ކަލޭމެންނަކީ އެކަލާނގެ ދަރިންކަން ހާމަކުރުމުގެ ގޮތުން އެކަލާނގެ ދަރިކަލުންގެ ރޫޙުފުޅު ކަލޭމެންގެ ހިތުތެރޭގައި ލެއްވިއެވެ. އަދި އެކަލޭގެފާނުގެ ރޫޙުފުޅުކަލޭމެންނަށް އަންގައިދީ ދައްކައިދެނީ އެކަލާނގެއީ ކަލޭމެންގެ ބައްޕާފުޅު ކަމެވެ. ވީމާ މިހާރު ކަލޭމެން ތިޔައީ އަޅުންނެއް ނޫނެވެ. ކަލޭމެން ތިޔައީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ކަލޭމެން ތިޔައީ މާތްރަސްކަލާނގެ ދަރިންކަމުގައިވާ ހިނދު އެކަލާނގެ ދެއްވުމަށް ވަޢުދުފުޅު ކުރައްވާފައިވާ ރަޙުމަތްފުޅު ކަލޭމެންނަށް ލިބޭނެއެވެ.