އެވަގުތު ވިލާގަނޑު އައިސް ފޭލިގެކޮޅުގެ މައްޗަށް ފެތުރިއްޖެއެވެ. އަދި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން އެ ފޭލިގެކޮޅު ދިއްލި ފުރިގެން އަތުވެއްޖެއެވެ. އެވަގުތު މޫސާގެފާނަކަށް އެ ފޭލިގެކޮޅަކަށް ވެދެވަޑައެއް ނުގެންނެވުނެވެ. އެހެނީ އޭރު ފޭލިގެކޮޅު މައްޗަށް ވަނީ އެބޯ ވިލާގަނޑު ފެތުރި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން ފުރިފައި ވެއެވެ.