ޔޫޙަންނާގެ ފުރަތަމަ ސިޓީ 5
5
އީމާންތެރިކަމުގެ ކާމިޔާބީ
1އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ. 2އަހަރެމެން ތެދުހިތުން މާތްރަސްކަލާނގެ ދަރިން ދެކެ ލޯބިވާކަން އެނގޭނީ އެކަލާނގެ ކިބަފުޅަށް ލޮބުވެތިކޮށް ހިތައި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ދެމިތިބޭ ނަމައެވެ. 3މާތްކަލާނގެ ދެކެ ލޯބިވަމޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. އެކަލާނގެ އަމުރުފުޅުތަކަކީ ބުރަ އަމުރުފުޅުތަކެއް ނޫނެވެ.
4އެކަލާނގެ ކޮންމެ ދަރިއަކަށް ވެސް ޝައިތާނީ ދުނިޔޭގެ މައްޗަށް ފަތަޙަ ހޯދުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މި ފަތަޙަ އަހަރެމެންނަށް ލިބެނީ އަހަރެމެންގެ އީމާންތެރިކަމުންނެވެ. 5އެހެންނޫންނަމަ މި ދުނިޔެ ފަތަޙަ ކުރެވޭނީ ކާކަށްހެއްޔެވެ؟ އެކަން ކުރެވޭނީ އީސާގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންކަމަށް ގަބޫލުކުރާ މީހަކަށެވެ.
އީސާގެފާނާ ބެހޭ ތެދު ޙަޤީޤަތް
6އީސާ އަލްމަސީޙުއަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ފާޅުވެގެން ދިޔައީ އެކަލޭގެފާނު ފެނުން ތައުބާގެ ހިނެވުން ހިނެވުމުންނާއި ސަލީބަށް އެރުވިފައިވީ ހިނދު އޮހުނު ލޭފޮދުންނެވެ. ހަމައެކަނި ފެނަކުން ނޫނެވެ. މިކަންތަކަށް ޚުދު މާތްރޫޙުފުޅު ވެސް ހެކިވެއެވެ. އެހެނީ އެ ރޫޙުފުޅަކީ ޙައްޤުތެދު ކަމަށް ވާތީއެވެ. 7މިކަންތަކުގެ މައްޗަށް ތިނެއްޗެއް ހެކިވެއެވެ. 8އެއީ މާތްރޫޙުފުޅާއި ފެނާއި ލެޔެއެވެ. މިތިނެތި އެއްބަސްވެއެވެ. 9އަހަރެމެން އިންސާނުންގެ ހެކިބަސް ވެސް ގަބޫލު ކުރަމެވެ. މާތްކަލާނގެ ހެކިވެ ވޮޑިގަތުން އިންސާނެއްގެ ހެކިބަހަށް ވުރެން މާ މަތިވެރި ކަމެކެވެ. އެކަލާނގެ ވަނީ އެ ދަރިކަލުންނާ މެދު މި ގޮތަށް ހެކިވެ ވޮޑިގެންފައެވެ. 10އެހެންކަމުން އެ ހެކިބަސް ވަނީ މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެކަމަކު މާތްކަލާނގެ ގަބޫލު ނުކުރާ މީހުން އެކަލާނގެ ބަސްފުޅު ދޮގު ކުރެއެވެ. އެހެނީ އެމީހުން އެކަލާނގެ ދަރިކަލުންނާ މެދު ވަޙީކުރެއްވި ބަސްފުޅު ގަބޫލެއް ނުކުރެއެވެ. 11މި ބުނެވުނު ހެކީގެ ބަޔާނަކީ މިއީއެވެ: މާތްކަލާނގެ ވަނީ އަހަރެމެންނަށް ނިމުމެއްނުވާ ދިރިހުރުން ދެއްވާފައެވެ. މި ދިރިހުރުން އަހަރެމެންނަށް ލިބިފައި ވަނީ އެ ދަރިކަލުން މެދުވެރި ވެގެންނެވެ. 12އެ ދަރިކަލުން ލިބިގެންފި ކޮންމެ މީހަކަށް މި ދިރިހުރުން ލިބޭނެއެވެ. އެ ދަރިކަލުން ލިބިނުގަންނަ މީހަކަށް ނިމުމެއްނުވާ ޙަޔާތެއް ނުލިބޭނެއެވެ.
ނިމުމެއްނުވާ ޙަޔާތް
13އަހަރެން މި ސިޓީ ތިޔަބައިމީހުންނަށް މި ލިޔަނީ ތިޔަ ބައިމީހުންނަށް ނިމުންނުވާ ޙަޔާތް ލިބިފައިވާކަން އެނގޭނެ ހެން ވުމަށެވެ. އެއީ ތިޔަބައިމީހުން މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރުމުންނެވެ. 14މާތްކަލާނގެއާ ކުއްތަންވުމުގެ ހިތްވަރު އަހަރެމެންނަށް ލިބިފައިވެއެވެ. އެގޮތަކީ އަހަރެމެން ކަމަކު އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވައިފިނަމަ އެކަލާނގެ އެ އަޑު އައްސަވައި އެކަލާނގެ އިރާދަފުޅު ކުރައްވާ ގޮތަކަށް އެކަންތައް ހިންމަވައި ދެއްވާނެއެވެ. 15އަހަރެމެން ކަމަކު އެދި ދަންނަވާ ކޮންމެ ފަހަރަކު އެކަލާނގެ އެއަޑު އައްސަވާކަން އަހަރެމެންނަށް އެނގެއެވެ. އަދި އެކަލާނގެ އަހަރެމެން އެދި ދަންނަވާ ކަންތައް ފުއްދަވައި ދެއްވާނެކަން ވެސް އަހަރެމެންނަށް އެނގެއެވެ.
16އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ. 17ކޮންމެ ނުބައިކަމަކީ ފާފައެކެވެ. އެކަމަކު ކޮންމެ ފާފައެއްގެ ސަބަބުން މަރުވެ ނެތިއެއް ނުދެއެވެ.
18މާތްކަލާނގެ ދަރިން ފާފަ ކުރުންމަތީ ދެމިނުތިބޭނެކަން އަހަރެމެންނަށް އެނގެއެވެ. އެހެނީ މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު އެމީހުން އެކަންތަކުން ރައްކާތެރި ކުރައްވާނެއެވެ. އަދި ޝައިތާނާއަށް އެމީހުންގެ މައްޗަށް ބާރުފޯރުވައި ގެއްލުމެއް ނުކުރެވޭނެއެވެ.
19އަހަރެމެންނަކީ މާތްކަލާނގެ ދަރިންކަން އަހަރެމެން ޔަޤީން ކުރަމެވެ. އެކަމަކު އަހަރެމެންގެ ވަށައިގެންވާ ދުނިޔެ މިވަނީ ޝައިތާނާގެ ބާރުގެ ދަށުގައެވެ.
20މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ. 21އަހަރެންގެ ލޯބިވާ ދަރިންނޭވެ! ތިޔަބައިމީހުންގެ ހިތުގައިވާ މާތްކަލާނގެ މަޤާމު އަތުލައިފާނެ ހުރިހާ ވިޔާނުދާ ކަމަކުން#5:21 ހިތުގައިވާ މާތްކަލާނގެ މަޤާމު އަތުލައިފާނެ ހުރިހާ ވިޔާނުދާ ކަމަކުން ގުރީކު ބަހުން މި ބުނަނީ މާތްކަލާނގެ ބަދަލުގައި ބުދަށް އަޅުކަން ކުރަން ފަށާފާނެ ވާހަކައެވެ. ދުރުހެލިވެ ތިބޭށެވެ.
Currently Selected:
ޔޫޙަންނާގެ ފުރަތަމަ ސިޓީ 5: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: