ޔޫޙަންނާގެ ފުރަތަމަ ސިޓީ 2
2
އަލްމަސީޙު، އަހަރެމެންގެ މަދަދުގާރު
1އަހަރެންގެ ލޮބުވެތި ދަރިންނޭވެ. އަހަރެން މިހެން ތިޔަބައިމީހުންނަށް މިލިޔަނީ ތިޔަބައިމީހުން ނުބައިވެގެންވީ ފާފަވެރި އަމަލުތަކުގައި ބައިވެރި ނުވާނެ ގޮތް ހެދުމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ނުބައި ޢަމަލެއް ކުރެވިއްޖެނަމަ މާތްރަސްކަލާނގެ ބައްޕާފުޅުގެ ޙަޟްރަތުގައި އަހަރެމެންނާމެދު މަދަދުވެރިވާނެ ފަރާތެއް ވެއެވެ. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހަމައެކަނި ޞާލިޙުވަންތަ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙު އެވެ. 2އެހެނީ އަހަރެމެންގެ ފާފަތައް ޢަފޫ ވާނެ ގޮތް މެދުވެރިވަނީ އަލްމަސީޙުގެ ޤުރުބާނީގެ ސަބަބުންނެވެ. އެކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވީ އަހަރެމެންނާއި މުޅި ދުނިޔޭގެ ހުރިހާ އެންމެންނަށްޓަކައެވެ.
3އަހަރެމެންނަށް މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެވެނީނަމަ އަހަރެމެންނަށް އެކަލާނގެ އެނގޭކަން ކަށަވަރުވެއެވެ. 4އެހެންވީމާ، އަހަރެމެންނަށް އެކަލާނގެ އެނގޭކަމަށް ދަޢުވާ އުފުލައި އަހަރެމެން އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ނުވާނަމަ، އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އަހަރެމެންގެ ހިތްތަކުގައި އެއްވެސް ތެދުވެރިކަމެއް ނުވަނީއެވެ. 5ނަމަވެސް އަހަރެމެން އެކަލާނގެ ބަސްފުޅުތަކަށް ކިޔަމަންތެރި ވާނަމަ އަހަރެމެންނީ އެކަލާނގެއާއިމެދު ފުރިހަމަޔަށް ލޯބިވާ ބައެއްކަން ހާމަވާނެއެވެ. އަހަރެމެން އެކަލާނގެއާ އެއްބައިވެ ތިބިކަން އަހަރެމެންނަށް އެނގޭނީ މިގޮތުންނެވެ. 6އަހަރެމެން ތިބީ މާތްރަސްކަލާނގެ އާއި އެއްބައިވުން މަތީގައި ކަމަށް އަހަރެމެން ބުނާނަމަ، އަހަރެމެން ޙަޔާތު ވޭތުކުރާންވާނީ އީސާ އަލްމަސީޙު ވެސް ޙަޔާތު ވޭތުކުރެއްވި ފަދައިންނެވެ.
އާ އަމުރުފުޅު
7މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުންނަށް ލިޔާ މި އަމުރުފުޅަކީ އާ އަމުރުފުޅެއްނޫނެވެ. މިއީ ތިޔަބައިމީހުންނަށް އެންމެ ކުރީގައި ވެސް ބާވައިލައްވާފައިވާ އަމުރުފުޅެކެވެ. މިއީ ތިޔަބައިމީހުންނަށް މީގެ ކުރީގައި ވެސް އަޑުއިވިފައިވާނެ އަމުރުފުޅެއް ވެސް މެއެވެ. 8ނަމަވެސް އަހަރެން ތިޔަބައިމީހުންނަށް މި ލިޔާ އަމުރުފުޅަކީ އާ އަމުރުފުޅެކެވެ. އެހެނީ މިއަމުރުފުޅުގެ ތެދުކަން އަލްމަސީޙުގެ ޙަޔާތްޕުޅުން އަހަރެމެންނަށް ވަނީ ފެނިފައެވެ. އަދި ތިޔަބައިމީހުންގެ ދިރިއުޅުމުން ވެސް މެއެވެ. އެހެންކަމުން އަނދިރިކަން މިދަނީ ނެތެމުންނެވެ. ޙަޤީޤީ އަލިކަން މިދަނީ ބަބުޅަމުންނެވެ.
