”މާތްރަސްކަލާނގެ ޚާދިމުންގެ ނިތްކުރީގައި ސިއްކަ ޖެހެވިގެން ދާންދެން ދުނިޔެއަށާއި، ކަނޑުތަކަށާއި، ގަސްގަހާގެއްސަށް ގެއްލުމެއް ނުދޭތި.“ މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ލެވުނު މީހުންގެ ޢަދަދަކީ 144,000 މީހުން ކަމަށް ބުނި އަޑު އަހަންނަށް އިވުނެވެ. އެބައިމީހުންނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާގެ އަޙުލުވެރިންނެވެ.