އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ! އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.