އެކަމަކު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތް، އަހަރެމެންނަށް ދައްކައިދެއްވީ ލޯތްބާއި އޯގާތެރި ކަމެވެ. އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވީ އަހަރެމެންނަށް ކުރެވިފައިވީ ރަނގަޅު ކަމެއްގެ ސަބަބަކުންނެއް ނޫނެވެ. އެހެނަސް އެއީ އެކަލާނގެ ރަޙުމަތް ފުޅެވެ. އެކަލާނގެ އަހަރެމެންގެ ފާފަ ފުއްސަވައި ދެއްވާ އާ ޙަޔާތެއް ދެއްވީ މާތްރޫޙުފުޅު މެދުވެރި ކުރައްވައެވެ. އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންގެ މައްޗަށް ތަނަވަސްކޮށް ފުރިހަމަ ކޮށްދެއްވީ އީސާ އަލްމަސީޙު، އަހަރެމެން ދިންނަވާ ފަރާތް މެދުވެރި ކުރައްވައެވެ. އަހަރެމެން ކުށްވެރި ނުވާކަމަށް އެކަލާނގެ އިޢުލާން ކުރެއްވި ސަބަބަކީ އެކަލާނގެ ނިޢުމަތްފުޅުގެ މަތިވެރި ކަމެވެ. އަދި މިހާރު އަހަރެމެން މި ވޭތުކުރާ ޙަޔާތަކީ ނިމުންނުވާ ޙަޔާތެއްކަން ޔަޤީންކަމާއެކު އެނގެއެވެ.