އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!“