1
ހަރުބަސްތައް 20:13
ކިތާބުލް މުޤައްދަސާ
ކމ
ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ.
Compare
Explore ހަރުބަސްތައް 13:20
2
ހަރުބަސްތައް 3:13
ދޫ ރައްކާތެރި ކުރާ މީހާއަށް ސަލާމަތް ދިގު އުމުރެއް ލިބެއެވެ. އަނގަގަދަ ކުރުމުން ކަންތައް ޚަރާބުވެއެވެ.
Explore ހަރުބަސްތައް 13:3
3
ހަރުބަސްތައް 24:13
ދަރިންދެކެ ލޯބިވާމީހާ އެދަރިން ތަރުބިއްޔަތު ކުރެއެވެ. އެކުދިން އިލޮށިފަތި ދަށަށް ނުލާނީ ލޯބި ނުވާތީއެވެ.
Explore ހަރުބަސްތައް 13:24
4
ހަރުބަސްތައް 12:13
އުންމީދު ގެއްލުނީމާ ހިތް ފުނޑުފުނޑުވެއެވެ. ހިތުގެ ބޭނުން ފުދުމަކީ ޙަޔާތުގެ ގަހުގެ މޭވާ ލިބުން ފަދައެވެ.
Explore ހަރުބަސްތައް 13:12
5
ހަރުބަސްތައް 6:13
ޞާލިޙުކަން ކުށެއްނެތް މީހާއަށް މަގުދައްކައެވެ. ފާފަވެރިކަން ނުބައިމީހާ ހަލާކުކޮށްލައެވެ.
Explore ހަރުބަސްތައް 13:6
6
ހަރުބަސްތައް 11:13
ނުރަނގަޅު ގޮތަށް ހޯދާ ފައިސާ އެތިއެތިކޮޅުން ގެއްލި ހުސްވެއެވެ. އެތިއެތިކޮޅުން ހެޔޮގޮތުގައި ހޯދާފައިސާ ދުވަހެއް ދުވަހަކަށް ދާނީ ގިނަވަމުން ގުނަވަމުންނެވެ.
Explore ހަރުބަސްތައް 13:11
7
ހަރުބަސްތައް 10:13
ބޮޑާކަމުން ގެނެސްދެނީ މަސްއަލަތަކެވެ. ނަސޭހަތް އަޑު އެހުމަކީ ބުއްދިވެރިންގެ ކަމެކެވެ.
Explore ހަރުބަސްތައް 13:10
8
ހަރުބަސްތައް 22:13
ހެޔޮމީހުންގެ މުދާތައް ދާނީ އެމީހުންގެ ކާފަ ދަރިންނަށެވެ. ފާފަވެރިންގެ މުދާތައް ދާނީ ހެޔޮގޮތުގައި ތިބި މީހުންނަށެވެ.
Explore ހަރުބަސްތައް 13:22
9
ހަރުބަސްތައް 1:13
ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.
Explore ހަރުބަސްތައް 13:1
10
ހަރުބަސްތައް 18:13
ތަރުބިއްޔަތު ބަލައި ނުގަންނަ މީހާ އަގުވެއްޓި، ވާނީ ފަގީރެވެ. ނަސޭހަތުގެ އަޑުއަހާމީހާ ވާނީ ޝަރަފުވެރިއެވެ.
Explore ހަރުބަސްތައް 13:18
Home
Bible
Plans
Videos