ތިޔަބައިމީހުން ކައްސައިލިޔަނުދީ އެހީތެރިވުމުގެ ކުޅަދާނަކަން ލިބިވޮޑިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ތިޔަބައިމީހުން ކުށެއް ނެތި މާތްކަލާނގެ ޖަލާލަތުވަންތަ ޙަޟްރަތުގައި އުފަލުން ފުރިގެން ވާނެ ގޮތް މެދުވެރި ކުރައްވަނީ އެކަލާނގެއެވެ. ހުރިހާ ޖަލާލަތަކާއި، ޢިއްޒަތަކާއި، ބާރަކާއި، އަމުރުވެރިކަމެއް ފެށުނީއްސުރެން ދާއިމަށް މިލްކުވެގެން ވަނީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވާ ފަރާތް، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އާމީން!