މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުން ދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ. އަހަރެން މިއައީ އެމީހުން މިޞްރުގެ މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ރަނގަޅު ސަރާސަރު ބިމަކަށް ގެންދިއުމަށް. އެ ބިމަކީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެބިމުގައި މިހާރު ދިރިއުޅެމުން ދަނީ ކަންޢާނީންނާއި ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި، އަދި ޔަބޫސީނުން.