ވީމާ ކަލޭމެން ތިމަންކަލާނގެއަށް ކިޔަމަންވެ ތިމަންކަލާނގެއާ އެކު ކުރެވިފައިވާ ޢަހުދުނާމާއަށް ރައްކާތެރިވާނަމަ، ހުރިހާ ޤައުމުތަކެއްގެ ތެރޭން ކަލޭމެން ވާހުށީ ތިމަންކަލާނގެއަށް ޚާއްސަ ކުރެވިފައިވީ ޚަޒާނާ ކަމުގައޭ. މުޅި މި ދުނިޔޭގައިވާ ހުރިހާ ތަކެއްޗެއްގެ ވެރިޔަކީ ތިމަން ކަލާނގެ ކަމުގައި ވިޔަސް، ކަލޭމެން ވާހުށީ ތިމަންކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އިމާމުން ކަމުގައޭ. އަދި ކަލޭމެން ތިއީ ތިމަންކަލާނގެ މުޤައްދަސް ޤައުމޭ.‘ މި އެންގުން ކަލޭ ގޮސް ބަނީ އިސްރާއީލީންގެ އެންމެންނަށް އަންގާ.“