތައް އަންދާލީއެވެ އަދި ހަތްދުވަހު ރޯދައަށް ތިބެއްޖެއެވެ.
Currently Selected:
1 ޞަމޫއީލް 31: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.