1 ޞަމޫއީލް 17
17
ދާއޫދުގެފާނާއި ޖުލިޔާތު
1ފިލިސްޠީނުގެ ހަނގުރާމަވެރިން އައިސް ޔަހޫޛާގެ ސަރަހައްދުގައި އޮންނަ ޝޫކޫއަށް ޖަމާވެއްޖެއެވެ. އެމީހުންގެ ފޭލިގެތައް ސޫކުއާއި#17:1 ސޫކު އޮންނަނީ ބެތުލެހެމްގެ 14 މޭލު ހުޅަގުންނެވެ. މިހާރު އެތަނަށް ކިޔަނީ ޚިރްބެތު އައްބަދު އެވެ. ޢަޒީޤަތަކީ މިހާރުގެ ތަލްއައް ޒަކަރިއްޔާ އެވެ. މި ސަރަހައްދު ވަނީ ސަރވޭ ކުރެވި އެޒަމާނުގެ ތަށިމުށި ފަދަ ތަކެތި ހޯދާފައެވެ. ޢަޒީޤަތާ ދެމެދުގައި އޮންނަ އަފަސް ދައްމީމުގައި ރުކުރުވާލިއެވެ. 2ޝާއުލްގެފާނާއި ބަނީއިސްރާއީލުން އީލާގެ ވާދީތަކުގައި ފޭލިގެ ޖަހަފިއެވެ. އަދި ފިލިސްޠީނުންނާ ހަނގުރާމަ ކުރުމަށް ސަފުހަދައިފި އެވެ. 3ފިލިސްޠީނުން ތިބީ ފަރުބަދައެއްގެ މަތީގައެވެ. އިސްރާއީލީން ވެސް ތިބީ ކުރިމަތީގައި އޮތް ފަރުބަދައިގެ މަތީގައެވެ. މި ދެމެދުގައި ވަނީ ފުން ވާދީއެކެވެ. 4ފިލިސްޠީނުންގެ ލަޝްކަރުގެތެރޭ ޖައްތުގެ#17:4 ޖައްތުއަކީ ފިލިސްޠީނުގެ މައި 5 އަވަށުގެ ތެރޭގައި ހިމެނޭ އަވަށެކެވެ. އަވަށުން އައިސް ހުރި ޖުލިޔާތޭ ކިއުނު ބިޔަ ފަހުލަވާނަކު ނުކުމެގެން އައެވެ. މީނާގެ އިސްކޮޅުގައި ނުވަ ފޫޓު ހުރެއެވެ.#17:4 އޭރުގެ އަނަކިން ދަރިކޮޅުގައި 9 ފޫޓް ބައި ހުންނަވަރުގެ ބިޔަ މީހުން އުޅުނެވެ. މި ޖުލިޔާތު ވެސް އެހާވަރު ވާނެ ކަމަށް ވެއެވެ. ޢިބްރާނީ ބަހުންނަމަ އެއީ ވިޔާ ހަރުގެ ފަލަ ދަނޑިއެވެ. 5އޭނާގެ ބޮލުގައި ކަފުލޮއިގެ ހެލްމެޓެއް އޮވެއެވެ. ހުރީ ފަންސާސް ހަތް ކިލޯ ވަރުގެ ބަރުދަން ހުރި ކަފުލޮއިގެ ދަހަނާއެއް އަޅާފައެވެ. 6އޭނާގެ ކަށިމަތީގައި ވެސް ވަނީ ކަފުލޮއިގެ ދަހަނާ އަޅާފައެވެ. އޭނާގެ ކޮނޑުމަތިން ފުރަގަހަށް ބަޅުކަނޑިއެއް އެއްލާފައި އޮތެވެ. 7އޭނާގެ އަތުގައި އޮތް ލޮންސި ފަރުމާނެއް ހާ ފަލަ #17:7 ފަރުމާނެއް ހާ ފަލަ ޢިބްރާނީ ބަހުން ފަރުމާނެއް ހާ ފަލައޭ އެ ބުނަނީ ވިޔާ މީހުން ރޮދި ލައްވައިގެން ބޭނުންކުރާ ދަނޑިއަށް ނިސްބަތް ކޮށެވެ. އެވެ. އޭގެ ކޮޅުގައިވާ ދަގަނޑު ތުނޑުގައި ހަތްކިލޯ ވަރު ހުއްޓެވެ. އޭނާގެ ކުރިމަތީގައި އައްޑަނަ ހިފައިގެން ހުންނަ ހަށިފާރަވެރިއަކު ހުރެއެވެ.
8ޖުލިޔާތު ނުކުމެ ހަޅޭއްލައިގަތެވެ. ”ކަލޭމެން ކީއްކުރަން ސަފުހަދާފައި ހަނގުރާމަ ކުރަން އައިސް ތިޔަ ތިބީ؟ އަހަރެން މީވެސް ފިލިސްޠީނީއެއް. ކަލޭމެން ތިޔައީ ޝާއުލްގެފާނުގެ މީހުންނެއް ނޫންތަ؟ ކަލޭމެންގެ ތެރޭން މީހަކު ނިކަން މަށާ ކުރިމަތިލާން ނުކުމެބަލަ. 9އެމީހަކު އަހަންނާ ހަމަލާދީ އަހަރެން މަރައިފިއްޔާ އަހަރެމެންގެ އެންމެން ކަލޭމެންގެ އަޅުންނަށް ވާނެ. އަހަރެން ކަލޭމެންގެ ތެރޭން ނުކުންނަ މީހާ މަރައިފިނަމަ ކަލޭމެން އެންމެނީ އަހަރެމެންގެ އަޅުންނަށް ވާނެ.“ 10ދެން ފިލިސްޠީނުން ވެސް ބުނެފިއެވެ. ”އަހަރެމެން ވެސް މިއަދު ކަލޭމެން އިސްރާއީލުންނަށް ގޮންޖަހަން. އަހަރެމެންނާ ކުރިމަތިލެވޭ ވަރުގެ މީހަކު ފޮނުވާ.“ 11ޝާއުލްގެފާނާއި އިސްރާއީލީންނަށް ފިލިސްޠީނުންގެ މިވާހަކަތަކުގެ އަޑު އިވުމުން މިވެރިން ވަރަށް ބިރުގެންފިއެވެ.
ދާއޫދުގެފާނު ޝާއުލްގެ ލަޝްކަރުގައި
12ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ. 13ޔައްސާގެ ތިން ދަރިން ވެސް ފިލިސްޠީނުންނާ ހަނގުރާމައަށް އައިސް ތިއްބެވެ. އެއީ ދޮށީދަރި އަލިޔާބު އާއި ދެވަނަ ދަރި އާބީނާދާބު އާއި ތިންވަނަ ދަރި ޝައްމާ އެވެ. 14އެންމެ ހަގީ ދާއޫދު އެވެ. އޭނާގެ ދޮށީ ތިން ބެއިން ހުރިހާއިރަކު ވެސް ޝާއުލްގެފާނުގެ ލަޝްކަރުގައި ހިމެނިފައިވެއެވެ. 15ދާއޫދު އޭނާގެ ބައްޕަގެ ބަކަރިތައް ބެލެހެއްޓުމުގައި އެހީތެރިވުމަށް ބައެއް ދުވަސް ދުވަހަށް ބައިތުލަޙަމަށް ގޮސް އުޅެއެވެ.
16ކޮންމެ ދުވަހެއްގެ ހެނދުނާ ހަވީރު ފިލިސްޠީނުންގެ ފަރާތުން ޖުލިޔާތު ނުކުމެ އެހުރި ފަދައިން އޭނާއާ މުގާބިލާ ކުރާނެ ފަހުލަވާނަކު ނެރެ ދިނުމަށް ގޮވަމުން ދިޔައެވެ. މިހެން ކިޔައި ސާޅީސް ދުވަސް ވަންދެން އިސްރާއީލީންނަށް އޭނާ ޖެއްސުން ކުރަމުން ދިޔައެވެ.
17މީގެ ތެރޭން ދުވަހަކު ޔައްސާ އޭނާގެ ދަރި ދާއޫދުގާތު ބުންޏެވެ. ”މި ބާވީސް ނާޅި ހަނާކުރި ގޮދަންވަށްޓާއި މި ދިހަ ބޯރޮށި ނިކަން އަވަހަށް ގެންގޮސް ކަލޭގެ ބޭބެމެންނަށް ދީބަލަ. 18އަދި މައިދާނުގައި ތިބި ހަނގުރާމަ ވެރިންގެ އިސް މީހާއަށް މި ދިހަ ޗީޒު ފަޅި ވެސް ގެންގޮސް ދީ#17:18 އެއީ ޗީޒްގޮތަށް ކިރުން ހަދާފައި ހުންނަ ކާއެއްޗެކެވެ.. އަދި އަންނައިރު ކަލޭގެ ބޭބެމެން ހެޔޮހާލުގައި ތިބިކަން ދައްކައިދޭނެ ކޮންމެވެސް އެއްޗެއް ގެންނާތި. 19ޝާއުލް ރަސްގެފާނާއި ކަލޭގެ ބޭބެމެންގެ ލަޝްކަރު ފިލިސްޠީނުންނާ ހަނގުރާމަ ކުރަމުން ދަނީ އީލާ ވާދީގައި.“
20ޔައްސާ އެންގި ފަދައިން ވަރަށް ހެނދުނާ ކަންބަޅި ބަކަރި ބަލަހައްޓަން މީހަކާ ހަވާލުކޮށްފައި ދާއޫދު ހަނގުރާމަކުރާ ތަނަށް ހިނގައްޖެއެވެ. އޭރު ހަނގުރާމަވެރިން ނަޣަރާ ކުރަމުން މައިދާނަށް ނުކުންނަމުން ދަނީއެވެ. 21އިސްރާއީލާއި ފިލިސްޠީނުގެ ހަނގުރާމަވެރިން ދެބައިމީހުން ކުރިމަތިލައި ސަފުތައް ރުކުރުވާލާފައި ވެއެވެ. 22ދާއޫދު ގެނައި ތަކެތި ބަނޑޭރިކަލޭގެއާ ހަވާލުކޮށްފައި ދުވެގޮސް އޭނާގެ ބޭބެމެންނާ ހަނގުރާމައިގެ މައިދާނުން ބައްދަލު ކޮށް ހާލު ކިހިނެއް ހޭ އަހައިފިއެވެ. 23ދާއޫދު އެމީހުންގެ ގާތު ވާހަކަ ދައްކަން ހުއްޓާ ޖައްތުން އައިސް ހުރި ޖުލިޔާތު ކޮންމެ ދުވަހަކު އެގޮވާ ގޮވެލިފަތީގެ އަޑު އިވިއްޖެ އެވެ. 24އިސްރާއީލުންނަށް އޭނާ ނުކުތްތަން ފެނުމުން އަވަހަށް ބިރުން އެތަނުން ދުވެ ރައްކާވާން ފަށައިފިއެވެ.
25އޭރު އެތާ ތިބި އިސްރާއީލީންގެ ތެރޭން ބަޔަކު ބުނެއްޕެވެ. ”މިހިރަ އަންނަ މީހާ ފެނޭތަ؟ މިއީ އިސްރާއީލީން ބަލި ކުރަން އައިސް ހުރި ޖުލިޔާތަކީ. މީނާ ބަލި ކޮށްފި މީހަކަށް ރަސްގެފާނު ވަރަށް ބޮޑު އިނާމެއް ކަނޑައަޅާފަ އިވޭ. ރަސްގެފާނުގެ އަންހެން ދަރިފުޅާ ވެސް ދެވާނެ. އަދި އޭނާގެ ބައްޕަގެ އާއިލާ އިސްރާއީލުންނަށް ދައްކަން ޖެހޭ ޓެކްސް ވެސް ކަނޑާލާނެ.“
26ދާއޫދު މިވާހަކަ ދެއްކި މީހުންގެ ގާތު ބުންޏެވެ. ”ތިއީ ދެން ކާކުތަ، ދިރިދެމި ވޮޑިގެންވާ ކަލާނގެ ސިފައިންނާ ކުރިމަތިލާން؟ ތިއީ ޚިތާނު ނުކޮށް ތާނކު ހުރި ފިލިސްޠީއެކޭ. ތިޔަ އެތި މަރައި ތިޔަ ބަލާއިން މިންޖު ކޮށްދިން މީހަކަށް ދޭނީ ކޮން އިނާމެއްތަ؟“ 27އެމީހުން ބުންޏެވެ. ”ތިޔަ ކަން ކޮށްދިން މީހަކަށް ހަމަ ޔަޤީން ވެސް އެބުނި ހުރިހާ އިނާމެއް ލިބޭނެ.“
28ދާއޫދުއާ އެމީހާއާއި ދޭތެރޭ މިދެކެވޭ ވާހަކަތައް އެންމެ ދޮށީ ބޭބެ އަލިޔާބަށް އަޑު އިވިގެން ރުޅި އަތުވެއްޖެއެވެ. ”ކަލޭ މިތަނަށް ތިޔަ އައީ ކީއްކުރަން. ކޮބައިތަ ކަލޭ ހަނަފަސްބިމުގައި ބަލަހައްޓަން އުޅުނު ބަކަރިތައް؟ ކާކާ ހަވާލު ކޮށްފަތަ ތިޔައައީ؟ ކަލޭ ތީ ނިކަން ސަކަރާތް ގަންނަ ހިތުން އުޅޭ ނިކަން ފޮނިވެސް މީހެކޭ. ކަލޭ އައިސް ތިހިރީ މިތާ ހަނގުރާމަ ކުރާތަން ބަލަން ކަން އަހަރެމެންނަށް އެނގެޔޭ.“
29ދާއޫދު ބުންޏެވެ. ”އަހަރެން ކުރީ ކީއްތަ؟ މަށަށް މީހަކު ގާތުން އެއްޗެއް އަހައެއް ވެސް ނުލެވޭނެތަ؟“ 30ދާއޫދު އެތާތިބި އެހެންމީހުން ގާތުން އެ ވާހަކަ އަހައިފިއެވެ. އެމީހުން ވެސް ދިނީ ހަމަ އެ ޖަވާބެވެ. 31ދާއޫދު ބުނި ބަސްތައް ބަޔަކަށް އަޑުއިވިގެން ގޮސް ޝާއުލްގެފާނަށް ދަންނަވައިފިއެވެ. ރަސްގެފާނު ވަގުތުން ދާއޫދު ގެންނަވައިފިއެވެ. 32ދާއޫދު ދެންނެވިއެވެ. ”އެ ފިލިސްޠީނު މީހާ ދެކެ ބިރުގަންނާނީ ކާކުތޯ؟ އަޅުގަނޑު ގޮސް އޭނާ ތިރިއަރުވާ ލާނަން.“
33”އުހުނ. ޝާއުލްގެފާނު ވިދާޅުވިއެވެ. ކަލޭ ކިހިނެއްތަ އޭނާ ތިރިއަރުވާނީ؟ ކަލޭ ތީ އަދި ކުޑަކުއްޖެއް ނޫންތަ؟ އޭނާއަކީ ކުޑައިރުން ފެށިގެން ހަނގުރާމައިގައި އުޅެ އެވަރު ވެފައި ހުރި މީހެއް.“
34”މަސާހިބު!“ ދާއޫދު ދެންނެވިއެވެ. ”އަޅުގަނޑު މިވަރު ވެފައި މިހިރީ ކުޑައިރުންފެށިގެން ބައްޕަގެ ކަންބަޅި ހުއިހެއްޕުމުގައި އުޅެ. އޭގެ ތެރޭން ކަންބަޅިއެއް ސިންގާއެއް ނުވަތަ ސާރިދޯޅައެއްގެ އަތްދަށު ވިޔަސް، 35އަޅުގަނޑު ގޮސް އޭތި ސަލާމަތް ކުރަން. ސިންގާއެއް ސާރިދޯޅައެއް އައިސް އަޅުގަނޑާ ދިމާ ކުރިޔަސް އަޅުގަނޑު އޭގެ ކަރުގައި ހިފާ މަރާލަން. 36އަޅުގަނޑު މިއީ ސިންގާއާއި ސާރިދޯޅަ މަރާއުޅޭ މީހެއް. މި ކާފަރު ކަލޭގެ މަރާލާކަށް އެއްވެސް ކަމެއް ނޫން. ތިޔަ ކަލޭގެ ތިޔަ ޖެއްސުން ކުރަނީ ދިރިދެމިވޮޑިގެންވާ މާތްކަލާނގެ ލަޝްކަރާ. 37މާތްރަސްކަލާނގެ ވަނީ އަޅުގަނޑު ސިންގާއާއި ސާރިދޯޅައިގެ އަތްދަށުން ސަލާމަތް ކޮށް ދެއްވާފައި. އެކަލާނގެ ތިޔަ މީހާގެ އަތްދަށުން ވެސް އަޅުގަނޑު ސަލާމަތް ކޮށްދެއްވާނެ.“
”އެންމެ ރަނގަޅު.“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”ދޭ، މާތްރަސްކަލާނގެ ކަލެއާއެކު ވޮޑިގެންވާހުށި.“ 38ދެން ރަސްގެފާނުގެ އަމިއްލަފުޅު ދަހަނާތައް ދާއޫދަށް ދެއްވިއެވެ. އެއީ ކަފުލޮއިގެ ހެލްމެޓަކާއި ދަހަނާ އެކެވެ. 39ދާއޫދު ޝާއުލްގެފާނުގެ ދަހަނާ އަޅައިގެން ރަސްގެފާނުގެ ކަނޑިކޮޅު ހިފައިގެން ތަންކޮޅަކަށް ހިނގައިގެންފައި ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑަކަށް މި އެއްޗެހި އަޅައިގެނެއް ހަނގުރާމައެއް ނުކުރެވޭނެ. މިއީ އަޅުގަނޑު ކޮށް ފަރިތަ ކަމެއް ނޫން.“ އެހެންވެ އޭނާ އެދަހަނާތައް ބޭލިއެވެ. 40މިހެން ކިޔާފައި އޭނާ ބަކަރި ބަލަހައްޓަން ގެންގުޅޭ ދަނޑިގަނޑު ނަގައިފިއެވެ. ދެން އެތާ އައްސޭރިފަށުން އޮމާން ފަސް ގާބުރި ނަގައިފިއެވެ. އޭނާ މި ގާ ބުރިތައް އޭނާ ގެންގުޅޭ ސުންބުލި ގަނޑަކަށް ލައިގެން އޭނާގެ އަތުގައި އޮތް ސާޅަނގައެއް ހިފައިގެން ގޮސް ޖުލިޔާތު ކުރިމައްޗަށް އެބަ ހުރެ ނުކުތެވެ.
ދާއޫދުގެފާނު ޖުލިޔާތު މަރާލުން
41އޭރު ޖުލިޔާތުގެ ކުރިމަތީގައި ހުރެގެން އޭނާގެ ހަށިފާރަވެރިޔާ ވެސް ދާއޫދާ ދިމާއަށް އާދެއެވެ. 42ޖުލިޔާތަށް އޭނާގެ ކުރިމައްޗަށް ދޮންވަރެއްގެ ސޮރަކު އަންނަތަން ފެނުމުން އައީ އަމަށަކު ހިންޏެއް ނޫނެވެ. 43އޭނާ ދާއޫދު ކުރެން އަހައްޕެވެ. ”ތީ ކީއްކުރަން ގެންނަ ދަނޑިގަނޑެއްތަ؟ އަހަރެން މީ ކުއްތާއެއް ތަ؟“ ދެން ޖުލިޔާތު އޭނާގެ ކަލުންތަކުގެ ނަން މަތީ ދާއޫދަށް ލަޢުނަތް ލައިފިވެ. 44”ނިކަން އާދެބަލަ.“ ދާއޫދާ ދިމާއަށް އޭނާ ބުންޏެވެ. ”ކަލޭގެ ގައިގައި ހުރި މަސްކޮޅު މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާން ދޭނަން.“
45ދާއޫދު ބުންޏެވެ. ”ކަލޭ ތިޔަ އަންނަނީ ކަނޑިއާއި ލޮންސިއާއި ބަޅުކަނޑި ހިފާފަ. އަހަރެން ކަލޭ ކުރިމައްޗަށް މި ނުކުތީ ކުޅަދުންވަންތަ މާތްރަސްކަލާނގެ ނަންފުޅުމަތީ. އެކަލާނގެއީ އިސްރާއީލު ސިފައިންގެ ވެރި ރަސްކަލާނގެ. ކަލޭ ތިޔަ ދިމާކުރަނީ އެކަލާނގެއާ. 46މިއަދު މާތްރަސްކަލާނގެ ކަލޭގެ މައްޗަށް އަހަރެން ބާރުވެރި ކުރައްވާނެ. އަހަރެން ކަލޭ ބަލިކޮށް ކަލޭގެ ކަރު ބުރިކޮށްލާނަން. އަދި ފިލިސްޠީނުންގެ ހަނގުރާމަވެރިންގެ ގައިގައި ހުރި މަސްތައް މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާންދޭނަން. އޭރުން މި ދުނިޔޭގެ އެންމެންނަށް ވެސް އެނގޭނެ ޙަޤީޤީ ކަލާނގެއަކީ އިސްރާއީލީންގެ ކަލާނގެ މާތްކަލާނގެ ކަން. 47ގަދަކަން ލިބެނީ ކަނޑިއާއި ލޮންސީގެ ބާރަކުން ނޫންކަން މިތަނުގައި މިތިބަ އެންމެންނަށް ވެސް މި އަދު ފެނިގެންދާނެ. މިއީ މާތްރަސްކަލާނގެ ކުރައްވާ ހަނގުރާމައެއް. އެކަލާނގެ އަހަރެމެންނަށް ނަސްރު ދެއްވާނެ. ކަލޭމެން އެންމެން އަހަރެމެންގެ ބާރުގެ ދަށަށް ގެންދަވާނެ.“
48އެ ފިލިސްޠީނު މީހާ ހަމަލަދޭން ނުކުތް ވަގުތު ދާއޫދު ދުވެފައި ގޮސް ކުރި އަރައިފިއެވެ. 49ދެން އޭނާ ގެނައިތަނުން ގާބުރިއެއް ސާޅަނގައަކަށް ލާފައި ދޫކޮށްލިއެވެ. ގާބުރި ފަތުއަޑު ކިޔާފައި ގޮސް ޖުލިޔާތުގެ ނިތްކުރީގައި ޖެހި ފޫވެއްޓިއްޖެއެވެ. އެވަގުތު އެކަލޭގެ އަނގަވަތަށް ވެއްޓިއްޖެއެވެ. 50ދާއޫދު ކަނޑިއެއް ލޮންސިއެއް ބޭނުން ނުކޮށް ސާޅަނގައަކަށް ލައި ދޫކޮށްލި ގާގަނޑަކުން ޖަހައި އެއޮތް ވަރުގަދަ ޖުލިޔާތު މަރާ ވައްޓާލިއެވެ. 51ދާއޫދު ދުވެފައި ގޮސް ޖުލިޔާތުގެ ގައިމައްޗަށް ކޮޅުފައިން އަރައި ޖުލިޔާތުގެ ކަނޑިން ޖެހިޖެހީނުން އެކަލޭގެ ބޯ ކަނޑާ ވައްޓާލައިފިއެވެ.
