އެއަށް ފަހު، އުޑުން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”މިތަކެތި ލިޔޭ. މިހިނދުން ފެށިގެން މަރުވެދާ ހިނދު އެބައެއްގެ ކިބައިގައި މާތްރަސްކަލާނގެ އާއި މެދު އީމާންތެރިކަން ވާ ފަރާތްތަކަށް އެކަލާނގެ ބަރަކާތް ލައްވާނެ.“
މާތްރޫޙުފުޅު ޖަވާބު ދެއްވިއެވެ. ”އާނއެކޭ! އެބައިމީހުންގެ ބުރަ މަސައްކަތުން އެބައިމީހުންނަށް އަރާމު ލިބޭނެ. އަދި އެބައިމީހުން ކުރި އަމަލުތަކުގެ ހެޔޮ ޖަޒާ އެބައިމީހުންނަށް ލިބޭނެ.“