9އެހެންވީމާ، އަހަރެމެން މިތިބީ އަލިކަމުގެ ތެރޭގައި ކަމަށް ދަޢުވާ ކުރާހިނދު އަހަރެމެންގެ އަޚުންނާއި އުޚުތުންނާމެދު ނަފްރަތު ކުރަނީނަމަ އަހަރެމެންނަށް ޙަގީގަތުގައި އަދިވެސް އެތިބެވެނީ އަނދިރި ކަމުގެ ތެރޭގައެވެ. 10ނަމަވެސް އަހަރެމެން އަނެކުންނާއިމެދު ލޮބުވެތިކޮށް ހިތާނަމަ އަހަރެމެންނަށް އެތިބެވެނީ އަލިކަމުގެ ތެރޭގައެވެ. އޭރުން އަހަރެމެންގެ ކިބައިން އަނެކާގެ މަގުން ކައްސާލާނެ ގޮތް މެދުވެރިއެއް ނުވާނެއެވެ. 11އެހެނަސް އަހަރެމެން އަނެކުންގެ މައްޗަށް ނަފްރަތު ކުރާނަމަ އަހަރެމެންނަށް ޙަޔާތާއިގެން ކުރިއަށް އެދެވެނީ އަނދިރީގެ ތެރޭގައެވެ. އަހަރެމެންނަށް ދެވޭ ނުދެވޭ ތަނެއް ނޭނގި މަގުއޮޅިދެއެވެ. ސަބަބަކީ އަހަރެމެންގެ ލޮލަށް އަނދިރީގައި ނުފެންނަކަމެވެ.
12އީމާންކަން މަތީ ތިބި އަހަރެންގެ ދަރިންނޭވެ! ތިޔަ ދަރިންނަށް މިފަދައިން އަހަރެން މިލިޔަނީ،
އަލްމަސީޙުގެ ނަންފުޅު މެދުވެރި ކުރައްވާ ތިޔަބައިމީހުންގެ ފާފަތައް މާތްރަސްކަލާނގެ އަފޫކޮށްދެއްވާތީއެވެ.
13ބަފައިންނަށް މިފަދައިން އަހަރެން މިލިޔަނީ ދުނިޔެ ފެށުމުގެ ކުރީގައި ވެސް ހުންނެވި އަލްމަސީޙު ތިޔަބައިމީހުންނަށް އެނގިފައިވާތީއެވެ.
ޒުވާނުންނޭވެ! ތިޔަ އެންމެހައި ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުން ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާފައި ވާތީއެވެ.
އަހަރެންގެ ލޮބުވެތި ދަރިންނޭވެ! އަހަރެން މިފަދައިން ތިޔަ ދަރިންނަށް ލިޔާ ސަބަބަކީ ތިޔަ ދަރިންނަށް މަތިވެރި ބައްޕާފުޅު އެނގިފައިވާތީއެވެ.
14ބަފައިންނޭވެ! ތިޔަ ބަފައިންނަށް އަހަރެން މިފަދައިން ލިޔާ ސަބަބަކީ ދުނިޔެ ފެށުމުގެ ކުރީގައި ހުންނެވި ކަލާނގެ ތިޔަ ބަފައިންނަށް އެނގިފައިވާތީއެވެ.
ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުންގެ ބާރުގަދަ ކަމުންނެވެ.
އަދި ތިޔަ ޒުވާނުންގެ ހިތްތަކުގައި މާތްރަސްކަލާނގެ ބަސްފުޅު އެކުލެވިގެން ވާތީއެވެ.
އޭގެ އިތުރުން ޝައިތާނާގެ މައްޗަށް ތިޔަ ޒުވާނުން ފަތަޙަ ހޯދާފައިވާތީ ވެސް މެއެވެ.
15ތިޔަބައިމީހުން ދުނިޔެއާއި ދުނިޔަވީ ކަންކަމަށް ލޯބި ނުކުރާށެވެ. އެއްވެސް މީހަކު ދުނިޔެމައްޗަށް ލޯބިކުރާ ކަމުގައިވާނަމަ، އޭނާގެ ކިބައިގައި ބައްޕާފުޅުގެ ލޯތްބެއް ނުވާނެއެވެ. #2:15 މިތަނުގައި ދުނިޔެއޭ އެވިދާޅުވަނީ ޝައިތާނީ ދުނިޔެއަށް އިޝާރާތް ކުރައްވާފައެވެ. އެއީ މާތްކަލާނގެ ރަސްކަންފުޅަކީ ކޮބައިކަން ނޭނގޭ އަދި އީސާގެފާނާއި އެކުގައި ނުވާ މީހުންގެ ދުނިޔެއެވެ 16ދުނިޔޭގެ މިލްކުވެރިކަމުގެ ތެރޭގައި ހިމެނޭ ފާފަވެރި ނަފްސުގެ އެދުންތަކާއި ލޮލަށް ފެނި ހިތް އެދޭ ތަކެއްޗާއި، އެތަކެއްޗެއް ހާސިލުވުމުން އެމީހުން ބޮޑާވެގަންނަ ތަކެއްޗާއި ކަންކަމަކީ ބައްޕާފުޅުގެ ކިބަފުޅުން އަންނަ ތަކެއްޗާއި ކަންކަމެއް ނޫނެވެ. މިހުރިހާ އެއްޗެއް އަންނަނީ ދުނިޔެމަތިންނެވެ.
17އަދި މި ދުނިޔެއާއި މި ދުނިޔޭގައިވާ އެންމެހާ ނުބައި ވެގެންވާ އެދުންތަކާއެކު އަބަދަށްޓަކައި ފަނާވެދެއެވެ. ނަމަވެސް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރި ފަރާތްތައް ތާއަބަދަށް ދިރި ދެމިތިބޭނެއެވެ.
އަލަމަސީޙުގެ ޢަދުއްވުން
18އަހަރެންގެ ދަރިންނޭވެ! މި ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ! ދައްޖާލު#2:18 ދައްޖާލު ދައްޖާލަކީ މާތްކަލާނގެއާއި އީސާގެފާނާ މެދު ދެކޮޅުވެރިވެފައިވާ ޝައިތާނާއާ ބައިވެރިވެފައި ވާ އިންސާނެކެވެ. ފައުޅު ވާނޭކަމުގެ ޚަބަރު ތިޔަބައިމީހުން ވާނީ އަޑުއަހާފައެވެ. އަދި އެތަކެއް ދައްޖާލުން މިހާރު ވެސް ވަނީ ފައުޅުވެފައެވެ. އެހެނީ ދުނިޔެ ނިމުމުގެ ވަގުތު ކައިރިވެފައި ވާކަން އަހަރެމެންނަށް އެނގެނީ މިގޮތުން ވެސްމެއެވެ. 19އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.
20ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވިއެވެ. މިގޮތުން ތިޔަ ހުރިހާ އެންމެންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ވެއެވެ. 21ތިޔަބައިމީހުންނަށް މިފަދައިން އަހަރެން ލިޔުމުގެ ބޭނުމަކީ ތިޔަބައިމީހުންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިފައި ނުވާތީއެއްނޫނެވެ. އެއީ ޙައްޤުގެ ތެރޭން ބާތިލެއް ނާންނާނެ ކަން ތިޔަބައިމީހުންނަށް އެނގޭތީ ވެސް މެއެވެ.
22އެންމެ ބޮޑު ދޮގުވެރިޔަކީ ކާކުކަން އަހަރެން ތިޔަބައިމީހުންނަށް ބުނެދެން ހެއްޔެވެ؟ އެއީ އީސާގެފާނީ އަލްމަސީޙު ނޫން ކަމަށް ދުލުން ބުނެ އެކަލޭގެފާނު ގަބޫލުނުކުރާ ކޮންމެ މީހެކެވެ. މިފަދަ ކޮންމެ މީހަކީ އަލްމަސީޙުގެ ޢަދުއްވެއްގެ ގޮތުގައިވާ ދައްޖާލެކެވެ. ހަމަ އެހެންމެ އެފަދަ މީހުން ވަނީ އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އިންކާރުކޮށް އެއްކިބާ ކޮށްފައެވެ. 23މާތްރަސްކަލާނގެ ދަރިކަލުންނާއިމެދު އިންކާރުކުރާ ކޮންމެ މީހަކީ ބައްޕާފުޅާއި އެއްބައިވަންތަ ވާނޭ މީހެއް ނޫނެވެ. ނަމަވެސް އީސާގެފާނީ އަލްމަސީޙު ކަމުގައްޔާއި އަދި މާތްރަސްކަލާނގެ ދަރިކަލުން ކަމުގައި ދުލުން ބުނެ ގަބޫލުކޮށް ބަލައިގެންފި ކޮންމެ މީހަކަށް ބައްޕާފުޅާއި އެކުގައި ވެވޭނެ އެވެ.
24އަލްމަސީޙަށް ތިޔަބައިމީހުން އީމާންވި ހިނދު ތިޔަބައިމީހުންނަށް އިންޖީލުން ދަސްވި ކަންތައް ތިޔަބައިމީހުންގެ ހިތްތަކުގައި ހަރުލައްވާށެވެ. އަދި އެގޮތުގައި ތިބެ، އެ ޚަބަރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އުޅެމުން ގެންދާނަމަ މަތިވެރި ބައްޕާފުޅު އަދި އެކަލާނގެ ދަރިކަލުން، އީސާގެފާނާއި އެކުގައި އެއްބައިވަންތަ ގުޅުމެއް މަތީ ތިޔަބައިމީހުން ދެމިތިބޭނެވެ. 25އަހަރެމެންނަށް ދެއްވާނެކަމަށް އަލްމަސީޙު ވަޢުދުވެ ވަޑައިގެންނެވީ ނިމުންނުވާ ޙަޔާތެވެ.
26އަހަރެން ތިޔަބައިމީހުންނަށް މި ލިޔުން ލިޔާ ސަބަބަކީ ތިޔަބައިމީހުން މަގުފުރެއްދުމަށް މަސައްކަތް ކުރަމުން ދާ ފަރާތްތަކާއިމެދު ހޭލުންތެރި ކުރުވުމަށެވެ. 27ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ. 28އަހަރެންގެ ދަރިންނޭވެ! އެހެންވީމާ، އަލްމަސީޙާއި އެކުގައި ބަދަހި ގުޅުމެއްގައި ދެމިތިބޭށެވެ. އެއީ މި ދުނިޔެއަށް އެކަލޭގެފާނު އެނބުރިވަޑައި ގަންނަވާ ހިނދު ލަދުވެތި ކަމެއް ނެތި ފުރިހަމަ ހިތްވަރާއެކު އެކަލޭގެފާނާއި ބައްދަލު ވާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ. 29ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން އަބަދުވެސް އަލްމަސީޙު އަމަލު ކުރައްވާނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިންނެވެ. އެހެންކަމުން އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލު ކުރާ އެންމެންނަކީ އެކަލާނގެ ދަރިންކަން އަހަރެމެންނަށް އެނގެއެވެ.
Currently Selected:
ޔޫޙަންނާގެ ފުރަތަމަ ސިޓީ 2: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.

: