މި މުސީބާތްތަކުން މަރުނުވެ ތިބި މީސްތަކުން އެބައިމީހުންގެ އަތުން ހަދާފައިވާ އެއްޗިއްސަށް އަޅުކަން ކުރުން ހުއްޓައި އެމީހުންގެ ފާފަތަކަށް ތަޢުބާއެއް ނުވިއެވެ. އެމީހުން ޖިންނިތަކަށާއި ރަނާއި ރިހިންނާއި، ކަފުލޮއިންނާއި ހިލައާއި އަދި ލަކުޑިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރުން ނުމެ ހުއްޓިމެއެވެ. އެތަކެއްޗަކީ ފެނުންލިބިގެންނުވާ އަދި އިވުމެއްނުވާ އަދި ނުހިނގޭ ތަކެއްޗެވެ. އަދި މީހުން މެރުމުންނާއި ފަންޑިތަ ހެދުމުންނާއި، އެބައިމީހުންގެ ޖިންސީ ފާޙިޝްކަމާއި ވައްކަންކުރުމެއް އެބައިމީހުން ނުހުއްޓިއެވެ. އަދި އެބައިމީހުން ތައުބާ ވުމަކަށް ވެސް އެދިގެން ނުވިމެއެވެ.