ވީމާ ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މިފަދައިން ދުޢާ ދަންނަވާ:
’އުޑުގައި ވޮޑިގެންވާ އަޅަމެންގެ ބައްޕާފުޅާ! އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ޤަދަރު ކުރުމަށް އަޅަމެންނަށް އެހީތެރިވެ ވޮޑިގަންނަވާ ފާނދޭވެ!
އިނބަރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގެ މައްޗަށް ފޮނުއްވައިފާނދޭވެ! ސުވަރުގޭގެ އަހުލުވެރިން އިނބަރަސްކަލާނގެ ކިބަފުޅަށް ކިޔަމަންތެރިވާ ފަދައިން މި ދުނިޔޭގެ މީސްތަކުން ވެސް ކިޔަމަންތެރިވާނެ ފަދައިން ހިންމަވާފާނދޭވެ.