ފިލިސްޠީނުންނަށް އެމީހުންގެ ބިޔަ ފަހުލަވާނު ވެއްޓުނުތަން ފެނިގެން ބިރުން ދުއްވައިގެންފިއެވެ. 52އިސްރާއީލީންނާއި ޔަހޫޛާގެ ލަޝްކަރު އެމީހުން ފަހައިގަނެ ހަޅޭލަވަމުން ތަޅަމުން މަރަމުން ދުވަމުން ގޮސް ޖައްތުއާއި ޢަޤްރޫންގެ ދޮރާއްޓާ ހަމައަށް ހިނގައްޖެއެވެ. މަރުވެގެން ޖައްތާއި ޝަޢަރާއިމުއާ ދެމެދު މަގުތައް މައްޗަށް ފިލިސްޠީނުން ވެއްޓިފައި ތިއްބެވެ. 53އިސްރާއީލީން އެމީހުން ފައްސާލާފައި އައިސް ފިލިސްޠީނުގެ ފޭލިގެތައް ލޫޓުވައިފިއެވެ. 54ދާއޫދު ޖުލިޔާތުގެ ހަތިޔާރުތައް އޭނާގެ އަމިއްލަ ފޭލިގެއަށް ލުމަށް ފަހު އޭނާގެ ބޯބުރި ހިފައިގެން ޖެރޫސަލަމަށް ހިނގައްޖެއެވެ.#17:54 ދާއޫދު ޖުލިޔާތުގެ ބޯބުރި ހިފައިގެން ދިއުމުގެ ކުރީގައި ޝާއުލްގެފާނުގެ ގާތަށް އައެވެ. 55ދާއޫދު ހަނގުރާމައަށް ނުކުތްތަން ފެނުނު ހިނދު ސިފައިންގެ ވެރިޔަކަށް ހުރި އަބްނައިރު ކުރެން ޝާއުލްގެފާނު އެއްސެވިއެވެ. ”މީ ކާކުގެ ދަރިއެއްތަ؟“
”މަސާހިބު. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ.“
56”ގޮސް އަހައި އޮޅުންފިލުވާ!“ ޝާއުލްގެފާނު އަމުރު ކުރެއްވިއެވެ.
57ޖުލިޔާތު މަރާލައިފައި ދާއޫދު އެނބުރި ފޭލިގެއަށް އައުމުން އަބްނައިރު އޭނާ ގޮވައިގެން ރަސްގެފާނުގެ އަރިހަށް ގެންގޮސްފިއެވެ. އޭރު ވެސް ދާއޫދުގެ އަތުގައި ޖުލިޔާތުގެ ބޯބުރި އޮތެވެ. 58ޝާއުލްގެފާނު އެއްސެވިއެވެ. ”އޭ ޒުވާނާ! ކަލޭ ތީ ކާކުގެ ދަރިއެއްތަ؟“
”އަޅުގަނޑު މީ މަސާހިބުގެ ޚާދިމު ބައިތުލަޙަމުގެ ޔައްސާގެ ދަރިއެއް.“ ދާއޫދު ދެންނެވިއެވެ.
Currently Selected:
1 ޞަމޫއީލް 17: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: