1
ހަރުބަސްތައް 21:21
ކިތާބުލް މުޤައްދަސާ
ކމ
ޞާލިޙުކަން މަތީ އުޅެ ދެގޮތެއްނުވާ ލޯތްބެއްވާ މީހަކަށް ދިރިހުރުމާއި ތަނަވަސްކަމާއި ޝަރަފު ލިބޭނެއެވެ.
Compare
Explore ހަރުބަސްތައް 21:21
2
ހަރުބަސްތައް 5:21
ރަނގަޅު ތަދުބީރާއި ބުރަމަސައްކަތް މީހާއަށް ތަނަވަސްކަން ގެނެސްދެއެވެ. އަވަސް އަރުވައި މަގު ކުރުކޮށްލުމުން ހައިހޫނުކަން ގެނުވައެވެ.
Explore ހަރުބަސްތައް 21:5
3
ހަރުބަސްތައް 23:21
ދޫރައްކާތެރިކޮށް އަނގަމަޑުންލައިގެން ހުންނާށެވެ. އޭރުން ތިމާ ހަލާކުގެ ތެރެއަށް ނުވެއްޓި ހުރެވޭނެއެވެ.
Explore ހަރުބަސްތައް 21:23
4
ހަރުބަސްތައް 2:21
ތިމާ ބަލާބެލުމަށް ތިމާގެ އުޅުން ރަނގަޅު ކަމަށް ފެނިދެއެވެ. އެކަމަކު ކަލޭގެ ހިތް ދެނެވޮޑިގަންނަވަނީ މާތްރަސްކަލާނގެއެވެ.
Explore ހަރުބަސްތައް 21:2
5
ހަރުބަސްތައް 31:21
ހަނގުރާމައަށް އަސް ތައްޔާރު ކޮށްލެވިދާނެއެވެ. އެކަމަކު ނަސްރު ލިބުން އޮތީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.
Explore ހަރުބަސްތައް 21:31
6
ހަރުބަސްތައް 3:21
މީހުން ކުރާ އަޅުކަމުގެ ޤުރުބާނީއަކަށް ވުރެން މީހުން ރަނގަޅު އުޅުމެއް އުޅުމުން މާތްރަސްކަލާނގެ މާ އުފާވެރިވެ ވޮޑިގަންނަވައެވެ.
Explore ހަރުބަސްތައް 21:3
7
ހަރުބަސްތައް 30:21
އިންސާނާގެ ޙިކުމަތާއި ތަދުބީރަކުން މާތްރަސްކަލާނގެ ނިންމަވާ ކަމަކަށް ހުރަހެއް ނޭޅޭނެއެވެ.
Explore ހަރުބަސްތައް 21:30
8
ހަރުބަސްތައް 13:21
ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.
Explore ހަރުބަސްތައް 21:13
Home
Bible
Plans
Videos